Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ކޮންމެ ކޯޗަކު ވެސް ބޭނުންވާނީ ރަނގަޅު ނަތީޖާ: އެންރީކޭ

އެންރީކޭ ބުނީ އޭނާގެ ޓީމުން ގިނައިން ފެންނަނީ ރަނގަޅު ކަންތައްތައް ކަމަށާއި، ކުޅުންތެރިން މަސައްކަތް ކުރަމުން އަންނަނީ އަމާޒަށް ވާސިލްވުމަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ނޮވެމްބަރު 2023 | ހޯމަ 00:28
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ކޮންމެ ކޯޗަކު ވެސް ބޭނުންވާނީ ރަނގަޅު ނަތީޖާ ކަމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ ފްރާންސް ލީގުގައި ޕީއެސްޖީން މޮންޓްޕެލިއޭއާ ދެކޮޅަށް ކުޅެ، މޮޅުވި މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އޭނާ ބުނީ ކޮންމެ ކޯޗަކު ވެސް ބޭނުން ވާނީ އެ ޓީމެއްގެ އެންމެ ފުރިހަމަ ވައްޓަފާޅީގައި ކުޅެ، ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށެވެ. އެހެންކަމުން މިހާރު ޕީއެސްޖީގެ ހުރިހާ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، އެ ޓީމުން ނެރެމުން އަންނަ ނަތީޖާއާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް އެންރީކޭ ބުނީ އޭނާގެ ޓީމުން ގިނައިން ފެންނަނީ ރަނގަޅު ކަންތައްތައް ކަމަށާއި، ކުޅުންތެރިން މަސައްކަތް ކުރަމުން އަންނަނީ އަމާޒަށް ވާސިލްވުމަށް ކަމަށެވެ.

މީގެ އިތުރުން އެންރީކޭ ބުނީ މި ސީޒަންގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު އެންމެ ރަނގަޅު އެއް ޓީމަކީ މޮންޓްޕެލިއޭ ކަމަށެވެ. އެހެންކަމުން އެ ޓީމާ ދެކޮޅަށް ޕީއެސްޖީގެ ކުޅުންތެރިން ދެއްކީ ވަރަށް ރޭވުންތެރި ކުޅުމެއް ކަމަށާއި، މުޅި މެޗު ދިޔައީ ޕްލޭނާ އެއްގޮތަށް ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އިދިކޮޅު ޓީމުން ވެސް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަމުން ދިޔައިރު، ޕީއެސްޖީގެ ޑިފެންޑަރުންގެ ފަރާތުން ފެނުނީ ހުޝިޔާރުވެ ތިބި މަންޒަރު ކަމަށް އެންރީކޭ ބުންޏެވެ.

ޕީއެސްޖީ އަށް ދެން އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އިޓަލީގެ އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެެޗެވެ. އެންރީކޭ ބުނީ ޗެމްޕިއަންސް ލީގު މެޗުގެ ކުރިން، މޮޅަކުން އެ މެޗާ ހަމައަށް ދާން ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހު މަސައްކަތް ކުރާނީ އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗަށް ފުރިހަމަ ޓީމެއް އެކުލަވާލަން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕީއެސްޖީލުއިސް އެންރީކޭ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު