Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މާޒިޔާގެ އޭއެފްސީ ކަޕުގެ އުއްމީދު އަނެއްކާ ވެސް ފެނަށް!

7 ނޮވެމްބަރު 2023 | އަންގާރަ 14:03

ހަތަރު މެޗުން މާޒިޔާ އަށް ލިބުނީ އެންމެ ތިން ޕޮއިންޓް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 7 ނޮވެމްބަރު 2023 | އަންގާރަ 14:03
އޭއެފްސީ ކަޕުގައި މާޒިޔާ އާއި އިންޑިޔާގެ އޮޑީޝާ ކުޅުނު މެޗުގެ ތެރެއިން: މާޒިޔާ ބަލިވީ 3-2އިން

އޭއެފްސީ ކަޕުގައި މާޒިޔާ އާއި އިންޑިޔާގެ އޮޑީޝާ ކުޅުނު މެޗުގެ ތެރެއިން: މާޒިޔާ ބަލިވީ 3-2އިން

އިންޑިޔާގެ އޮޑިޝާ އަތުން މިއަދު މާލޭގައި 3-2އިން ބަލިވެ، އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު މުޅިން ކަހަލަ ގޮތަކަށް މާޒިޔާ އަށް ބަންދުވެއްޖެ އެވެ.

ބިދޭސީ ހަ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމުގެ 15 ކުޅުންތެރިން ހިމަނައިގެން މާޒިޔާއިން ގަދަ ޓީމެއް މި ސީޒަނަށް އެކުލަވާލީ އެ ކުލަބުން އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް އެ ކުލަބުން ދެމުން އަންނަ ޒަމާންވީ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. ނަމަވެސް މި ފަހަރު ވެސް މިކަން ނުވާނެކަން ކަށަވަރުވީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުންނެވެ. ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ ދެ މެޗެވެ. މި ދެ މެޗު ކާމިޔާބު ކޮށްގެން ވެސް މާޒިޔާ އަށް ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ ޔަގީންކަމެއްނެތެވެ. އަދި މިހާރު އޮތް ހަނިފުރުސަތު ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގް އަތުން މިރޭ އިންޑިޔާގެ މޯހަން ބަގާންމޮޅުވެއްޖެނަމަ މުޅިން ބަންދުވާނެ އެވެ.

އެއީ އެއިރުން މޯހަން ބަގާންއަށް 10 ޕޮއިންޓްހަމަވާނެތީ އެވެ. މިވަގުތު އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ދެ ވަނައިގައި އޮޑީޝާ އޮތީ މާޒިޔާ އަތުން މާލޭގަ އާއި އިންޑިޔާގައި މޮޅުވެގެން ލިބުނު ހަ ޕޮއިންޓާއެކުގަ އެވެ. ބަޝުންދުރަ އަށް ހަތަރު ޕޮއިންޓް އަދި މާޒިޔާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ބާކީ އޮތް ދެ މެޗުން މޮޅުވެގެން މާޒިޔާ އަށް ގިނަވެގެން ހަމަކުރެވޭނީ ނުވަ ޕޮއިންޓެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ މާޒިޔާ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ ދެ ވަނަ މިނިޓްގައި ހަސަން ނާއިޒް (ދާދު) އެވެ. ލީޑު ފުޅާކޮށްދިނީ ޕެނަލްޓީ އަކުން ބަލަބޮނޮވިޗް 26 ވަނަ މިނިޓްގަ އެވެ. އޮޑީޝާއިން ގޯލު ޖަހަން ފެށީ 65 ވަނަ މިނިޓްގަ އެވެ. މޫރްޓަޑާ ފޯލް ޖެހި ގޯލަށް ފަހު ނަތީޖާ ހަމަހަމަވީ 72 ވަނަ މިނިޓްގައި ޑިއެގޯ މައުރީސިއޯ ޖެހި ގޯލުންނެވެ. މާޒިޔާ އަށް ތިން ޕޮއިންޓް ގެއްލުނީ މެޗު ނިމެން ފަސް މިނިޓަށްވީ ފަހުން ރޯއި ކްރިޝްނާ ޖެހި ގޯލުންނެވެ.

އިންޑިޔާގައި މި ދެ ޓީމު ކުޅުނު މެޗުން އޮޑީޝާ މޮޅުވީ 6-1އިންނެވެ. މިއީ އޭއެފްސީ ކަޕުގައި މާޒިޔާގެ އެންމެ ދެރަ ނަތީޖާ އެވެ.

މި މެޗަށް މާޒިޔާ ނުކުތީ އޮކްޓޫބަރު މަހުގެ 24ގެ ފަހުން މެޗެއް ނުކުޅެ އެވެ. މި މުއްދަތުގައި އިންޑިއަން ސުޕަ ލީގުގައި އެކަނި ވެސް އޮޑީޝާ ތިން މެޗު ކުޅުނެވެ. މި ތަފާތު މެޗުގެ ކުރިން ދެ ޓީމުގެ ކޯޗުން ވެސް ފާހަގަކުރި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް