Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫ ސިޓީ ކައުންސިލް

ތިނަދޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށް, މުޅި ކައުންސިލަށް ފިޔަވަޅު އަޅައިފި

މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ އަލީ ސަސްޕެންޑްކޮށްފައިވަނީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާތީ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 25 ޖޫން 2025 | ބުދަ 14:10
ތިނަދޫ ސިޓީ ކައުންސިލް މޭޔަރ ސައުދުﷲ އަލީ: ސައުދުﷲ ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފަ

ތިނަދޫ ސިޓީ ކައުންސިލް މޭޔަރ ސައުދުﷲ އަލީ: ސައުދުﷲ ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފަ

ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

އެލްޖީއޭއިން މިގޮތަށް ނިންމަވާފައިވަނީ އެ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުއެވެ.

އެ އިދާރާ އިން ބުނިގޮތުގައި، އެ ފިޔަވަޅު އެޅީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށެވެ.

އެ އެންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ދިރާސާކޮށްފައި ވާކަމަށް އެ އޮތޯރެޓީއިން ވަނީ ބުނެފައެވެ.

އެލްޖީއޭ އިން ބުނިގޮތުގައި އިންކުއަރީ އަށް ފަހު ކައުންސިލަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. އެ މައްސަލާގައި ކައުންސިލުން ޖަވާބުދާރީވި އެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެެވެ. އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެނޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.

އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އެލްޖީއޭއިން ބުނީ އެ އޮތޯރެޓީއިން އެންކުއަރީ ހަދާފައިވަނީ ޖުމްލަ 19 ކަމެއްގެ މައްޗަށް ބެލުމަށްފަހުގައި ކަމަށެވެ. އޭގެތެރޭގައި އެ އޮތޯރިޓީއަށް ހުށަހަޅައިފައިވާ ޝަކުވާތަކާއި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅައިފައިވާ ކަންކަން ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ.

އެލްޖީއޭއިން އިންކުއަރީގައި ހިމަނާފައިވާ 19 މައްސަލައިގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުދާރީނުވެ ފޮނުވާލާ މައްސަލައާއި ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން 5000 ރުފިޔާގެ ފީއެއް ނެގުމާއި އެފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުމާއި ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް އެލަވަންސް ދޭ ކަމަށާއި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލްގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ ކަންވެސް އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ސަރުކާރުގެ ހައުސިން މަޝްރޫގެ ދަށުން ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާއެއް ނެތި ހުޅުވާލައި އެކަން ނުކުރުމަށް މިނިސްޓްރީއިން އެންގި އެންގުމަށް އަމަލުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ތިނަދޫގައި ދޫކޮށްފައިވާ ފުލެޓްތަކަށް ވަޅުފެން ނުލިބޭތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލުގެ މޭޔަރާ ބައްދަލު ކުރުމަށް އެދުމުން ބައްދަލު ކޮށްފައިނުވާކަމަށްވެސް އެއޮތޯރެޓީއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެލްޖީއޭ އިން ބުނީ ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިޔަސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކައުންސިލުގެ ރައީސާއި މެމްބަރުން ނެގި ކަމަށެވެ.

މިކަމަށް ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީގެ ފަރާތުން މޭޔަރ ސައުދު އަލީ އަށް ގުޅާލުމުން ސައުދު ވިދާޅުވީ އެއީ ބައަކު ރާވައިގެން ގަސްދުގައި އެ ފަރާތުގެ އަގުވައްޓާލަން ކޮށްގެން އުޅޭ ކަމެއް ކަމުގައެވެ. އަދި އެއީ އެއްވެސް ހަގީގަތެއް، އަސްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާ ކޮށް އެޅި ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އެއީ ކަނޑައެޅިގެން އެއްވެސް ހަގީގަތްތަކެއް ނެތް، ދިގު ތުހުމަތުތަކެއް ކޮށް، އަގުވައްޓާލުމަށް ކުރި ކަމެއް. އެއީ ބަޔަކު ސިޔާސީ މަންފާއެއް ހޯދުމަށް އަޑީގައި ތިބެގެން ރޭވި ނުބައި ރޭވުންތަކެއް. އެއްވެސް ހަގީގަތެއް އެކަމުގައި ނެތް
ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ

މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރުމުގެ އިތުރުން ނަސޭހަތް ދީފައިވަނީ ކައުންސިލް މެންބަރު އަހުމަދު ވަހީދާއި މެމްބަރު އައިމިނަތު ނަސީމާ އާއި އަހްމީމާ އަހުމަދުގެ އިތުރުން މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ އަށެވެ.

ކައުންސިލްގެ އިތުރުން އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންގެ މައްސަލަ ބެލުމަށް ފަހު، އޭނާ އަށް ވެސް ނަސޭހަތްތެރިވުމަށާއި ގަވާއިދާ ހިލާފަށް ނަގާފައިވާ އެލަވަންސް އާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް އެންގުމަށް ވެސް އެލްޖީއޭ އިން ވަނީ ނިންމައިފަ އެވެ.

ތިނަދޫ ސިޓީ ކައުންސިލްސައުދު އަލީނަޞްރުﷲ ޢަލީލޯކަލް ގަވަމަންޓް އޮތޯރިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު