Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެހުރިހި ހިމާޔަތްކުރުން

ފެހުރިހި ހިމާޔަތްކުރުން - ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށަށް ބަދަލުކުރައްވަން ރައީސް ނިންމަވައިފި

7 ނޮވެމްބަރު 2023 | އަންގާރަ 13:56

ފެހުރިއްސަކީ ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެއް

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 7 ނޮވެމްބަރު 2023 | އަންގާރަ 13:56
ވަޒީރުންގެ މަޖިލިސް

ވަޒީރުންގެ މަޖިލިސް

ރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ، ރައީސް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު:14/2019)ގެ ދަށުންނެވެ. ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 04/93)ގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވަނީ، ފެހުރިއްސަކީ މަސްވެރިކަމާ ގުޅުންހުރި ދިރުމެއް ނޫންކަމާއި، އަދި ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މަހެއް ނޫންކަމަށް ވުމާއެކު، ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓައި މެނޭޖްކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކަމަށް ވާތީކަން ވަޒީރުންގެ މަޖިލިހަށް ހުށަހެޅުއްވި ކަރުދާހުގައި ވަނީ ބަޔާންކުރައްވާފައެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހު، އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި، ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ. ހަމައެހެންމެ، ފެހުރިއްސަށް ރާއްޖޭގައި ގިނަ ގެއްލުންތަކެއް ލިބެމުން ދާކަންވެސް މި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމާއި، އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ އަދި އިޖުތިމާއީގޮތުންވެސް ގިނަގުނަ ފައިދާތައް ލިބޭނެކަމެއްކަން، ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2019

ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ގޮވާލައްވައިފި

12 ޖޫން 2019
ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ގޮވާލައްވައިފި
05 ޖޫން 2019

ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް

05 ޖޫން 2019
ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް
19 ޖޫން 2018

މިސަރުކާރުން ގެންނަ ތަރައްގީގެ ސަބަބުން ތިމާވެށި ދަނީ ހަލާކުވަމުން: އަލީ ހުސެއިން

19 ޖޫން 2018
މިސަރުކާރުން ގެންނަ ތަރައްގީގެ ސަބަބުން ތިމާވެށި ދަނީ ހަލާކުވަމުން: އަލީ ހުސެއިން
05 ޖޫން 2018

ތިމާވެށި ހިމާޔަތް ކުރުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒެއް ނުކުރޭ: މަދަނީ ޖަމިއްޔާތައް

05 ޖޫން 2018
ތިމާވެށި ހިމާޔަތް ކުރުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒެއް ނުކުރޭ: މަދަނީ ޖަމިއްޔާތައް
23 މާރިޗު 2018

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފުރަތަމަ ފިޔަވަޅު، ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭ: ވިލާތުގެ އިއްތިޙާދު

23 މާރިޗު 2018
ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފުރަތަމަ ފިޔަވަޅު، ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭ: ވިލާތުގެ އިއްތިޙާދު
22 ފެބުރުއަރީ 2018

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޗްއާރްސީއެމް އިން ކުރާ މަސައްކަތްތައް ވިލާތުގެ އިއްތިހާދާ ހިއްސާކޮށްފި

22 ފެބުރުއަރީ 2018
އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޗްއާރްސީއެމް އިން ކުރާ މަސައްކަތްތައް ވިލާތުގެ އިއްތިހާދާ ހިއްސާކޮށްފި
10 ޑިސެމްބަރު 2017

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް

10 ޑިސެމްބަރު 2017
އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް
06 ޑިސެމްބަރު 2017

ކޭލަކުނަކީ ރާއްޖޭގެ ތިމާވެށިގެ ސަޤާފަތް ދައްކުވައިދޭ މަދު ތަންތަނުގެ ތެރެއިން އެއް ތަން: މައީދު

06 ޑިސެމްބަރު 2017
ކޭލަކުނަކީ ރާއްޖޭގެ ތިމާވެށިގެ ސަޤާފަތް ދައްކުވައިދޭ މަދު ތަންތަނުގެ ތެރެއިން އެއް ތަން: މައީދު
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
02 މެއި 2017

ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ، ދެން ސިޓީއެއް ނުލިޔާނަން: ރައީސް މައުމޫން

02 މެއި 2017
ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ، ދެން ސިޓީއެއް ނުލިޔާނަން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް