Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް

ރައީސް މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓް ބޭންކުން އެއްވެސް މަހަކު ކުލި ނުދައްކާ ކަމަށް އެސްޓީއޯ އިން ބުނެފި

1 ޖޫން 2025 | އާދީއްތަ 18:53

އެސްޓީއޯ އިން ބުނީ، އެ ބޭންކު ހިންގުމަށްޓަކައި އެލައިޑް ބިލްޑިންގ އިން ދޫކޮށްފައިވާ ތަނުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 75،892 ރުފިޔާ ކަމަށް

ރާއްޖެ އެމްވީ | 1 ޖޫން 2025 | އާދީއްތަ 18:53
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވަނީ - 16 ނޮވެމްބަރު 2024

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވަނީ - 16 ނޮވެމްބަރު 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހިންގާ އިމާރާތައް ކުލި ނުދައްކާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާއްމު ފަރާތަކުން އެސްޓީއޯ އަށް ހުށަހެޅި ސުވާލެއްގެ ޖަވާބު ދެމުން އެސްޓީއޯ އިން ބުނީ، އެ ބޭންކު ހިންގުމަށްޓަކައި އެލައިޑް ބިލްޑިންގ އިން ދޫކޮށްފައިވާ ތަނުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 75،892 ރުފިޔާ ކަމަށެވެ.

އެސްޓީއޯ އިން ބުނެފައިވަނީ "މިހާތަނަށް އެއްވެސް މަހެއްގެ ކުލި އެ ކުންފުންޏަށް ލިބިފައި ނުވާ" ކަމަށެވެ.

ސައްތައިން ސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވީ 16 ނޮވެމްބަރު 2024 ގައެވެ.

ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެއްދި ކަމަށް ބުނާ މި ބޭންކުގެ މަޤްޞަދަކީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމާއި، ސިންޑިކޭޓެޑް ފައިނޭންސް މެދުވެރިކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކުގައި ދިމާވާ ފައިނޭންސިންގ ގޮންޖެހުންތައް ހައްލުކުރުމާއި، އަދި ބޭރު ފައިސާ ޤައުމުގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ހިފެހެއްޓުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ބޭންކު އިފްތިތާޙު ކުރެވުމާއެކު، އިޤްތިޞާދީ އަދި މާލީ ތަރައްޤީއަށް ދިގު މުއްދަތުގެ ފައިނޭންސިންގ ޚިދުމަތްތައް މިހާރު ދިވެހިރާއްޖޭގައި ލިބެން ހުންނާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މިހާތަނަށް މި ބޭންކުން އެއްވެސް އަމަލީ މަސައްކަތެއް ނުކުރާ ކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒު ވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް ބޭންކިންގ ލައިސަންސް ދޫކޮށްފައި ވަނީ 13 އޮކްޓޯބަރު 2024 ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2018

މަޓާޓޯގެ ރައީސް ކަމަށް އަބްދުﷲ ސުއޫދު

03 ޑިސެމްބަރު 2018
މަޓާޓޯގެ ރައީސް ކަމަށް އަބްދުﷲ ސުއޫދު
07 އޯގަސްޓު 2018

އެމެރިކާ އިގްތިސޯދު ފުނޑުފުނޑުކޮށްލުމަށް އީރާނުގެ ކުރީގެ ރައީސް ގޮވާލައްވައިފި

07 އޯގަސްޓު 2018
އެމެރިކާ އިގްތިސޯދު ފުނޑުފުނޑުކޮށްލުމަށް އީރާނުގެ ކުރީގެ ރައީސް ގޮވާލައްވައިފި
01 އޯގަސްޓު 2018

މާލީ ނިޒާމް ހަރުދަނާކުރުމަށް ވާރލްޑް ބޭންކުން 12 މިލިއަން ޑޮލަރު ދީފި

01 އޯގަސްޓު 2018
މާލީ ނިޒާމް ހަރުދަނާކުރުމަށް ވާރލްޑް ބޭންކުން 12 މިލިއަން ޑޮލަރު ދީފި
08 މެއި 2018

މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި

08 މެއި 2018
މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ މޮބައިލް'ގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަން ލޯންޗުކޮށްފި
28 ޑިސެމްބަރު 2017

ކުރީގެ ފަސް ރުފިޔާގެ ނޫޓުތަކަކީ ލީގަލް ޓެންޑަރެއް ނޫން ކަމަށް ރައީސް ކަނޑައަޅުއްވައިފި

28 ޑިސެމްބަރު 2017
ކުރީގެ ފަސް ރުފިޔާގެ ނޫޓުތަކަކީ ލީގަލް ޓެންޑަރެއް ނޫން ކަމަށް ރައީސް ކަނޑައަޅުއްވައިފި
08 އޮކްޓޯބަރު 2017

އެމް.ޑަބްލިޔު.އެސް.ސީ ގެ "އާރް.އޯ.އެނެކްސް" ރައީސް ޔާމީން ރަސްމީކޮށް ހުޅުއްވައިދެއްވައިފި

08 އޮކްޓޯބަރު 2017
 އެމް.ޑަބްލިޔު.އެސް.ސީ ގެ "އާރް.އޯ.އެނެކްސް" ރައީސް ޔާމީން ރަސްމީކޮށް ހުޅުއްވައިދެއްވައިފި
01 ޖުލައި 2017

ލޭމްގެ ރައިސާއި ނައިބް ރައީސް އިންތިހާބުކޮށްފި

01 ޖުލައި 2017
ލޭމްގެ ރައިސާއި ނައިބް ރައީސް އިންތިހާބުކޮށްފި
05 ޖޫން 2017

ރައީސް ޓްރަމްޕް ފާޑުވިދާޅުވި ކަންކަން ލަންޑަންގެ މޭޔަރ ދޮގު ކުރައްވައިފި

05 ޖޫން 2017
ރައީސް ޓްރަމްޕް ފާޑުވިދާޅުވި ކަންކަން  ލަންޑަންގެ މޭޔަރ ދޮގު ކުރައްވައިފި
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް