Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމީން

ރައީސް ޔާމީނެވެ. ގޭގައި އިހަށް މަޑުން އިންނަވާށެވެ.

ޕެރޯލް ޤާނޫނާ ޚިލާފުވަމުންގެންދަވާތީ ޔާމީނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންޒާރު ދިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ނޮވެމްބަރު 2023 | ބުދަ 16:07
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ރަށު ބަންދަށް ދޫކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ސަރުކާރުން އެހެން ނިންމެވުމާއެކު ރައީސް ޔާމީން ވަނީ ޖެހިގެން އައި ރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގަންނަވާފައެވެ. ޕީޕީއެމް އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވާ ސަލާމް ވެސް ކުރެއްވިއެވެ.

މިއާއެކު ދެން ފެނިގެންދިޔައީ ޖަލުތަކުގެ ޕެރޯލް ޤާނޫނާ ޚިލާފުވަމުންގެންދަވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންޒާރު ދިން މަންޒަރެވެ. ކަރެކްޝަންސް އިން ބުނީ ޔާމީނާއެކު ވެފައިވާ އިގުރާރާ ޚިލާފަށް އަމަލުތައް ބަހައްޓަވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އިގުރާރާ އެއްގޮތަށް އަމަލު ކުރެއްވުމަށް އެމަނިކުފާނަށް އިންޒާރު ދީފައިވާނެ ކަމަށާއި އެކަން ތަކުރާރު ކުރައްވާނަމަ އިގުރާރު ބާތިލު ކުރެވޭނެ ކަމަށް ވެސް ޔާމީނަށް އަންގާފައިވާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ހުކުމް ތަންފީޒު ކުރަމުންގެންދާ މީހަކަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެފަދަ ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެއެވެ. ނަމަވެސް ޔާމީންގެ ބަންދަށް ކަރެކްޝަންސް އިން ދިން ލުއިތަކާއެކު އެމަނިކުފާނު ގެންދަވަނީ ސިޔާސީ އެއްވުންތަކުގައި ބައިވެރިވެވަޑައިގެން، ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކުރުމަށްފަހު އެމަނިކުފާނު އެދިވަޑައިގެން އިތުރު ލުއިތަކެއް ކަރެކްޝަނުން ވަނީ ދީފައެވެ. އެގޮތުން، ބޭސްފަރުވާ ކުރެއްވުމަށާއި، ކަސްރަތު ކުރައްވައި އުޅުއްވުމަށް އިތުރު ލުއިތަކަކަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މި ލުއިތަކުގެ އިތުރުން ކަރެކްޝަންސްއަށް އެންގުމަށްފަހު، ކޮންމެހެން ބައްދަލުކުރުމަށް އެދޭ ފަރާތްތަކާއި ބައްދަލުކުރުމުގެ ފުރުސަތު ވެސް ދެވިފައިވާނެކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ލުއިތައް ދިން ފަހުން ޔާމީން ވަނީ މިހާތަނަށް ޕީޕީއެމްގެ ދެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމާއެކު ޖަލު ބަންދުގައި ހުންނެވުމަށްފަހު އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ރަށު ބަންދަށް ދޫކުރެއްވިޔަސް، ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވަން ޖެހޭ ހަޤީޤަތަކީ އެމަނިކުފާނަކީ އަދިވެސް ކުށްވެރިއެއް ކަމެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާކެމެވެ. އެހެންކަމުން ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނަށް އަދި ބައިވެރި ނުވެވޭނެކަމެވެ. ރ.ފުއްގިރި ޚިޔާނާތުގެ މައްސަލަ ވެސް އަދި ދަނީ ކުރިއަށެވެ. އެހެންކަމުން ސިޔާސީ ހަރަކާތްތަކުގައި އަދި އުޅުއްްވުން އެއީ އެހާ "ސަޅި" ކަމެއް ނޫނެވެ. ރައީސް ޔާމީނެވެ. ގޭގައި އިހަށް މަޑުން އިންނަވާށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު