Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޮރޮކޯ އަށް ދިވެހިންގެ އެހީ

ބިންހެލުމުގައި ހާލުގައި ޖެހުނު މޮރޮކޯ ރައްޔިތުންނަށް ދިވެހިންގެ އެހީ!

150 އާއިލާ އަކަށް އެހީގެ ސާމާނު ދީފި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 00:57
އެހީގެ ތަކެތި މޮރޮކޯ ކުޑަކުދިން ޕިކަޕުން ބާލަން އެހީވަނީ

އެހީގެ ތަކެތި މޮރޮކޯ ކުޑަކުދިން ޕިކަޕުން ބާލަން އެހީވަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި މޮރޮކޯ އަށް އައި ބާރުގަދަ ބިންހެލުމުގައި 3000 އެއްހާ މީހުން މަރުވިއެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި އާއިލާތަކެއް ހާލުގައި ޖެހުނެވެ. ގެދޮރު ސުންނާފަތިވެ, ދިރިއުޅުން ޓެންޓްތަކަށް ބަދަލުކުރިއެވެ. މިއަދުވެސް އެތައް ސަތޭކަ އާއިލާއެއް ތިބީ ޓެންޓްތަކުގައެވެ. އެއުނދަގޫ ވަގުތު 50 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ މޮރޮކޯ ރައްޔިތުންނަށް އެހީގެ އަތް ދިއްކޮށްލި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ދިވެހި ރައްޔިތުން ވަނީ އެހީތެރިކަމުގެ އަތް ދިއްކޮށްލާފައެވެ.

ޚިދުމަތް ޖަމްއިއްޔާ މެދުވެރިކޮށް, ބިންހެލުމުގައި ގެއްލުން ލިބުނު އާއިލާތަކަށް ދިވެހިން ދިން އެހީ ހަވާލުކުރުމުގެ މަސައްކަތް އެޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ. އެގޮތުން އަންގާރަ ދުވަހު އެޖަމްއިއްޔާއިން ވަނީ މޮރޮކޯގެ "އަސްނީ" ސަރަހައްދުގެ 150 އާއިލާއަކަށް އެހީ ފޯރުކޮށްދީފައެވެ. ޖަމްއިއްޔާގެ ފަރާތުން ތިން މީހުން މޮރޮކޯއަށް ޒިޔާރަތްކޮށް, ހާލުގައި ޖެހިފައިތިބި ފަރާތްތަކާ ބައްދަލުކޮށް މިވަގުތަށް އެންމެ ބޭނުންވާ ތަކެތި ފާހަގަކުރިއެވެ. އަދި އެތަކެއްޗާއި, ފައިސާގެ އެހީވެސް ވަނީ އެ އަވަށުގެ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. އެގޮތުން އެމީހުންނަށް މިވަގުތަށް އެންމެ ބޭނުންވާ، ގަދަ ފިނިން ރައްކާތެރިވާނެ ސާމާނު ހަދިޔާކުރިއެވެ. މިއީ މޮރޮކޯއަށް ފިނި ދުވަސްވަރެވެ. އަދި ކުރިއަށް އޮތީ އިންތިހާއަށް ފިނި ދުވަސްވަރެވެ.

ފިނި ހެދުމާއި, ރަޖައާއި, ނިދާނެ ގޮދަޑިއާއި ހެދުން ފަދަ ސާމާނު އެއާއިލާތަކަށް ހަދިޔާކުރިއެވެ. މިއީ ދިވެހި ރައްޔިތުންގެ އެހީއެވެ. މީގެތެރޭގައި ގިނަ ރަށްތަކަކުން ހަދިޔާކުރި އެހީ ހިމެނެއެވެ.

ފިނިން ސަލާމަތްވުމަށް, ފިނި ހެދުމާއި އެނޫންވެސް ސާމާނު ހަދިޔާކުރީ ޚިދުމަތް ޖަމްއިއްޔާއިން ކޮންމެ އަހަރަކު ފިނިމޫސުމާ ދިމާކޮށް ކުރިއަށްގެންދާ "ފިނިމޫސުމޭ އެކުގައި ވަމާހޭ" ކެމްޕެއިނާވެސް ގުޅިގެންނެވެ. މިކެމްޕެއިން މިއަހަރަށް ލޯންޗް ކުރީ މޮރޮކޯގެ އަސްނީ ސަރަހައްދުގައެވެ. އެހީގެ ތަކެއްޗާ ހަވާލުވުމަށްފަހު މޮރޮކޯގެ ކޮންމެ ރައްޔިތަކުންވެސް އެނބުރި ދިޔައީ ދިވެހިންނަށް ޝުކުރު އަދާކޮށް ހެޔޮ ދުއާ ކުރަމުންނެވެ. ކުޑަކުދިންވެސް އެއް އަޑަކުން ގޮވަމުން ދިޔައީ "ތެންކްޔޫ މޯލްޑިވްސް" އެވެ.

އެހީގެ ސާމާނުގެ އިތުރުން އަސްނީ ސަރަހައްދުގެ ޓެންޓާއި, ފޭލިގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފައިސާގެ އެހީތެރިކަންވެސް ދިވެހި ރައްޔިތުންގެ ފަރާތުން ވަނީ ދީފައެވެ. އަދި އިތުރު ދެ އަވަށަކަށް މިއެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ އެހީތެރިކަންވެސް ޚިދުމަތް ޖަމްއިއްޔާއިން ފޯރުކޮށްދޭނެއެވެ. މިއީ ދިވެހި ރައްޔިތުނު މޮރޮކޯ ރައްޔިތުންނަށް ދިނުމަށް ހަވާލުކޮށްފައިވާ އެހީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު