Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ހިންގުން ހުއްޓޭފަދަ އެއްޗެއް ނެގިފަައިވާނަމަ، ވީހާ ވެސް އަވަހަށް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން

ލީގު އަލުން ފެށިފައި ނުވާއިރު، އެފްއޭއެމުން އެ ދުވަހު ބުނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވިގެން ލީގު ނުފެށުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2023 | އާދީއްތަ 06:38
ފުލުހުން އެފްއޭއެމް ބަލައި ފާސް ކުރި ދުވަހު، ދެ ފުލުހަކު އެފްއޭއެމްގެ ބޭރުގައި

ފުލުހުން އެފްއޭއެމް ބަލައި ފާސް ކުރި ދުވަހު، ދެ ފުލުހަކު އެފްއޭއެމްގެ ބޭރުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ދިވެހި ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގުގައި، އެ އިދާރާ ބަލައި ފާސް ކުރުމަށްފަހު ތަހުގީގުގެ ބޭނުމަށް ގެންދިޔަ ސާމާނުގެ ތެރޭގައި، އެފްއޭއެމްގެ ހިންގުން ހުއްޓޭފަދަ އެއްވެސް އެއްޗެއްވާ ނަމަ، ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ދިވެހި ފުލުހުން އެފްއޭއެމް ބަލައި ފާސްކޮށްފައިވާއިރު، އެކަމާ ގުޅިގެން އެފްއޭއެމުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެގޮތުން އެ ތަހުގީގުގައި ފުލުހުން ވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގެންގޮސްފައި ކަމަށް ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުމާއި، ކުރިއަށް ރާވާފައިވާ އެހެނިހެން މުބާރާތްތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ދިވެހި ލީގު އަލުން ފެށުމަށް ތާވަލްކޮށްފައި އޮތީ މިދިޔަ ހޮނިހިރު ދުވަހަށެެވެ. ނަމަވެސް އެ ދުވަހު ލީގު އަލުން ފެށިފައި ނުވާއިރު، އެފްއޭއެމުން އެ ދުވަހު ބުނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވިގެން ލީގު ނުފެށުނު ކަމަށެވެ. އަދި ފުލުހުންނާ ވާހަކަ ދައްކައިގެން ތަހުގީގު އަވަސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން ފުލުހުން ބުނީ، އެފްއޭއެމްގެ އެއްވެސް މުބާރާތެއް ހުރަސް އެޅޭ ފަދަ އެއްވެސް އެއްޗެއް ތަހުގީގުގެ ބޭނުމަށް ނެގިފައިވާ ނަމަ، އެފްއޭއެމާ ވާހަކަ ދައްކައިގެން އެ އެއްޗެއް ވީ އެންމެ އަވަހަކަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން އެފްއޭއެމްއަށް ވަނުމުގެ ކުރިން ވެސް އެ އިދާރާއަކީ އެކަށީގެންވާ މިންވަރާ ގާތަށް ވެސް ހިންގަމުންދާ އިދާރާއެއް ނޫނެވެ. މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާ އިރު، މުވައްޒަފުންގެ ޕެންޝަން ފައިސާ އަށް ވެސް ވަނީ ޚިޔާނާތްތެރިވެފަ އެވެ. ޤައުމީ ޓީމަށް ގެނައި ކޯޗުންނާއި, ޓެކްނިކަލް އޮފިޝަލުންނަށް މުސާރަ ނުދީގެން، އެ ފައިސާ ދިނުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ އަންގާފަ އެވެ. އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި އޮތުމުން، ކޯޓު ހުކުމްތައް އައިސްފައި އެބަހުއްޓެވެ. މުބާރާތްތައް ފެށުމަށް ކަނޑައެޅިފައިވާ ތާރީޚުތަކަށް ތަކުރާރުކޮށް ބަދަލު އައިސް، މުބާރާތްތައް ފެށުން ލަސްވެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު