Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

އަސީރުން މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުން ފަސް ދުވަހަށް ހަމަލާ ދިނުން ހުއްޓާލުމަށް ނަތަންޔާހޫ އެއްބަހެއް ނުވި

10 ނޮވެމްބަރު 2023 | ހުކުރު 04:04

އަސީރުން އެކި މަރުހަލާތަކުގައި މިނިވަންކުރުމާއި ހަމަލާތައް ހުއްޓާލުމާއި މެދުކަނޑާލުމާއި ގުޅޭ ނިންމުންތަކުގައި ނަތަންޔާހޫ އަންނަނީ އަދިވެސް ދޫނުދީ ހިފަހައްޓަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ނޮވެމްބަރު 2023 | ހުކުރު 04:04
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބޭނުންނުވިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ގަރޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސް އާއި އިސްރާއީލާ ދެމެދު ކުރިޔަށްދާ ވާހަކަތަކުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވަނީ އަސީރުން އެކި މަރުހަލާތަކުގައި މިނިވަންކުރުމާއި ހަމަލާތައް ހުއްޓާލުމާއި މެދުކަނޑާލުމާއި ގުޅޭ ނިންމުންތަކުގައި ނަތަންޔާހޫ އަންނަނީ އަދިވެސް ދޫނުދީ ހިފަހައްޓަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާއަށް އެއްގަމު މަގުން އިސްރާއީލުން އެރުމުގެ ކުރިން ކުރިޔަށްދިޔަ މަޝްވަރާތަކުގައި ހަމާސްއިން ހުށަހަޅާފައިވަނީ އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަންކުރުމަށެވެ. އަސީރުން މިނިވަންކުރުމާއި ގުޅޭ މަޝްވަރާތަކާއި ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު އޮފީހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ކުއްލިގޮތަކަށް އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކުގައި 240 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާކަމަށް ބެލެވެއެވެ. އަސީރުން ދޫކޮށްލުމަށް އެމީހުންގެ އާއިލާތަކުން އަންނަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ޕްރެޝަރ ކުރަމުންނެވެ. އެގޮތުން ނަތަންޔާހޫގެ ގެ ކައިރީގައިވެސް އާއިލާތަކުން މުޒާހަރާކޮށްފައިވެއެވެ.

ވާހަކަތަކާއި ގުޅޭ މައުލޫމާތު އެނގޭ މީހަކާއި ހަވާލާދީ ދަ ގަރޑިއަން އިން އިތުރަށް ރިޕޯޓްކޮށްފައިވަނީ އެންމެ ފުރަތަމަ މަޝްވަރާތައް ކުރިޔަށްދިޔައީ ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގެ މީހުން ފަސް ދުވަހަށް ހަމަލާތައް ހުއްޓާލާގޮތަށް މިނިވަންކުރުމަށެވެ. ނަމަވެސް އިސްރާއީލު ސަރުކާރުން އެކަމާއި ދެކޮޅު ހަދާ ޣައްޒާއަށް އެއްގަމު މަގުން އެރުމުގެ އޮޕަރޭޝަން ފެށީއެވެ. އެއާއެކު ހަމާސް އިން ބުނެފައިވަނީ ހަމަލާތައް ވަރުގަދަވުމާއެކު އަސީރުން މިނިވަންކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީ ކައުންސިލުގެ ސްޕޯކްސްޕާސަން ޖޯން ކަރބީ ބުނެފައިވަނީ ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ހަމަލާތައް ދިނުން ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެފައިވާކަމަށެވެ.

އެކަން ވައިޓް ހައުސްއިން ހާމަކުރުމާއެކު އިސްރާއީލު އަސްކަރިއްޔާގެ ސްޕޯކްސްޕާސަން ބުނެފައިވަނީ ހަމަލާތައް ދިނުން ހުއްޓާނުލާނެކަމަށެވެ. ކުރާކަމަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަތަރު ގަޑިއިރަށް ހަމަލާތައް ދިނުން މެދުކަނޑާލުންކަމަށެވެ.

އަނެއްކޮޅުން ހަމާސް އިން ވަނީ އަސީރުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން އުމުރުން 75 އަހަރުގެ އަންހެނަކާއި 13 އަހަރުގެ ފިރިހެން ކުޑަކުއްޖެއްގެ ވީޑިއޯއެއް އާންމުކޮށް ހާލަތު ރަނގަޅުވެއްޖެނަމަ އެ ދެ މީހުން ދޫކޮށްލާނެކަމަށް ބުނެފައެވެ. އެކަމަށް ރައްދުދެމުން އިސްރާއީލު އަސްކަރިއްޔާގެ ސްޕޯކްސްޕާސަން ބުނެފައިވަނީ މިއީ ހަމާސް އިން ސައިކޮލޮޖީގޮތުން ހިންގާ ޓެރަރިޒަމްގެ އަމަލެއްކަމަށެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު ވާހަކަތައް ކުރިޔަށްދަނީ ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. ވާހަކަތަކާއި ގުޅޭ މައުލޫމާތު އެނގޭ އެހެން ފަރާތަކާއި ހަވާލާދީ ދަ ގަރޑިއަން ގައި ބުނެފައިވަނީ މައިގަނޑު ގޮތެއްގައި މަޝްވަރާތައް ކުރިޔަށްދަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ މައުލޫމާތު އެނގޭ ލިސްޓެއް ހަމާސްއިން އިސްރާއީލާ ދިނުމާއި ގުޅޭގޮތުންނެވެ. އެ ލިސްޓު ނުލިބޭނަމަ ހަމަލާތައް ދިނުން ހުއްޓާލާކަށް އިސްރާއީލު ބޭނުމެއްނުވެއެވެ. ނަމަވެސް ހަމާސްއިން ބުނަމުން އަންނަނީ މެދުކެނޑުމެއްނެތި ހަމަލާތައް ދެމުން އަންނަނަމަ ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ ކޮން ބައެއްކަން ދެނެގަންނަން އުނދަގޫވާނެކަމަށެވެ. އެމީހުން ތިބީ ޣައްޒާގެ އެކި ހިސާބުތަކުގައިކަމަށްވެސް ހަމާސް އިން އަންނަނީ ބުނަމުންނެވެ.

މީގެއިތުރުން ހަމާސްއިން އެންމެ ފުރަތަމަ ޑިމާންޑްކުރީ އަސީރުންގެ ބަދަލެއްގެ ގޮތުގައި އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު ހުރިހާ ރައްޔިތުން މިނިވަންކުރުމަށާއި ތެލާއި އެނޫންވެސް ޒަރޫރީ ތަކެތި ޣައްޒާއަށް އެތެރެކުރުމަށެވެ. ނަމަވެސް މި ޑިމާންޑަށްވެސް އިސްރާއީލުން ދެކޮޅު ހެދީއެވެ.

ކޮންމެ ފަހަރަކުވެސް އިސްރާއީލުން ހުށަހަޅާ ކަންކަން މާބޮޑުވަނީކަމަށް ދަ ގަރޑިއަންގައި ބުނެފައިވެއެވެ.

އަސީރުންގެ މައްސަލައިގައި ކުރިޔަށްދާ މަޝްވަރާތަކާއި ގުޅިގެން އިސްރާއީލުގެ އެތެރޭގައިވެސް ވަނީ ދެބަސްވުންތައް އުފެދިފައެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އިސްރާއީލު ދެމި އޮންނާނެގޮތާއި ގުޅޭގޮތުން ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ. އެގޮތުން އިސްރާއީލު އަސްކަރިއްޔާ އާއި ސަރުކާރުގެ ކަނާތުފިޔައިގެ މީހުންނާއި ނަތަންޔާހޫ އާއި މަޝްވަރާތައް ކުރިޔަށް ގެންދާ އިސްރާއީލުގެ އިންޓެލިޖެންސް އިދާރާ މޮސާޑާ ދެމެދު ވަނީ ދެބަސްވުންތައް އުފެދިފައެވެ.

އެގޮތުން ކޮންމެ ފަހަރަކު ހުށަހެޅުމެއް ލިބޭއިރަށް އެ ހުށަހެޅުމެއް ނަތަންޔާހޫ އާ ހަމައަށް ދާއިރު ހުށަހެޅުން އެނބުރި އަންނަނީ އިތުރު ޑިމާންޑަތަކަކާއެކުކަމަށް އެފަރާތުން ބުނެފައިވެއެވެ.

ނަތަންޔާހޫ ވަނީ ތަކުރާރުކޮށް ހަމަލާތައް ދިނުން ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ. އަދި ހަމަލާތައް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

އިސްރާއީލުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮސާޑުގެ މިހާރުގެ ޑައިރެކްޓަރ ޑޭވިޑް ބަރްނާ އާއި ކުރީގެ ޑިރެކްޓަރ ޔޮސީ ކޯހެން ވަނީ ދާދިފަހުން އަސީރުން މިނިވަންކުރުމާއި ގުޅޭ މަޝްވަރާތަކަށް ދޯހާއަށް ގޮސްފައެވެ. މިވާހަކަތައް މިހާރު ހުރި މިސްރާބަށް ބަލާއިރު މަޝްވަރާތައް ކުރެވެމުންދާނީ މަދު އަދަދެއްގެ އަސީރުން މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުގައި ވަގުތީ ގޮތުން ހަމަލާތައް ދިނުން ހުއްޓާލުމާކަމަށް ވަނީ ބެލެވިފައެވެ.

އަނެއްކޮޅުން ސީއައިއޭގެ ޗީފް ވިލިއަމް ބަރންސްވެސް ވަނީ މިހަފްތާތެރޭގައި މިސްރަށާއި އިސްރާއީލަށް ގޮސްފައެވެ. މިވާހަކަތާއި ގުޅޭގޮތުން ރޮއިޓަރސް އިން ބުނެފައިވަނީ މަޝްވަރާތައް ކުރެވިފައިވަނީ މަދު އަދަދެއްގެ އަސީރުން ދޫކުރުމުގެ ބަދަލެއްގެ ގޮތުން ޣައްޒާއަށް ކުޑަމިންވަރަކަށް ތެޔޮ އެތެރެކުރުމަށް ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
20 އެޕްރީލު 2017

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
29 މާރިޗު 2017

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި
23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް