Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮންމެ ފަޅިއެއްގައި ހުންނެވިޔަސް ބޭނުންފުޅުވަނީ ބާރާއި ކޮންޓްރޯލް!

ރައީސް ޞާލިހު ހުވާކުރެއްވި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފްލެޓުތައް ހަވާލުކުރައްވާނެ ކަމަށް އޭރު ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 08:11
އިންތިޚާބީ ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިންތިޚާބީ ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ ސަރުކާރުން ދޭ ފްލެޓާއި ގޯތީގެ ވާހަކައެވެ. ގޯތި ލިބުނު ފަރާތްތަކާ ރަޖިސްޓްރީތައް ހަވާލުކޮށް ނިމެން ކައިރިވެފައިވާއިރު ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ވެސް މިހާރު މިވަނީ އިއުލާންކޮށްފައެވެ. މިއާއެކު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެދިވަޑައިގަތުމެއް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ. އެއީ ފްލެޓުތައް ދިނުން އައު ސަރުކާރަށް ދޫކޮށްލުމެވެ.

ފްލެޓް ހަވާލު ކުރުން އައު ސަރުކާރާ ހަވާލުކުރަން އެދިވަޑައިގެން ތަރުޖަމާނު ވިދާޅުވީ މުއިއްޒު ވެރިކަމާ ހަވާލުވުވެވަޑައިގަތުމަށް ކުޑަ ދުވަސްކޮޅެއް އޮތްއިރު މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން ފްލެޓުތައް ހަވާލުކުރުމުގެ ބަދަލުގައި އައު ސަރުކާރާ ހަވާލުކުރުން ރަނގަޅު ކަމަށެވެ. ތެދެކެވެ. އައު ސަރުކާރު އަންނަން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް މިއީ ސަރުކާރެއް ބަދަލުވާ ދަނޑިވަޅުގައި ބަޔަކާ ފްލެޓު ހަވާލު ކުރާ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ތަފާތަކީ މިފަހަރު މިކަން ކުރިއަށްދަނީ ހާމަކަންބޮޑު ގޮތެއްގައި ތަވާލެއް އޮވެގެން ކަމަށްވުމެވެ.

ދައުލަތުގެ ނުފޫޒުގަދަ މަގާމެއްގައި ހުންނަވައިގެން ކަންކަން ކުރެއްވި ގޮތް މިއަދު އިންތިޚާބީ ރައީސް މުއިއްޒު ހަނދުމަފުޅު ނެތުނީ ކަމަށްވެދާނެއެވެ. މިދައްކަނީ 2018 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ" ގެ ދަށުން ފޯމު ހުށަހެޅި ފަރާތްތަކަށް ލިޔުން ހަވާލުކުރިއިރު ކަންކަން ކުރެއްވި ގޮތުގެ ވާހަކައެވެ. އެތައް ކަމެއް ސިއްރުކޮށްގެން، އަވަސްއަރުވާލައިގެން ލިޔުންތައް ހަވާލުކުރަން މަސައްކަތް ކުރެއްވިއިރު އެއިރުވެސް ސަރުކާރު ބަދަލުވެ، އައު ރައީސް ހުވާކުރެއްވުމަށް އޮތީ ހަމަ ކުޑަ ދުވަސްކޮޅަކަށް ވެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު 7000 މީހަކަށް ލިޔުން ހަވާލުކުރަން މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހައުސިންގެ މިނިސްޓްރީން ފެށީ 10 ނޮވެމްބަރު 2018ގައެވެ. 16 ނޮވެމްބަރު 2018 ގައި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓު ލިޔުން ހަވާލުކުރުން އެރޭ 12:00 ޖެހުމާ ހަމަށް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި ނުނިމޭނަމަ 17 ނޮވެމްބަރުގެ މެންދުރު 12:00 އާ ހަމައަށް ހުއްޓާނުލައި އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ. 17 ނޮވެމްބަރަކީ އޭރުގެ އިންތިޚާބީ ރައީސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހުވާކުރެއްވި ދުވަހެވެ.

އެމަނިކުފާނުގެ ސަރުކާރަކުން ހިންގި މަޝްރޫއެއް ކަމަށްވުމުން އޭރު އެންމެ ފަހު ސިކުންތާ ޖެހެންދެން ވެސް ލިޔުން ހަވާލުކުރަން ޖެހޭނީ އެމަނިކުފާނު ކަމަށް ގަބޫލުކުރެއްވިއެވެ. ނަމަވެސް މިއަދު ވިސްނުންފުޅު ބަދަލުވެއްޖެއެވެ. މިއަދު ބޭނުންފުޅުވަނީ އެމަނިކުފާނު ހުވާކުރައްވާތީ އޭގެ ކުރިން ލިޔުންތައް ހަވާލުނުކޮށް އެކަން ކުރަން އެމަނިކުފާނަށް ފުރުސަތު ދެއްވުމަށެވެ.

ގެދޮރުވެރިން ސްކީމުގެ ދަށުން ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާން ކުރުމުން ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންނާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އެބަހުއްޓެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓް އިއުލާން ކުރުމުން ވެސް އާއްމުންގެ ކަންބޮޑުވުން ހުއްޓެވެ. ނަމަވެސް ދެ ބުރުގެ ތަފާތަކީ "ޓްރާންސްޕޭރެންސީ" އެވެ.

ގެދޮރުވެރިން ސްކީމުގެ ދަށުން ހުރިހާ މަރުހަލާއެއްގެ ކަންކަން ވެސް ކުރިއަށްދަނީ ވަރަށް ހާމަކަން ބޮޑުކޮށެވެ. ޕޮއިންޓް ލިބޭ އުސޫލާއި ފްލެޓް ލިބޭ މީހުންގެ ނަންތައް ވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް މުއިއްޒު މިނިސްޓަރު ކަމުގައި ނެރުއްވި ހިޔާ ފްލެޓް ލިސްޓު ވަރަށް ބޮޑަށް އޮތީ ސިއްރުކޮށްފައެވެ. ލިސްޓު ނެރުނީ ހަމައެކަނި ފޯމު ނަންބަރާއެކުގައެވެ. އެއްވެސް މީހެއްގެ ނަމެއް ނެތެވެ. ފްލެޓް ލިބުނު ފަރާތްތަކަށް ލިބުނު ޕޮއިންޓެއްވެސް އިއުލާން ނުކުރެއެވެ. ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދީފައިވާތީ އެކަން އެގޮތަށް ކުރީ ކަމަށް އޭރު އެތައް ބަޔަކު ތުހުމަތު ކުރިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އޭރު މުއިއްޒު ދެއްވި ޖަވާބަކީ ފްލެޓް ލިބުނު ފަރާތްތަަކަށް ލިބޭ ޕޮއިންޓް ހާމަކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ފްލެޓު ލިބުނުކަން އެނގެން ޖެހޭނީ އެ ލިބޭ މީހަކަށް އެކަނި ކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އޭރު އިންތިޚާބީ ރައީސްގެ އޮފީހުން އެ މައްސަލަތައް ބަލާނެ ކަމަށް ބުނުމުން ވެސް އެކަމަށް މުއިއްޒު ފާޑުވިދާޅުވިއެވެ. ފްލެޓުތައް އަތުލައިފިނަމަ އެއީ އަނިޔާވެރިވުން ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. މިއަދު ހަމަ ވިދާޅުވަނީ އަމިއްލަފުޅަށް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި ކަންކަން ކުރައްވާނެ ކަމަށެވެ. ބައެއް ފެލްޓުތައް އަތުލާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނުގެ އޮފީހުން ދީފައިވާއިރު ބޭނުންފުޅުވަނީ ހުވާ ކުރައްވާތީ ފްލެޓުގެ ލިޔުންތައް ހަވާލުކުރުން މަޑުޖައްސާލާށެވެ. ކޮންމެ ކޮޅެއްގައި ހުންނެވި ނަމަވެސް ބޭނުންފުޅުވަނީ އަމިއްލަ ބާރެވެ. އަމިއްލަ ކޮންޓްރޯލެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

28 ފެބުރުއަރީ 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު