Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސެނަލް އަށް 5 ލަނޑުގެ މޮޅެއް، އެންކެޓިއާ ލީގުގައި ފުރަތަމަ ހެޓްރިކް!

އާސެނަލް މެޗު ކާމިޔާބުކުރީ 5-0 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 28 އޮކްޓޯބަރު 2023 | ހޮނިހިރު 17:57
އެންކެޓިއާ ހެޓްރިކް ފުރިހަމަކުރުމަށްފަހު މެޗު ބޯޅަ ހިފައިގެން؛ ފޮޓޯ-ރޮއިޓަރސް

އެންކެޓިއާ ހެޓްރިކް ފުރިހަމަކުރުމަށްފަހު މެޗު ބޯޅަ ހިފައިގެން؛ ފޮޓޯ-ރޮއިޓަރސް

މިދިޔަ ސީޒަނާއި, މިސީޒަންގައި ވެސް ވަރަށް ރަނގަޅު ފޯމެއްގައި އޮތް އާސެނަލް އިން އިނގިރޭސި ޕްރިމިއަރ ލީގުގައި ފަސް ލަނޑުގެ މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި އާސެނަލްއިން ފަސް ލަނޑުގެ މޮޅެއް ހޯދީ ޝެފީލްޑް ޔުނައިޓެޑް އަތުންނެވެ. މެޗުގައި ވިދާލީ ހެޓްރިކް ހެދި އެންކެޓިއާ އެވެ. މިއީ ޕްރިމިއަރ ލީގުގައި އޭނާގެ ފުރަތަމަ ހެޓްރިކެވެ. އާސެނަލް އަށް މެޗުގައި ފުރަތަމަ ތިން ލަނޑުވެސް ޖަހައިދިނީ އެންކެޓިއާ އެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި އަދި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު އެވެ. މިއީ އިނގިރޭސި ފޯވާޑް މިސީޒަންގެ ލީގުގައި ޖެހި ފަސް ވަނަ ލަނޑެވެ. ފަސް ލަނޑުވެސް ޖެހީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުގައެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ފަބިއޯ ވިއެއިރާ އެވެ. ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ ޓޮމިޔާސޫ އެވެ.

މޮޅާއެކު އާސެނަލް ވަނީ ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. އެއީ ޓޮޓެންހަމް ގެ ފަހަތުން 24 ޕޮއިންޓާއެކުއެވެ. ދެޓީމްގެ ފަރަގަކީ ދެ ޕޮއިންޓެވެ.

ޕްރިމިއަރ ލީގުއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު