Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނަންޗާންގް މަށި-ޖާޑީ ސޫޕް

ޖިއާންގްޝީއާއި ޖާދޫގެ މަށި-ޖާޑި!

ޖިއާންގްޝީގެ ހިތްގައިމު ކުރަނިވި ޖާދޫގައި އެތައް ބަޔަކު ޖައްސަމުންދާ އެކައްޗަކީ، ޖިއާންގްޝީއަށް ޚާއްޞަ، ކުޑަކުޑަ މަށި-ޖާޑިތަކުގައި ތައްޔާރު ކުރާ ސޫޕް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2023 | އަންގާރަ 13:56
ނަންޗާންގް މަށި-ޖާޑީގައި ސޫޕް ކެއްކުމުގެ އެންމެ ހިތްގައިމު ކަމަކީ، ސޫޕް ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކުގައި އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތައް ގެއްލިގެން ނުދާ ކަން

ނަންޗާންގް މަށި-ޖާޑީގައި ސޫޕް ކެއްކުމުގެ އެންމެ ހިތްގައިމު ކަމަކީ، ސޫޕް ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކުގައި އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތައް ގެއްލިގެން ނުދާ ކަން

ދަތުރުފަތުރުގެ ނިޒާމަށް އައިސްފައި އޮތް އިންޤިލާބީ ބަދަލުތަކާއެކު ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ދަތުރުކޮށްލުމަކީ މިއަދު މާ އުނދަގޫ ކަމެއް ނޫނެވެ. ފަސޭހަ ކަމާއެކު ދަތުރު ކުރެވޭނެ އެތައް މަންޒިލަކުން ފަތުރުވެރިންނަށް މަރުޙަބާ ކިޔަމުން ދާ އިރު، ބައެއް މަންޒިލްތަކަށް ލިބޭ މަޤުބޫލުކަމާއި ހުއްޓޭ ޝަޢުޤުވެރިކަން އިތުރު ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެތަނަކުން ލިބޭ މެހެމާންދާރީގެ އިތުރަށް، މުއްސަނދި ޘަޤާފަތާއި ތަރިކައިގެ ހިތްގައިމު ކަމަކީވެސް ވަކި ދުނިޔޭގެ ވަކި މަންޒިލްތަކަކަށް، ފަތުރުވެރިންނާއި ދޭސީންގެ ހިތްވެސް ލަންބުވާލާ ކަމެކެވެ.

ޗައިނާގެ ޖިއާންގްޝީއަކީވެސް ހަމަ އެފަދަ މަންޒިލެކެވެ. ޗައިނާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި، ދޭސީންގެ މެދުގައިވެސް ޖިއާންގްޝީއަކީ މަޤުބޫލު މަންޒިލެކެވެ. ޖިއާންގްޝީގެ ހިތްގައިމު ކުރަނިވި ޖާދޫގައި އެތައް ބަޔަކު ޖައްސަމުންދާ އެކައްޗަކީ، ޖިއާންގްޝީއަށް ޚާއްޞަ، ކުޑަކުޑަ މަށި-ޖާޑިތަކުގައި ތައްޔާރު ކުރާ ސޫޕްއޭ ދެންނެވުމަކުން ގޯހެއް އޮވެދާނެ ކަމަކަށް ނުދެކެމެވެ. ނަންޗާންގް މަށި-ޖާޑިއަކީ އެތައް ބައެއްގެ ހިތް ފަތަޙަކޮށްފައި ވާ ސޫޕްގެ އަސްލެވެ. މިއަދު އެއީ، ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށް ވާ ޖިއާންގްޝީގެ ޘަޤާފީ ރަމްޒެއް ކަމުގައިވެސް ދެންނެވިދާނެއެވެ.

ނަންޗާންގް މަށި-ޖާޑީގައި ތަފާތު އެކި ރަހަތަކުގެ ސޫޕްތައް ތައްޔާރު ކުރެއެވެ. ކުކުޅު ބިހު ސޫޕްއިން ފެށިގެން ގޮސް، ލޮޓަސް މުލު ސޫޕްއާއި، އަސްދޫނި ސޫޕްއަކީވެސް ނަންޗާންގް މަށި-ޖާޑީގައި ތައްޔާރު ކުރާ ޚާއްޞަ ސޫޕްތަކެވެ. ކުކުޅާއި ކަނޑުމަސް ބޭނުންކޮށްގެންވެސް ނަންޗާންގް މަށި-ޖާޑީގައި ސޫޕް ތައްޔާރު ކުރެއެވެ.

ހުރިހާ ޢުމުރެއްގެ މީހުންގެ މެދުގައިވެސް އިންތިހާއަށް މަޤުބޫލުކަން ހޯދަމުން އަންނަ ނަންޗާންގް މަށި-ޖާޑި ސޫޕްގެ ސިއްރު ގުޅިފައި ވަނީ، އެ ސޫޕް ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކުގެ ފެންވަރާއި، ސޫޕްގެ ފެންގަނޑު ކެއްކުމުގައި ގެންގުޅޭ އުކުޅުތަކެވެ.

ޗޯން ވައިޑޮންގް، ސޫޕް ކެއްކުމުގެ މަސައްކަތް ކުރާތާ މިހާރު 40 އަހަރުވެއްޖެއެވެ. ސޫޕްގެ މަޤުބޫލުކަން، ޗޯން ގުޅުވާލީ ނަންޗާންގް އޮތް ސަރަޙައްދާއެވެ. ނަންޗާންގް މަޝްހޫރު ވެފައި ވަނީ 'ފެނުގެ ސިޓީ'ގެ ގޮތުގައި ކަން ޗޯން ފާހަގަ ކުރެއެވެ.

ނަންޗާންގްއަކީ 10 ކޯރަކާއި ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ފެންއާރުތަކުގެ ބޮޑު ނެޓްވަރކްއެއް އޮތް ސިޓީއެކެވެ. އެއީ ޗޯން އިންތިހާއަށް ފަޚްރުވެރިވާ ކަމެކެވެ. ފެނުގެ ނިޢުމަތް ލިބިފައި އޮތުމާއި، ފަރުބަދަތަކުގެ ހިތްގައިމު ކަމާއި، ތާޒާ ވައި ލިބެމުން ދާ ދިއުމަކީ، ނަންޗާންގްގެ ފެނުގައި އާދަޔާ ޚިލާފު މީރު ރަހައެއް ހުންނަ ސަބަބެއް ކަމަށާ، ފެނުގެ ފެންވަރު ރަނގަޅު ވެފައި، ފެން ބޯލުމަށް ފަހުގައިވެސް އަރުގައި ފޮނިފޮނި ރަހައެއް ހުންނަނީ އެހެންވެ ކަމަށް ޗޯން ބުނެއެވެ.

ނަންޗާންގް މަށި-ޖާޑީގައި ތައްޔާރު ކުރާ ސޫޕްގެ އެންމެ ބޮޑު ސިއްރު ގުޅިފައި އޮންނަނީ، މަޑު ގިނީގައި ސޫޕްގަނޑު ކައްކާ ކެއްކުމާއެވެ. ޢާންމު ގޮތެއްގައި މި ސޫޕް ތައްޔާރު ކުރުމަށްޓަކައި، ކުދިކުދި ބޯތަށިތަކަކަށް ސޫޕްގެ ސާމާނުތައް އަޅާ، މަތި ބަންދު ކުރެއެވެ. އެ ބޯތަށިތައް، މާސިންގާ މަށި-ޖާޑިއެއްގައި އަތުރާލައެވެ. އެއަށް ފަހު 8 ގަޑިއިރު ވަންދެން ކައްކައެވެ. އަލިފާންގަނޑު ފައްކާ ކުރަނީ ބޯޓުދެލިންނެވެ.

ސޫޕް ކައްކަން ބޭނުން ކުރާ މަށި-ޖާޑިތައް ފަރުމާކޮށްފައި ހުންނަނީ އޭގެ ތެރެއަށް ތެލާއި ފެން ދަމައިގަންނަ ގޮތަށެވެ. 300 އެމްއެލްގެ ކުދިކުދި މަށި ބޯތަށިތަކުގައި، އެކި ޒާތްޒާތުގެ ސޫޕްތައް ކައްކަމުން ދިޔަ ނަމަވެސް، އެކަތީގެ ރަހަ އަނެ ކައްޗަކަށް ނުވަދެއެވެ.

ސޫޕް ކައްކަން ހޭދަ ވާ 8 ގަޑިއިރަކީ ގިންޏަށް ވަރަށް ބަލަން ޖެހޭ ވަގުތެކެވެ. ފުރަތަމަ ދެ ގަޑިއިރަކީ ގަދަ ގިނީގައި ސޫޕްގަނޑު ކައްކާ ވަގުތެވެ. އަނެއް 6 ގަޑިއިރަކީ މަޑު ގިނީގައި ސޫޕް ކެކިކެކި ހުންނަ ވަގުތެވެ. ސޫޕްގަނޑު އެންމެ ފުރިހަމަ ވަނީ، ސޫޕް ތައްޔާރު ކުރަން އެޅި ހުރިހާ އެއްޗެއް، ޖާޑި ތެރެއަށް މުޅިން ވިރި ނުވަތަ ގިރި ނިމުމުންނެވެ.

ނަންޗާންގް މަށި-ޖާޑީގައި ސޫޕް ކެއްކުމުގެ އެންމެ ހިތްގައިމު ކަމަކީ، ސޫޕް ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކުގައި އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތައް ގެއްލިގެން ނުދާ ކަމެވެ. އަދި ސޫޕަށް އެޅި އެކިއެކި ބާވަތްތަކުގެ ޚާއްޞަ ރަހަތައްވެސް ފަނޑުވެގެން ނުދާކަމެވެ. ސޫޕްގެ ކުލަވަރުވެސް ފިސާރި ހިތްގައިމެވެ.

ޖިއާންގްޝީގެ މުއްސަނދި ޘަޤާފަތަކީ ހިޖުރަވެރިންނާއި އިޤްތިޞާދީ އަދި ވިޔަފާރީ ބަދަހި ގުޅުންތަކާއި، ޘަޤާފީ ގޮތުން ހުޅުވާލެވިފައި އޮތް އޮތުމުގެ ތެރެއިން ލިބިފައި އޮތް މުއްސަނދި ކަމެއް ކަމަށް ބުނެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

23 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

20 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު