Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލޮންޑީއޯ އެވޯޑް

ފީފާގެ ބަދަލުގައި ބެލޮންޑީއޯ އެވޯޑްގެ ޕާޓްނަރަކަށް ޔޫއޭފާ، ކޯޗުގެ އެވޯޑް ދޭނެ

ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެން ނުހޮވާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2023 | އަންގާރަ 04:22
ބެލޮންޑީއޯ އެވޯޑް

ބެލޮންޑީއޯ އެވޯޑް

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ބަދަލުގައި ބެލޮންޑީއޯ އެވޯޑްގެ ޕާޓްނަރަކަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާ ހަމަޖައްސައިފި އެވެ.

ފްރާންސްގެ ފުޓްބޯޅަ މެގަޒިނުން މީގެ ހަތް އަހަރު ކުރިން ފީފާއާއެކު ހެދި އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފަ އެވެ. މި މުއްދަތުގައި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައި ބެލޮންޑީއޯ އެވޯޑް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައީ ފީފާ ބެލޮންޑީއޯގެ ނަމުގަ އެވެ. ނަމަވެސް އެވޯޑްގެ ކޯ އޮގަޒައިރަކަށް ޔޫއޭފާ ހަމަޖެއްސުމުން ދެން މި އެވޯޑް ދިނުމުގައި ފީފާގެ ދައުރެއް ނޯންނާނެ އެވެ. ނަމަވެސް އެންމެ މޮޅު ކުޅުންތެރިޔާ ހޮވާ ކްރައިޓޭރިޔާ އަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ.

އަންނަ އަހަރު ފެށިގެން އެވޯޑްގެ ކޯ އޮގަނައިޒަރަކަށް ޔޫއޭފާވުމުން އެ ޖަމާއަތުން ހޮވަމުން އަންނަ ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެން ނުހޮވާނެ އެވެ. އޭގެ ބަދަލުގައި ދޭނީ ބެލޮންޑީއޯ އެވޯޑެވެ.

ޔޫއޭފާގެ ބައިވެރިވުމާއެކު އަންނަ އަހަރުން ފެށިގެން ބެލޮންޑީއޯ އެވޯޑް ހަފުލާގައި ޔޫރަޕުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗު ހޮވައި އިނާމު ދޭނެ އެވެ.

މިހާތަނަށް މި އެވޯޑް ދިނުމުގެ ހަފުލާ ބައްވަމުންދިޔައީ ފްރާންސްގެ ޕެރިހުގަ އެވެ. ނަމަވެސް ޔޫއޭފާއިގެ ބައިވެރިވުމާއެކު އެހެން ގައުމުތަކުގައި ވެސް އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާނެ އެވެ.

ބަލޮންޑޯ އެވޯޑް

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
30 އޮކްޓޯބަރު 2024

ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

30 އޮކްޓޯބަރު 2024
ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!
30 އޮކްޓޯބަރު 2024

ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

30 އޮކްޓޯބަރު 2024
ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!
30 އޮކްޓޯބަރު 2024

ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

30 އޮކްޓޯބަރު 2024
ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން
29 އޮކްޓޯބަރު 2024

އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

29 އޮކްޓޯބަރު 2024
އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު