Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ޗެމްޕިއަންޝިޕް

ސާބާ ޗެމްޕިއަންޝިޕް: ފަހަތުން އަރާ ލަންކާގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދައިފި

ލަންކާގެ މައްޗަށް ބަންގަލަދޭޝް ކުރިހޯދީ 90 ޕޮއިންޓް 80 ޕޮއިންޓުން

ލީވާން އަލީ
ލީވާން އަލީ | 20 މެއި 2017 | ހޮނިހިރު 19:30
ސްރީލަންކާ އަދި ބަންގަލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން

ސްރީލަންކާ އަދި ބަންގަލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން

ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި ފަހަތުންއަރާ ސްރީލަންކާގެ މައްޗަށް ބަންގަލަދޭޝް ކުރިހޯދައިފި އެވެ.

ހޮނިހިރު ދުވަހު ކުޅުނު މި މެޗު ލަންކާއާ ވާދަކޮށް ބަންގްލަދޭޝް އިން މެޗު ކާމިޔާބުކުރީ 90 ޕޮއިންޓް 80 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާ ނިމުނީ 28 ޕޮއިންޓް 25 ޕޮއިންޓުން ބަންގަލަދޭޝްގެ މައްޗަށް ލަންކާ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް ދެވަނަ ކުއާޓާގައި ބަންގަލަދޭޝް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 50 ޕޮއިންޓް 46 ޕޮއިންޓުން ދެވަނަ ކުއާޓާގައި އެޓީމުން ވަނީ ލަންކާގެ މައްޗަށް ކުރިހޯދާފައެވެ.

ތިންވަނަ ކުއާޓާގައިވެސް ބަންގްލަދޭޝް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ތިންވަނަ ކުއާޓާ ނިމުނީ 74 ޕޮއިންޓް 66 ޕޮއިންޓެވެ. އެހެންނަމަވެސް ހަތަރުވަނަ ކުއާޓާގައި ލަންކާއިން ވަނީ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އޭގެ ބަދަލުގައި ބަންގަލަދޭޝް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ހަތަރުވަނަ ކުއާޓާ ނިމުމުގެ ކުރިން 90 ހަމަކޮށްފައެވެ.

މެޗުގައި ލަންކާއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަހުމަދު ސުދޭޝްއެވެ. އޭނާ ވަނީ 24 ޕޮއިންޓް ހަމަކޮށްފައެވެ. މީގެއިތުރުން އިރޭޝާ އަބީސޭކްރާ ވަނީ 21 ޕޮއިންޓް ހޯދާފައެވެ. ބަންގްލަދޭޝްގެ ޝަމްސުޒަމާން 28 ޕޮއިންޓް ހަމަކުރިއިރު، ކުމާރް ބިސްވަސް ވަނީ 24 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ކުމާރު ބިސްވަސް އެވެ.

މިއީ މުބާރާތުގައި ބަންގަލަދޭޝް ކުޅުނު ދެވަނަ މެޗެވެ. އެޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްގެ މައްޗަށް ވަނީ ކުރިހޯދާފައެވެ. މިއީ މުބާރާތުގައި ލަންކާ ކުޅުނު ދެވަނަ މެޗެވެ.

މުބާރާތުގައި ބަންގަލަދޭޝް އިން އާދީއްތަ ދުވަހުގެ ރޭ ރާއްޖެއާ ދެކޮޅަށް ނިކުންނައިރު، ލަންކާ ނިކުންނާނީ އާދީއްތަ ދުވަހު ހަވީރު އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗު ރާއްޖެއާ ވާދަކޮށް މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު