Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ

އައްޑޫގައި ކްރޫޒް ޓަރމިނަލަކާއި ޔޮޓުމެރީނާއަކާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފި

މިއީ މިފަދަ ތަފާތު ތިން ޚިދުމަތެއް ފޯރުކޮށްދޭގޮތަށް މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 އޮކްޓޯބަރު 2023 | ހޮނިހިރު 05:27
އައްޑޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓު މެރީނާއެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން

އައްޑޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓު މެރީނާއެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން

އައްޑޫ ސިޓީގައި ކްރޫޒް ޓަރމިނަލަކާއި ޔޮޓުމެރީނާއަކާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލުން ވަނީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ކައުންސިލުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

މި މަޝްރޫއުގެ މަސައްކަތް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއަށް 350 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ލަފާ ކުރެއެވެ.

އައްޑޫ ސިޓީގައި ކްރޫޒްލައިނާތަކަށް ހާއްސަ ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހަދައިދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މިދިޔަ ޖުލައި މަހު އިއުލާން ކުރިއެވެ. އެ އިއުލާނުގައި ބުނި ގޮތުގައި މި ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ ހަދާނީ ފޭދޫގައެވެ. މި މަޝްރޫއުގެ ދަށުން ކްރޫޒް ޓާމިނަލާއި ޔޮޓު މެރީނާ ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމާއެކު ކޮމާޝަލް އޭރިއާ އާއި އެޑްމިނިސްޓްރޭޝަން ޚިދުމަތް ދެވޭނެހެން މަދުވެގެން 100 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުން ވެސް ހިމެނެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މިއީ މިފަދަ ތަފާތު ތިން ޚިދުމަތެއް ފޯރުކޮށްދޭގޮތަށް މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރު ކަމަށާއި މީގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން، މި މަޝްރޫއު ނިމުމުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީ އަދި ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސިޓީގައި މިހާރު ގިނަ މަޝްރޫއުތަކެއް ވަނީ ފަށައިފައެވެ. އެގޮތުން، އެ ސިޓީގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްގީގެ ކޮންމެ މަޝްރޫއެއްގެ ސަބަބުން ވެސް ފަތުުވެރިކަމާއި އިގްތިސާދު ކުރިއެރުވުމަށް ދޮރުހުޅުވިގެންދާނެ ކަމަށް ކައުންސިލުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު