Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެމްއެމްއޭ އިން ދޫކުރާ ކްރެޑިޓް ރިޕޯޓަށް އީފާސް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ހަދައިފި

އެ ރިޕޯޓުތައް ދޫކުރާނީ ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 10:05
އެމްއެމްއޭ އިމާރާތް

އެމްއެމްއޭ އިމާރާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓަށް ހުށަހެޅުމަށް، އީފާސް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

އެކަން އިއުލާންކުރުމަށް އެމްއެމްއޭ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓު ހޯދުމަށް ހުށަހެޅުމަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި، މިހާރު އެފަދަ ރިކުއެސްޓްތައް ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން، އީފާސް މެދުވެރިކޮށް ކަމަށެވެ.

އެހެން ކަމުން އެ ޚިދުމަތް ހޯދާ ފަރާތްތަކުގައި ވެރިފައިޑް އީފާސް އެކައުންޓެއް އޮންނަންވާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މީގެ ސަބަބުން ރިޕޯޓު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިޔޯ ވެރިފިކޭޝަން ހެދުން ހުކުރު ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި މީގެ ފަހުން އެ ރިޕޯޓުތައް ދޫކުރާނީ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ކަން ވެސް އެމްއެމްއޭ އިން ފާހަގަ ކުރެ އެވެ.

ރިޕޯޓު ހޯދުމަށް އީފާސް ބޭނުންކުރާތީ، އީފާސްގެ ލޮގިން އަދި މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެ އިދާރާ އިން އިލްތިމާސް ކުރެ އެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2018

ޑިޖިޓަލް ޕޭމަންޓް ނިޒާމް ހަރުދަނާކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު މަސައްކަތްކުރާނެ: އެމްއެމްއޭ

22 ޖުލައި 2018
ޑިޖިޓަލް ޕޭމަންޓް ނިޒާމް ހަރުދަނާކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު މަސައްކަތްކުރާނެ: އެމްއެމްއޭ
12 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކްރެޑިޓް ނެގެޓިވްއެއް: މޫޑީސް

12 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކްރެޑިޓް ނެގެޓިވްއެއް: މޫޑީސް
25 ޖެނުއަރީ 2018

އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

25 ޖެނުއަރީ 2018
އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
05 ޖުލައި 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު