Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިނުން

މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިންކަމަށް ބުނާ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން ބަލައިދިނުމަށް އެދިއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް މަޖިލީހުގެ އަމީން އާއްމާއި މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ހޯއްދަވާ ނުދެއްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 07:06
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިންކަމަށް ބުނާ މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން ބަލައިދިނުމަށް އެދިއްޖެއެވެ.

އާދިއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަވާފައި ނުވާތީ މެންބަރުން ވަނީ މަޖިލީހުގައި އިޖުތިޖާޖުކުރައްވާފައެވެ.

Advertisement - newsAdvertisement

މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވެފައި ވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް މަޖިލީހުގެ އަމީން އާއްމާއި މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ހޯއްދަވާ ނުދެއްވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ، މެންބަރުން ގެންދަވަނީ އެ ދެ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވާލައްވަމުންނެވެ.

އެގޮތުން އާދިއްތަ ދުވަހުގެ ޖަލްސާގައި ކުރެއްވި އިހުތިޖާޖުގައި މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި މެންބަރުން ވަނީ އަޑު އުފުލާފައެވެ. އިދާރީ މޭޒު ކައިރީގައި ތިބި މެންބަރުންގެ ތެރެއިން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދެއްވާފައިވާ ކަމަށާއި މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތުމަތު ފިލްޒާގެ ފޯނު ހަލާކުކޮށްލާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައެވެ.

އެ ކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވާ ޝަހީމް ފޮނުއްވި ސިޓީފުޅެއްގައި ވަނީ އާދިއްތަ ދުވަހުގެ ޖަލްސާގައި ހިނގި ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި މަޖިލީހުގެ އިދާރާއިން އަމަލުކޮށްފައި ވަނީ ހަގީގަތާއި ޚިލާފަށް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވިދާޅުވެފައެވެ. އަދި އެކަން ކޮށްފައި ވަނީ ވަކި ބަޔަކު ބަދުނާމުކުރުމަށް ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކައުންސިލަރ ޖެނެރަލްގެ ފޯނަށާއި މަޖިލީހުގެ ކޮމްޕިއުޓަރުތަަކަށް ގެއްލުން ލިބުނު ކަމަށް ބުނެފައިވާކަން އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. މަޖިލީހަކީ ވަށައިގެން ކެމެރާ ހަރުކޮށްފައިވާ ތަނަކަށް ވާއިރު އެ ކަން އެ ވިދާޅުވާ މަގުން ހިނގިތޯ ޔަގީންކުރައްވަން ބޭނުންފުޅުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި އެ ހާދިސާ މަޖިލީހުގެ ކަމާއި ގުޅުން ހުރި ކޮމިޓީއަކަށް ފޮނުއްވައިގެން ތަހުގީގުކޮށްދެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގަންނަވާފައެވެ.

މިކަމާއި ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން މެންބަރު ޝަހީމް ވިދާޅުވީ އާދިއްތަ ދުވަހުގެ ޖަލްސާއާ މެދު މަޖިލީހުގެ އިދާރާއިން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. މަޖިލީސް މެދުނުކެނޑި ކުރިއަށް ގެންދެވުމަކީ އަމީން އާއްމު އާއި ކައުންސެލަރ ޖެނެރަލްގެ ޒިންމާ އެއް ކަަމަށް ވީނަމަވެސް ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ހިތުހުރި ގޮތަކަށް ކަންކަން މާނަކޮށް، މަޖިލީސް ހުއްޓުވާފައި ބާއްވަން އެހީތެރިވެދެއްވަމުން ގެންދަވާ ކަމަށް ޝަހީމް ތުހުމަތުކުރެއްވިއެވެ. އެހެންކަމުން މަޖިލީހުގެ އިދާރީ މޭޒު ކައިރިއަށް ވަޑައިގެންނެވީ އެކަމާއި މެދު ނުރުހުން ފާޅުކުރައްވާ އަޑުއުފުލެއްވުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އެއްވެސް އެއްޗެއް ހަލާކުކޮށްލުމުގެ ނިޔަތުގައި ނުވަތަ އެއްޗެއް ހަލާކުކޮށްލަން ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ނަމަވެސް އިދާރީ މޭޒުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއް ނަންގަވަން މަސައްކަތް ކުރެއްވި ވަގުތު އެތަނުގައި ހުރި ފެން ތަށްޓެއް ވެއްޓުނު ކަމަށް ޝަހީމް ވިދާޅުވިއެވެ. މަޖިލީހަކީ ކާޕެޓް އަޅާފައި އޮންނަ ތަނަކަށް ވާއިރު އެތަނަށް ވެއްޓިގެން ފޯނު ހަލާކުވެ ފޯނުގެ ސްކްރީން ތަޅައިގެން ދިޔަކަމަށް ބުނުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކައުންސެލަރ ޖެނެރަލަށް ހަމަލާ ދިން ކަމަށް ބުނެ ދައްކަމުން ދަނީ ވެސް އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. މަޖިލީހުގެ ޗެމްބަރު ތެރޭގައި ކައުންސެލަރ ޖެނެރަލަށް މުޚާތަބުކުރުމުގައި ހަޑި ހުތުރުބަހުން މުއާމަލާތުކޮށްފައިވާ ކަމަށް ބުނެ ބައެއް އިދިކޮޅު މެންބަރުން ކުރައްވާފައިވާ ތުހުމަތުތަކަށް ވެސް އޭނާ ވަނީ އިންކާރުކުރައްވާފައެވެ. ޝަހީމް ވިދާޅުވީ ޖަލްސާ ކުރިއަށް ނުގެންދިއުމުން ކުރިއަށް ދިޔަ އިހުތިޖާޖުގެ ވަގުތުގައި ފިޔަވައި، އިތުރު ވަގުތެއްގައި ކައުންސެލަރ ޖެނެރަލާއި ބައްދަލުވެވަޑައިގެންފައި ނުވާނެކަަމަށެވެ.

މީގެ ދުވަސް ކޮޅެއް ކުރިން މަޖިލިސް ބަންދު ދުވަހެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ގޮނޑިތައް މަޖިލީހުގެ ގޯތި ތެރެއަށް ނެރެފައިވެއެވެ. އަދި މަޖިލިސް ކުރިއަށް ގެންދިއުމަށް ގޮވާލައި، ތަޅުމަށް ވަދެ އިހުތިޖާޖު ކުރުމުގެ ގޮތުން ގޮނޑިތައް ހިފައިގެން ރައީސް އޮފީހަށް ވަޑައިގަންނަވަން އުޅުމުން އެކަން ހުއްޓުވީ މަޖިލީހުގެ ސެކިއުރިޓީންނެވެ. އެހެންނަމަވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް މަޖިލީހުގެ އިދާރާއިން އަޅާފައެއް ނުވެއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު