Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހަތަރު ވަނަ މޮޅާއެކު ރެއާލް ވެސް ދެ ވަނަ ބުރަށް

ރެއާލުން ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، އެއް ވަނައިގައި 12 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ނޮވެމްބަރު 2023 | ބުރާސްފަތި 06:05
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔުއެފާ ޗެެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު ވަނަ މެޗުން ވެސް މޮޅުވެ، ރެއާލް މެޑްރިޑު މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ސްޕޯޓިން ކުލަބު ބްރާގާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބްރާގާ އަށް ވަނީ ލީޑު ނަގާނެ ފުރުސަތު ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަލްވާރޯ ޖާލޯ ފޮނުވާލި ނަމަވެސް، ރެއާލްގެ ގޯލް ކީޕަރު ވަނީ ޕެނަލްޓީ މަތަަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ބްރަހިމް ޑިއާޒް އެވެ. އޭނާ އެ ލަނޑު ޖެހީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ރެއާލްގެ ފަހު ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ރެއާލަށް ލީޑު ފުޅާ ކޮށްދިނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި ވިނީޝިއުސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ. އޭގެ ތިން މިނެޓު ފަހުން ރެއާލްގެ ތިން ވަނަ ލަނޑު، ވިނީޝިއުސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ރޮޑްރީގޯ އެވެ.

މޮޅާއެކު ރެއާލުން ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، އެއް ވަނައިގައި 12 ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ބާކީ ދެން އޮންނާނީ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗާއި، ރަށުން ބޭރުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު ނަޕޯލީ އެވެ. ތިން ވަނައިގައި ބްރާގާ އޮތް އިރު، ފުލުގަައި އޮތީ ބާލިން އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު