Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ލަސް ޕަލްމާސް އަތުން ބަލިވެ އެތުލެޓިކޯ އިން ފުރުސަތު ނަގާލައިފި

މިއީ މި ސީޒަންގެ ލީގުގައި އެތުލެޓިކޯގެ ދެ ވަނަ ބަލި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ނޮވެމްބަރު 2023 | ހޮނިހިރު 22:58
މެޗުގައި ލަނޑު ޖެހުމަށްފަހު ލަސް ޕަލްމާސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލަސް ޕަލްމާސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި ލަސް ޕަލްމާސާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގު ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު އެތުލެޓިކޯ މެޑްރިޑުން ނަގާލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލަސް ޕަލްމާސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ ބަލިވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ވެސް ލަސް ޕަލްމާސް އިންނެވެ. އެ ޓީމުން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ލަސް ޕަލްމާސް އަށް ލީޑު ނަގައިދިނީ ކިރިއަން ރޮޑްރިގޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ އަލްބާޓޯ މޮލެއިރޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ބެނިޓީ ރަމިރޭޒް އެވެ. އޭނާ މެޗުގައި ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ އެ ލަނޑު ޖެހީ މުނީރު އަލް ހައްދާދީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ލަސް ޕަލްމާސް އިން ދެ ލަނޑު ޖެހި ފަހުން، އެތުލެޓިކޯގެ ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި ޖެހީ އަލްވާރޯ މޮރާޓާ އެވެ.

މިއީ މި ސީޒަންގެ ލީގުގައި އެތުލެޓިކޯގެ ދެ ވަނަ ބައްޔެވެ. މިހާތަަނަށް ކުޅުނު 11 މެޗުން އެ ޓީމު ވަނީ އަށް މެޗުން މޮޅުވެފަ އެވެ. އެއް މެޗު އެއްވަރުވެފައިވާއިރު، ބަލިވީ ދެ މެޗުންނެވެ.

ސްޕެނިޝް ލީގުލަސް ޕަލްމާސްއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު