Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގައި ހުންނަ އަލް-ގުދުސް ހޮސްޕިޓަލުގެ ގިނަ ޚިދުމަތްތަކެއް މެދުކަނޑާލައިފި

9 ނޮވެމްބަރު 2023 | ބުރާސްފަތި 00:43

މިހާރުވެސް 500ށް ވުރެ ގިނަ ބަލި މީހުން ހޮސްޕިޓަލުގައި ތިބިއިރު އައިސީޔޫގައި 15 ބަލި މީހުން އެބަތިބި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 00:43
ާއަލް ގުދުސް ހޮސްޕިޓަލު

ާއަލް ގުދުސް ހޮސްޕިޓަލު

ޣައްޒާގައި ހުންނަ އަލް-ޤުދުސް ހޮސްޕިޓަލުގައި ތެޔޮ ނެތުމުގެ ސަބަބުން ހޮސްޕިޓަލުން ދޭ މުހިންމު ޚިދުމަތްތައް މެދުކަނޑާލައިފިއެވެ.

މިހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ ކޮންމެ ދުވަހަކު އެ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީން ހިންގަމުން އަންނަ މި ހޮސްޕިޓަލުން ބުނާ ގޮތުގައި ތެޔޮ ނެތުމުގެ ސަބަބުން މުހިންމު އޮޕަރޭޝަންތައް ކުރުން ހުއްޓާލަން މަޖުބޫރުވެފައިވާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ކޮންމެހެން ދޭން ޖެހޭ ޚިދުމަތް ދިނުމަށް ތެޔޮ ބޭނުންކުރުން ވަކި މިންވަރެއްގައި ބެހެއްޓުމަށް އެނިންމުން ނިންމަންޖެހިފައިވާކަމަށެވެ.

މިހާރުވެސް ހޮސްޕިޓަލުގައި ބޭނުންކުރާ މައި ޖެނެރޭޓަރ ވަނީ ނިއްވާލާފައެވެ. ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށްޓަކައި ކުޑަ ޖަނެރޭޓަރުގެ ބޭނުންކުރާއިރު ކަރަންޓު ދެނީ ދެ ގަޑިއިރަށެވެ. އެއީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށާއި ހޮސްޕިޓަލުން ބޯހިޔާވަހިކަން ހޯދަމުން އަންނަ 14،000 އެއްހާ މީހުންނަށެވެ. ހޮސްޕިޓަލުގެ ސަރޖިކަލް ވޯރޑް ބަންދުކޮށްފައިވާއިރު އޮކްސިޖަން އުފައްދާ ޕްލާންޓްވެސް ވަނީ ބަންދުކޮށްފައެވެ.

ޕަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީންގެ ސްޕޯކްސްވުމެން ނަބާލް އަލްޖަޒީރާއާ ވާހަކަދައްކަމުން ބުނީ ހޮސްޕިޓަލުގެ ވަަށައިގެންވާ އިމާރާތްތަކަށް އިސްރާއީލުން ހަމަލާދީ އިމާރާތްތައް އެއްކޮށް ހަލާކުކޮށްލާފައިވާކަމަށެވެ. އަދި ހަމަލާތައް ހޮސްޕިޓަލާއި ދުވަހަކަށްވުރެ ދުވަހެއް ކައިރިވަމުން އަންނަކަމަށާއި ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާ ދީފާނެތީ އެކަމާ ބިރު ގަންނަކަމަށެވެ.

ހޮސްޕިޓަލާއި ގުޅިފައިވާ ހުރިހާ މަގުތަކެއްހެން ބަންދުކޮށްފައިވާއިރު އިމާރާތްތަކުގެ ދަށުވެ ޒަޚަމްވެފައިވާ ބަލި މީހުން ގޮވައިގެން ހޮސްޕިޓަލަށް ސީދާ އާދެވޭ ގޮތަށް އޮތީ އެންމެ މަގެކެވެ.

ނަބާލް އިތުރަށް ބުނީ މިހާރުވެސް 500ށް ވުރެ ގިނަ ބަލި މީހުން ހޮސްޕިޓަލުގައި އެބަތިބިކަމަމަށާއި އައިސީޔޫގައި 15 ބަލި މީހުން އެބަތިބި ކަމަށެވެ. އަލަށް ވިހާފައިވާ ތުއްތު ކުދިން އިންކިޔުބޭޓަރުތަކުގައި އެބަތިބިކަމަށާއި އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށެވެ.

ފަލަސްތީން ރެޑް ކްރެސެންޓުން ބުނީ އިތުރު އެއްވެސް ގޮތެއް ނެތްކަމަށާއި ހޮސްޕިޓަލަށް ތެޔޮ ނުލިބިއްޖެނަމަ ޚިދުމަތްތައް ދިނުން ހުއްޓޭނެކަމަށް ބުނަމުން އަންނަތާ ދެ ހަފްތާ ވެއްޖެކަމަށެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގެ ތެރެއަށް ތެޔޮ އެތެރެކުރުމަށް ދެކޮޅު ހަދަމުން އަންނަކަމަށެވެ.

އިސްރާއީލުން ވަނީ ޣައްޒާއަށް ކާނާ އާއި ފެނާއި ކަރަންޓް ނުލިބޭ ގޮތަށް ބަންދުކޮށްފައެވެ. މިހާރު ހަމައެކަނި އެހީ އެތެރެވަނީ ރަފަހް ބޯޑަރުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހަމަލާތަކުގެ ސަބަބުން އިމާރާތް ހަލާކުވެގެންނާއި ތެޔޮ ހުސްވުމުގެ ސަބަބުން ފަލަސްތީނުގެ 18 ހޮސްޕިޓަލަކުން މިހާރު ޚިދުމަތްދެމުން ނުދެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް