Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނގުރާމަ ހުއްޓާލުމަށް އދ.އިން ގޮވާލުން

ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގުޅިގެން އަނެއްކާވެސް އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

ގުޓަރޭޒް ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ 1400 މީހުން މަރާލި ހަމާސްގެ ރޮކެޓް ހަމަލާވެސް ކުށްވެރި ކުރައްވާފަ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 16:01
އދ.ގެ ސެކްރެޓަރީޖެނެރަލް އެންޓޯނިއޯ ގްޓަރޭޒް

އދ.ގެ ސެކްރެޓަރީޖެނެރަލް އެންޓޯނިއޯ ގްޓަރޭޒް

ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދެމުންދާތާ ތިން ހަފުތާއަށްވުރެ ގިނަދުވަސް ވެފައިވާއިރު، އަދިވެސް ހަނގުރާމަ ހުއްޓައިނުލައި ބޮޑުޤަތުލް ޢާއްމެއް ހިންގަމުންދާތީ އދ.ގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލާއި ހަމާސް ފަދަ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އިސްރާއީލުގެ ވަރުގަދަ ވައިގެ ހަމަލާތަކާއި ހަމާސްގެ ރޮކެޓް ހަމަލާތަކާއި އެއްގަމު ހަމަނުޖެހުންތައް ވެސް ހިމެނޭ ގޮތަށް ހަނގުރާމަ ވަނީ ވަރުގަދަވެފަ އެވެ.

ގުޓެރޭޒް ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ 1400 މީހުން މަރާލި ހަމާސްގެ ރޮކެޓް ހަމަލާވެސް ކުށްވެރި ކުރައްވާފައެވެ. އަދި އެހަމަލާއާއި ގުޅިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 8،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާތީ އެކަންވެސް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއިން މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އދ.ގެ ރެފިއުޖީ އެޖެންސީގެ ވެރިޔާ ފިލިޕޯ ގްރޭންޑީ ވަނީ ބައިބައިވެފައިވާ ސަލާމަތީ މަޖިލީހުގައި ހަނގުރާމަ ހުއްޓާލުމަށް ޤަރާރުތައް ފާސްކޮށްދިނުމަށް ސީދާ އެދިވަޑައިގެންފަ އެވެ. ނަމަވެސް މިހާތަނަށް ހަތަރު ޑްރާފްޓެއް ފެއިލް ކޮށްލާފައިވާއިރު، އެއްވެސް ގަރާރެއް ފާސްކުރަން ކައުންސިލް ވަނީ ނުކުޅެދިފަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ޚިޔާލުތަފާތުވެ ބައިބައިވެފައިވާއިރު، އެއްބަޔަކު ބުނަނީ އިސްރާއީލްގެ އަމިއްލަ ދިފާޢުގައި ހަމަލާދިނުމުގެ ޙައްޤު އޮންނާނެކަމަށެވެ. ފަލަސްތީނުގެ ޢާއްމުންނަށް ހަމަލާތައް އަމާޒުވަމުންދާތީ އަނެއްބަޔަކު ބުނަމުންދަނީ އިސްރާއީލުން ކުރަނީ ހަނގުރާމައެއް ނޫންކަމަށާއި، އެއީ ޤަތުލް ޢާއްމެއް ކަމަށެވެ. 

ސަލާމަތީ މަޖިލީހުގެ މެމްބަރުންނަށް އެއްގަލަކަށް ނޭރި މައްސަލަ ދިގުލައިގެން ދިއުމާއެކު ޣައްޒާގެ ރައްޔިތުންނަށް އެންމެ ބޮޑަށް މިވަގުތަށް ބޭނުންވަނީ ޣައްޒާއިން މީހުން ހުސްކުރުމުގެ ބަދަލުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ގްރޭންޑީ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އަނެއްކޮޅުން އިސްރާއީލުން ބުނަނީ ބަދަލު ހިފުމުގެ ހަމަލާތައް އަމާޒުކުރަނީ އިސްރާއީލުގެ ސިޓީތަކަށް 4،000 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލާފައިވާ ހަމާސްގެ ހަނގުރާމަވެރިންނަށް އެކަނި ކަމަށެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުމަތު ކުރާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދީފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން، އުމްރާނީ ވަސީލަތްތަކަށް އެކަނިވެސް ލިބުނު ގެއްލުންތައް 500 މިލިއަން ޑޮލަރަށް އަރާނެ އެވެ.

އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ގްޓަރޭޒްގެ ބަޔާނުގައި އަލިއަޅުވާލައްވާފައިވެއެވެ. އެބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ އިސްރާއިލުން ކުރިއަށްގެންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ރޮނގުތައް އިތުރަށް ހޫނުވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން އެއްބައިވަންތަ މަގެއް ހުށަނާޅާ ފާއިތުވެދާ ކޮންމެ ދުވަހަކާއެކު، އެ ބިރުވެރިކަން އިތުރުވެގެންދާ ކަމަށްވެސް ގްޓަރޭޒްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.  

ބައިނަލްއަގްވާމީ ސުލްހަ އާއި ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރުމުގެ މެންޑޭޓް ދަމަހައްޓަން ނުކުޅެދިފައިވާ، ސިޔާސީ މަސްލަހަތުތަކުގެ ސަބަބުން އދ.ގެ އެންމެ ބާރުގަދަ އިދާރާ އޮތީ ފުނޑުފުނޑުވެފަ އެވެ. ސެކްރެޓަރީ ޖެނެރަލާއި އދ.ގެ އެހެން އޮފިޝަލުން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުން އަންނައިރު، ސަލާމަތީ މަޖިލީހުން ފިޔަވަޅު ނާޅައިފިނަމަ ޣައްޒާގެ މުސްތަގުބަލް ފެންނަނީ ވަރަށް ގޯސްކޮށެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)އެންޓޯނިއޯ ގުޓަރޭޒް އިޒްރޭލްފަލަސްތީނުދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު