Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން ޕީޕީއެމް މެންބަރުންނާއި ބައްދަލުކުރެއްވުން

ގިނަ ދުވަސްތަކަކަށްފަހު ޔާމީންގެ ފުރަތަމަ ބައްދަލުވުން: ވަފާތެރި ގިނަ ބޭފުޅުން ނުފެނުނު!

ޔާމީން ވަރަށް އަވަހަށް ބޮޑު ޖަލްސާއަކުން ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 07:34
އާދިއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ މެންބަރުންނާއި ބައްދަލުކުރައްވާފައި

އާދިއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ މެންބަރުންނާއި ބައްދަލުކުރައްވާފައި

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަށު ބަންދަށް ބަދަލުކުރެވިގެން ދިއުމަކީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ލިބިގެން ދިޔަ ވަރަށް އުފާވެރި ޚަބަރެކެވެ. 28 އޮކްޓޫބަރު 2023 ވީ ހޮނިހިރު ދުވަހު ލިބެގެން ދިޔަ މިލުޔާއެކު އެކަމާ ގިނަ ސަޕޯޓަރުން އުފާކުރިއެވެ. އެމަނިކުފާނާއި ބައްދަލުކުމަށް ޕީޕީއެމް އޮފީހަށް ގޮސް އެކަމަށް އެދުނު ސަޕޯޓަރުންގެ އަދަދު ވެސް މަދެއް ނޫނެއެވެ. ޚުދު އެމަނިކުފާނުގެ ވެސް ސަޕޯޓަރުންނާއި ބައްދަލުކުރައްވާ، ޕާޓީގެ މަސައްކަތްތައް ކައިރިން ބައްލަވާލެއްވުމަށް ބޭނުންފުޅުވާނެކަން ޔަގީނެއެވެ. އެއީ ގޭބަންދުގައި ހުންނަވާ ވެސް ކުޑަދޮރުން ބޯދިއްކުރައްވާ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވާފައިވާތީއެވެ.

29 އޮކްޓޫބަރު 2023 ވީ އާދިއްތަ ދުވަހުގެ ރޭ ޔާމީން މިވަނީ ޕީޕީއެމްގެ އޮފީހުގައި ސަޕޯޓަރުންނާއި އަދި ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނަށް ވަފާތެރި ޕީޕީއެމްގެ މަދު މެންބަރުން ވަނީ ބައިވެރިވެފައެވެ. މިބައްދަލުވުމާއި ގުޅޭގޮތުން ޕާޓީގެ އިސްބޭފުޅެއް ވިދާޅުވެފައިވަނީ ޔާމީން ވަރަށް އަވަހަށް ބޮޑު ޖަލްސާއަކުން ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށާއި، ގައުމުގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި އައު ސަރުކާރު ދަމަހައްޓަން މަސައްކަތް ކޮށްދެއްވަން ޔާމީން އެދިވަޑައިގެންފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ޔާމީން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނުރުހުމުގެ ގޮތުން ވަނީ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައިވުމެވެ. ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރަން ނުޖެހޭ ކަމަށާއި، ޕީޕީއެމްއަކީ ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށް ޔާމީން ވިދާޅުވުމެވެ.

މިވަގުތަށް ރަށު ބަންދަށް ޔާމީން ބަދަލުކުރެއްވުމަކީ ވެސް ޕީޕީއެމްއިން ސިޔާސީ މަސައްކަތް ކުރުމަށް ލިބުނު އިތުރު ހިތްވަރެކެވެ. ދުވަސްތަކަކަށްފަހު ބޭއްވި މި ބައްދަލުވުން އެހެންނޫނީ ބައްވާ ބައްދަލުވުންތަކާއި ވެސް ވަރަށް ތަފާތެވެ. 10 މަސްފަހުން ޕާޓީގެ މެންބަރުންނާއި ބައްދަލުކުރެއްވިއިރު ޕީއެންސީގެ އިސްބޭފުޅަކު މި ބައްދަލުވުމުން ފެނިވަޑައެއް ނުގަންނަވައެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ މެންބަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބެއް ވިދާޅެއް ނުވިއެވެ. ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ މިކަމާއި ގުޅޭގޮތުން ސުވާލު ވެސް އުފައްދަމުންނެވެ. އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރެއްވުމުން އިންތިޚާބީ ރައީސް ފެނިވަޑައިނުގެންނެވިއިރު، ޔާމީންގެ އެންމެ އަރިސްއެއްބޭފުޅާ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެޑައިގެންފައިނުވެއެވެ. މި ބައްދަލުވުން ކުރިއަށް ދިޔަ އިރު އިންތިޚާބީ ރައީސްއާއި ލީޑާޝިޕްގެ ބައެއް ބޭފުޅުން ތިއްބެވީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިންނާ ބައްދަލު ކުރުމަށް ޖެންގައި ބޭއްވި ޖަލްސާއެއްގައެވެ. ކުޑަކުޑަ މިނިވަންކަމެއް ލިބިވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވަން ޔާމީން ވަޑައިގެންނެވި ގަޑީގައި އަރިހުގައި އިންތިޚާބީ ރައީސް ހުންނެވިނަމަ އިތުރަށް އެބައްދަލުވުން ވަރުގަދަވެ، އާއްމު ރައްޔިތުންނަށް ވެސް ޕާޓީގެ އެތެރޭގައި މައްސަލައެއް ނޫޅޭކަން ޔަގީންވާނެއެވެ. އަދި މިހާރު އުފައްދާ ސުވާލުތަކާއި، ޝައްކުތަކުން ދުރުވާނެ ކަމާއިމެދު ޝައްކެތްނެތެވެ.

އެހެންކަމުން އިންތިޚާބީ ރައީސްގެ ވާހަކަފުޅާއި، އަމަލުފުޅުތަކަށް ބަދަލު އަންނަމުންދާ ކަމަށް މީހުން ބުނާ ވާހަކަތަކުގެ ކޮންމެވެސް ވަރެއްގެ ކުލަތަކެއް ފެންނަން ފަށާފައިވާ ކަމަށް ބުނުން ދޮގަކަށްނުވާނެއެވެ. މީގެ އިތުރުން ވެސް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ދެއްކެވި ވާހަކަފުޅުތަކުން ވެސް މައްސަލައެއް އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. އެއީ އައު ސަރުކާރަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބު ވަރަށް މުހިންމު ކަމަށާއި، ޕީއެންސީއަށް މަޖިލީހުގެ 60 ގޮނޑި ބޭނުންވާ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ. ޕީޕީއެމް/ޕީއެންސީއަށް މަޖިލިސްގެ މެޖޯރިޓީ މުހިންމު ކަމަކަށް ވިދާޅެއްނުވެއެވެ. މީގެ އިތުރުން ޕީއެންސީއަކީ ކުރިއަށް އޮތްތަނުގައި ވަރުގަދަ ބޮޑު ޕާޓީއެއް ކަމަށް ހައްދަވާނެ ކަމަށް ވެސް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ. އެކަން ވެސް މިއަދު ދަނީ ފެންނަމުންނެވެ. އާއްމު މެންބަރުން ދަނީ ޕީޕީއެމްއިން ވަކިވެ ޕީއެންސީއަށް ސޮއިކުރަމުންނެވެ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީއެއް ކަމުން ކުރިއަށް އޮތްތަނުގައި ޕީޕީއެމްގެ އާއްމު މެންބަރުންގެ އަދަދު މަދުވެދާނެ ކަަމަށް ބެލެވެއެވެ. މިއީ ޔާމީންއާއި ޕީޕީއެމްއަށް ލިބޭނެ ދެރައެކެވެ. ނަމަވެސް މުއިއްޒަށް އިންތިޚާބު ކާމިޔާބު ކުރެއްވުނީ ޔާމީންގެ ފޮޓޯފުޅާއެކު ކެންޕޭނަށް ނުކުމެވަޑައިގެން ކެންޕޭން ކުރެއްވުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކެންޕޭންގެ ތެރޭގައި ކުޑަކުޑަ އިވެންޓެއް ބޭއްވި ނަމަވެސް ނުވަތަ ބޮނޑިބަތުގެ ހަރަކާތެއް ކުރިއަށްގެންދިޔަ ނަމަވެސް ޔާމީންނަށް ޚާއްސަކޮށްގެން ހުސް ގޮޑިކޮޅެއް ބަހައްޓައެވެ. މިއީ އެމަނިކުފާނަށް ޕީޕީއެމް/ޕީއެންސީގެ މެންބަރުން ކުރާ އިހުތިރާމެއްގެ ބޮޑުކަމުން ކުރާކަމެއް ކަމަށް އޭރު އެބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ. މީގެ އިތުރުން ކެންޕޭންގެ ފޮޓޯތަކުގައި ވެސް ބޮޑުކޮށްފައި ހުރީ ޔާމީންގެ ފޮޓޯފުޅެވެ. ކެންޑިޑޭޓުގެ ފޮޓޯފުޅު ހުންނަވަނީ ޔާމީންގެ ފޮޓޯފުޅުގެ ފަހަތުގައެވެ. އެއީ ވެސް އެމަނިކުފާނަށް ކުރައްވާ އިހުތިރާމާއި، ވެވަޑައިގަންނަވާ ލޯތްބެއްގެ ބޮޑުކަމުން ކުރައްވާ ކަމެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވިދާޅުވެފައިވެއެވެ. ނަމަވެސް ހާލަތު ބަދަލުވެ ދިއުމާއެކު، މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ. އެތައް ދުވަހަކަށްފަހު ލިބިވަޑައިގެންނެވި ކުޑަކުޑަ މިނިވަންކަމަކާއެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބައިވެރިވަޑައިނުގެންނެވުމުން އެދުވަހު ޔާމީނަށް ކުރެއްވި އިހުތިރާމާއި، ވެވަޑައިގެންނެވި ލޯބި މިއަދު ކުޑަވީތޯ މިއީ އުފެދޭ ސުވާލެއްނޫންތޯއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕީއެމް-ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު