Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

އެމްބާޕޭއާ މަޝްވަރާ ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރެއާލުން ދޮގު ކޮށްފި

ޕީއެސްޖީގެ އެއްބަަސްވުމުގައި ހުރި އެއްވެސް ކުޅުންތެރިޔަކާ އެފަދަ މަޝްވަރާތަކެއް ކުރަމުން ނުދާ ކަމަށް އެ ކުލަބުން ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2023 | ހޯމަ 00:14
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ ގެނައުމަށް ރެއާލް މެޑްރިޑުން އޭނާ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވާ ވާހަކަތައް ރެއާލުން ދޮގު ކޮށްފި އެވެ.

ޕީއެސްޖީ އާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން މީގެ ކުރިން ރެއާލުން ވަނީ ފާޅުކޮށްފަ އެވެ. ރެއާލަށް ބަދަލުވުމާ ގާތަށް އެމްބާޕޭ ދިޔަ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ޕީއެސްޖީގެ ބޮޑެތި ހުށަހެޅުންތަކާއެކު އެމްބާޕޭ ވަނީ އެކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. ބޭރުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެމްބާޕޭ ގެނައުމަށް ރެއާލުން ދަނީ އަނެއްކާ ވެސް އޭނާ އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.

ނަމަވެސް، ރެއާލުން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ. ރެއާލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްބާޕޭއާ ރެއާލާ ގުޅުވައިގެން މީޑިއާ ތަކުގައި އެކި ކަހަލަގެ ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކުލަބުން ހާމަކުރަން ބޭނުންވަނީ އެއީ އެއްވެސް ކަހަލަ ތެދެއް އެކުލެވިގެން ނުވާ، ދޮގު ވާހަކަތަކެއް ކަމަށެވެ. ޚާއްސަކޮށް ޕީއެސްޖީގެ އެއްބަަސްވުމުގައި ހުރި އެއްވެސް ކުޅުންތެރިޔަކާ އެފަދަ މަޝްވަރާތަކެއް ކުރަމުން ނުދާ ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ.

ދާދި ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައު ނުކުރަން ނިންމައި، އެ ކުލަބުގެ ވެރިންނަށް އެކަން އަންގައިފަ އެވެ. އެއާއެކު ޕީއެސްޖީން ވަނީ އެމްބާޕޭ އަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. އެގޮތުން ޕީއެސްޖީގެ ފުރަތަމަ ޓީމުގެ ސްކޮޑުން އެމްބާޕޭ އުނި ކުރި އެވެ. އެއާއެކު ޕީއެސްޖީގެ ރައީސް ވަނީ އެމްބާޕޭއާ ބައްދަލުކޮށް، މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަރިތަކުރުންތަކާއި، މެޗުތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެމްބާޕޭ ވަނީ ޕީއެސްޖީ އާއެކު ސުލްހަވާން ނިންމައިފަ އެވެ.

ރެއާލް މެޑްރިޑްޕީއެސްޖީކީލިއަން އެމްބާޕޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު