Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލޮންޑިއޯ 2023

ބެލޮންޑިއޯ އެވޯޑު: އެންމެ މޮޅު ކުލަބަކަށް ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ

ިމިއީ ސިޓީއިން މި މަގާމު ޖެހިޖެހިގެން ހޯދި ދެ ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2023 | ހޯމަ 22:09
އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުލަބަކަށް ހޮވުނު ބާސެލޯނާގެ ރައީސް އެވޯޑާއެކު

އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުލަބަކަށް ހޮވުނު ބާސެލޯނާގެ ރައީސް އެވޯޑާއެކު

ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުލަބަކަށް ބާސެލޯނާ އަދި އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުލަބަކަށް، މެންޗެސްޓަރ ސިޓީ ހޮވިއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮތް ބެލޮންޑިއޯ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ބާސެލޯނާގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ވަނީ ތިން ތަށި ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އެ ކުލަބުން ވަނީ ސްޕެނިޝް ސުޕަ ކަޕް، ސެޕެނިޝް ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ހަމައެއާއެކު މިއަހަރުގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިން ޓީމުގައި ބާސެލޯނާގެ ނުވަ ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން ބެލެންޑިއޯ އެވޯޑުގެ ނޮމިނޭޝަންގައި އެ ކުލަބުގެ ހަ ކުޅުންތެރިން ހިމެނެ އެވެ.

އެންމެ މޮޅު ފިރިހެން ކުލަބަކަށް ހޮވުނު ސިޓީގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ކުލަބުގެ ސީއީއޯ ފެރާން ސޮރިއާނޯ އެވެ. ސިޓީން ވަނީ މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބު ކޮށްފަ އެވެ. އެއީ އިނގގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ. މީގެ އިތުރުން މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް ސިޓީގެ ހަތް ކުޅުންތެރިޔަކު ވަނީ ނޮމިނޭޓުވެފަ އެވެ. މިއީ މިއަހަރުގެ އެވޯޑަށް އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓުވި ކުލަބެވެ.

ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު ފިރިހެން ކުލަބަކަށް މިދިޔަ އަހަރު ހޮވުނީ ވެސް ސިޓީ އެވެ.

ބަލޮންޑޯ އެވޯޑްބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު