Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެން މެންބަރުންނަށް އެލަވަންސެއް ދިނުން

މަޖިލީހަށް ހޮވުމުން އަންހެން މެންބަރުންނަށް ޕާޓީން އެލަވެންސް ދެއްވާނެ ކަމަށް ވިދާޅުވުމުން އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ: ރޮޒެއިނާ

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވެ، ހޮވިގެންދިއުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 އޮކްޓޯބަރު 2023 | ހޯމަ 02:26
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

މަޖިލީހަށް ހޮވޭ ޕީޕީއެމް/ޕީއެންސީ އަންހެން މެންބަރުންނަށް ޕާޓީން އެލަވެންސް ދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމުން އެމަނިކުފާނުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވެ، ހޮވިގެންދިއުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި މުއިއްޒުވަނީ ވިދާޅުވެފައެވެ. އެގޮތުން، ޕީޕީއެމް/ޕީއެންސީން މަޖިލީހުގައި މަދުވެގެން 20 އިންސައްތަ ގޮނޑިއަށް އަންހެނުން ކުރިމަތިލުމަށާއި ހޮވުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އިނާޔާތުގެ އިތުރުން ޕާޓީން ހާއްސަ އެލަވެންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މިވާހަކަފުޅަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް އަންހެން މެންބަރުން ހޮއްވަވަން ހަގީގަތުގައި ވެސް ބޭނުންފުޅުވާނަމަ ޚަރަދު ކުރަންވީ ކެމްޕޭނަށް ކަމަށެވެ. އެހީތެރިކަން ބޭނުންވަނީ ހޮވުމުން ނޫން ކަމަށާއި ހޮވުމުން އެލަވެންސެއް ދިނުމަކީ ބޭކާރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ އެމަނިކުފާނު މިހާރު ވިދާޅުވާ އެއްޗެއްގެ ސަބަބުން އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒުގެ ކެބިނެޓަށް އެމަނިކުފާނު އައްޔަން ކުރައްވާނެ އަންހެނުންގެ އަދަދުން އެމަނިކުފާނުގެ ނިޔަތް ރަނގަޅުކަން ނުވަތަ ނޫންކަން އެނގޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒައިނާ އާދަމްއިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުމަޖިލިސް އިންތިޚާބު 2024

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
23 ސެޕްޓެމްބަރު 2025

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
04 ފެބުރުއަރީ 2025

ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

04 ފެބުރުއަރީ 2025
ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީއަށް އިސްލާހުގެންނަން ދިން ވޯޓުގެ ނަތީޖާ ފެންނަ އިރު އެ މެމްބަރުން ހިތާމަކުރާނެ - ރޮޒައިނާ

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީއަށް އިސްލާހުގެންނަން ދިން ވޯޓުގެ ނަތީޖާ ފެންނަ އިރު އެ މެމްބަރުން ހިތާމަކުރާނެ - ރޮޒައިނާ
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
06 މެއި 2024

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

06 މެއި 2024
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
22 އެޕްރީލު 2024

93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ

22 އެޕްރީލު 2024
93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު