Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

އިންޓަ މިއާމީ ސަޕޯޓަރުންގެ ކުރިމަތީގައި މެސީގެ ބެލޮންޑިއޯ ދައްކާލައިފި

އެ ރަސްމިއްޔާތުގައި އިންޓަ މިއާމީގެ ދެ ކޯ-އޯނަރުން ކަމަަށްވާ، ޖޯޖު މާސް، ޖޯސް މާސް އަދި މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ކޮމިޝަނަރު ޑޮން ގާބާ ވަނީ ބައިވެރިވެވަޑައިގެންފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ނޮވެމްބަރު 2023 | ހޮނިހިރު 02:38
އިންޓަ މިއާމީގެ ސަޕޯޓަރުންނަށް މެސީގެ ބެލޮންޑިއޯ އެވޯޑު ދައްކާލަނީ

އިންޓަ މިއާމީގެ ސަޕޯޓަރުންނަށް މެސީގެ ބެލޮންޑިއޯ އެވޯޑު ދައްކާލަނީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހާސިލްކުރި އަށްވަނަ ބެލޮންޑިއޯ އެވޯޑު، އޭނާ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީގެ ސަޕޯޓަރުންގެ ކުރިމަތީގައި ދައްކާލައިފިއެވެ.

ރަޙުމަތްތެރިކަމުގެ މެޗުގައި މިއާމީން ހޮނިހިރު ދުވަހު ނިއު ޔޯކު ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އެ ކުލަބުގެ ސަޕޯޓަރުންގެ ކުރިމަތީގައި ވަނީ މެސީގެ ބެލޮންޑިއޯ އެވޯޑު ދައްކާލާފައެވެ. އެ ރަސްމިއްޔާތުގައި އިންޓަ މިއާމީގެ ދެ ކޯ-އޯނަރުން ކަމަަށްވާ، ޖޯޖު މާސް، ޖޯސް މާސް އަދި މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ކޮމިޝަނަރު ޑޮން ގާބާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ފްރާންސްގެ ވެރި ރަށް، ޕެރިހުގައި އޮތް ބެލޮންޑިއޯ އެވޯޑު ހަފްލާގައި މެސީއަށް ބެލޮންޑިއޯ ހަވާލުކުރީ، އެ ކުލަބުގެ ރައީސް އަދި ކޯ-އޯނަރު، އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމެވެ. އެ ރަސްމިއްޔާތަށްފަހު ބެކަމް ބުނީ، މެސީގެ ތާރީޚީ ކާމިޔާބީ މިއާމީން ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށެވެ.

މެސީ ވަނީ އޭނާގެ ކެރިއަރުގައި އަށް ފަހަރު ބެލޮންޑިއޯ އެވޯޑު ހާސިލްކޮށްފައެވެ. އޭނާ ވަނީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023ގައި ބެލޮންޑިއޯ ހާސިލްކޮށްފައެވެ. އޭނާއަކީ އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހާސިލްކުރި ކުޅުންތެރިޔާއެވެ. މެސީއަށްފަހު ދެން އެންމެ ގިނައިން މި އެވޯޑު ހާސިލްކޮށްފައިވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯއެވެ. އެއީ ފަސް ފަހަރުއެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑު މެސީ ހާސިލްކުރީ ސްޕެއިންގެ ރޮޑްރީ، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ، ނޯވޭގެ އާލިން ހާލަންޑް، އަދި ފްރާންސްގެ ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ. މެސީ ވަނީ މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް، އާޖެންޓީނާއާއެކު ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެސީއެވެ. ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީވެސް މެސީއެވެ. ކުރީގެ ކުލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ އެކު މިދިޔަ ސީޒަނުގައި މެސީ ވަނީ ފްރާންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު