Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަންކާގެ ކްރިކެޓް ޓީމު

ސަރުކާރުން ލަންކާ ކްރިކެޓް ބޯޑު އުވާލައި އިންޓަރިމް ކޮމިޓީއެއް ނަގައިފި، ރާއްޖެ އަށް މިސާލެއް

ސްޕޯޓްސް މިނިސްޓަރު އައިސީގެ ކިބައިން އެދިވަޑައިގަތީ އޭނާގެ ނިންމުން ގަބޫލުކޮށް، އެއްބާރުލުން ދިނުމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 05:18
ލަންކާގެ ކްރިކެޓް ކުޅުންތެރިއަކު ބަލިވުމުން ދެރަވެފައި

ލަންކާގެ ކްރިކެޓް ކުޅުންތެރިއަކު ބަލިވުމުން ދެރަވެފައި

އިންޑިޔާގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕުގައި ސްރީލަންކާ އަށް ކުރިމަތިވި ނާކާމިޔާބީއާއެކު އެ ގައުމުގެ ސަރުކާރުން ލަންކާ ކްރިކެޓް ބޯޑު އުވާލައިފި އެވެ.

މިދިޔަ މޭމަހު އިންތިޚާބުކުރި ކްރިކެޓް ބޯޑުގެ ހުރިހާ މެންބަރުން މަޤާމުން ވަކިކުރީ ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ރޯޝަން ރަނަސިންހާގެ ރަސްމީ ސިޓީއަކުންނެވެ. އޭނާ ވަނީ އައު ބޯޑެއް އިންތިޚާބު ކުރުމަށް ހަތް މެންބަރުންގެ އިންޓަރިމް ކޮމިޓީއެއް އައްޔަނުކުރައްވާފަ އެވެ.

މިކަން ލަންކާ ސަރުކާރުން ވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އާ ވެސް ހިއްސާކޮށްފަ އެވެ. ދުނިޔޭގެ ކްރިކެޓް ޖަމާއަތުގެ ކިބައިން ސްޕޯޓްސް މިނިސްޓަރު އެދިވަޑައިގަތީ އޭނާގެ މި ނިންމުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުބެލުމަށެވެ. އަދި މިއީ ލަންކާގެ ކްރިކެޓް "ކޮރަޕްޝަން ހާއްޔަކަށްވުމުން،" ކަންކަން ރަނގަޅު ކުރުމަށް ގެނައި ބަދަލެއް ކަމުން، މިކަން ގަބޫލުކޮށް، ލަންކާ ސަރުކާރަށް އެއްބާރުލުން ދިނުމަށެވެ. ސަރުކާރުގެ ނުފޫޒު ކްރިކެޓަށް ވަންނަކަމުގައިވާނަމަ އެ ގައުމެއް އައިސީސީން ސަސްޕެންޑްކުރެ އެވެ. ނަމަވެސް ލަންކާގެ މި ނިންމުމާމެދު އައިސީސީން އަދި ވަކިއެއްޗެއް ނުބުނެ އެވެ.

"ލަންކާ ކްރިކެޓް އޮތީ ކުޅުންތެރިންގެ ޑިސިޕްލިނަރީ މައްސަލަތަކުން ފުނިޖެހިފައި. މެނޭޖްމަންޓް ކޮރަޕްޝަން، ފައިސާ އަށް އިހުމާލުވުމާއި، މެޗު ފިކްސިންގެ ތުހުމަތުތަކެއްގެ ތެރޭގައި،" އައިސީއަށް ލަންކާ ސްޕޯޓްސް މިނިސްޓަރު ފޮނުވި ސިޓީގައިވެއެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ލަންކާގެ ކްރިކެޓް ބޯޑުގެ މެންބަރުން މަގާމުގައި ދެމިތިބުން އެކަށީގެންނުވާ ކަމަށެވެ.

ސްރީލަންކާގެ ކްރިކެޓްގައި ކޮރަޕްޝަން އުޅޭކަމަށް ތުހުމަތުކޮށް ސްޕޯޓްސް މިނިސްޓަރު ވަނީ އެކަން ތަހުގީގުކުރަން މިދިޔަ މަހު ތިން މެންބަރުންގެ ކޮމިޓީއެއް ވެސް ނަގައިފަ އެވެ. ނަމަވެސް މިކަން ނުކުރެވޭނެ ކަމަށާއި މިއީ ސަރުކާރުގެ ނުފޫޒުވަނުން ކަމަށް ބުނެ އެކަން ހުއްޓާލަން އައިސީސީން ލަންކާ ސަރުކާރަށް އެއިރު ޕްރެޝަރުކުރި އެވެ.

ލަންކާގެ ކްރިކެޓްގެ އައު އިންތިހާބު ބާއްވަން ސަޕޯޓްސް މިނިސްޓަރު ނެގި އިންޓަރިމް ކޮމިޓީގެ ޗެއާމަނަކީ 1996ގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަރުޖުނާ ރަނަތުންގާ އެވެ. އަދި ކޮމިޓީގައި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ވެސް ހިމެނެ އެވެ.

ކިރިޔަކިރިޔާ ވޯލްޑްކަޕަށް ކޮލިފައިވި ލަންކާ މުބާރާތުގައި ދައްކާފައިވަނީ ވަރަށް ދަށް ކުޅުމެކެވެ. އަދި އިންޑިޔާ އަތުންވި ބައްޔަކީ ކްރިކެޓްގައި ޓީމަކުން ހަތަރުވަނަ އަށް ހެދި އެންމެ ދަށް ސްކޯ އެވެ. މިކަމާ ލަންކާ ރައްޔިތުން ވަނީ ކްރިކެޓް ބޯޑުގެ ދޮށަށް އެއްވެ މުޒާހަރާވެސް ކޮށްފަ އެވެ. އަދި މިކަން ހުއްޓުވަން ލަންކާ ސަރުކާރަށް ފުލުހުން ވެސް ނެރެ، ފޯރިއަށް ބައިތިއްބަންޖެހުނެވެ.

މިހިސާބަށް ދިއުމުން ލަންކާގެ ކްރިކެޓްގެ ނާކާމިޔާބީގެ ވާހަކަ އާއި ކްރިކެޓް ބޯޑުގެ މައްސަލަތަކުގެ ވާހަކަ ޕާލަމެންޓް މެންބަރުން ވަނީ ޗެމްބަރުގައި ދައްކަން ފަށައިފަ އެވެ. އިންޓަރިމް ކޮމިޓީގެ ޗެއާމަންގެ ބޭބެ އަދި ލަންކާގެ ކެބިނެޓް މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ މިދިޔަ އޮގަސްޓްމަހު ޕާލަމެންޓްގައި ވިދާޅުވީ 96ގައި ވޯލްޑްކަޕް ކާމިޔާބުވުމަށްފަހު ލަންކާގެ ކްރިކެޓް ބޯޑުގައި ފައިސާގެ އޮއިވަރު ހިނގަން ފެށި ކަމަށާއި މިއީ ވައްކަންކުރަން ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަރިން ފެނާންޑޯ އަކީ ހަރުކަށި އެންޓި ކޮރަޕްޝަން ގާނޫނެއް 2019 ވަނަ އަހަރު ތައާރަފް ކުރެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ އައިސީސީން ވެސް ދެކޭ ގޮތުގައި ކްރިކެޓް ކުޅޭ ގައުމުތަކުގެ ތެރެއިން ލަންކާ އަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް އެއް ގައުމުކަމަށެވެ.

ލަންކާގެ މި ނިންމުން ރާއްޖެ އަށް މިސާލަކަށް ވަނީ ރާއްޖޭގައި ވެސް ކުޅިވަރުގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަސްޕެންޝަނެއްގެ ބިރު ކަމަށްވާތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

28 މެއި 2017
ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް

ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް

22 މެއި 2017
 ލަންކާއާ ވާދަކޮށް އިންޑިއާއިން ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި

ލަންކާއާ ވާދަކޮށް އިންޑިއާއިން ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި

21 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: ފަހަތުން އަރާ ލަންކާގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދައިފި

ސާބާ ޗެމްޕިއަންޝިޕް: ފަހަތުން އަރާ ލަންކާގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދައިފި

20 މެއި 2017
ލަންކާ އަތުން ބަލިވެ ރާއްޖެ ރޭންކިންގެ މެޗުތަކަށް

ލަންކާ އަތުން ބަލިވެ ރާއްޖެ ރޭންކިންގެ މެޗުތަކަށް

09 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު