Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފުޓުބޯޅަ ނުހިންގޭނެ ކަމަށް އެފްއޭއެމުން ބުނުމަކީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކައެއް: ޙާމިދު

27 އޮކްޓޯބަރު 2023 | ހުކުރު 00:20

އެފްއޭއެމުން ނެރުނު ބަޔާނުގައި ހަވާލާދީފައިވާ ފީފާ ޤަވާއިދުގެ މާއްދާތަކީ، މައްސަލައާ ގުޅުމެއް ނެތް މާއްދާ ތަކެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2023 | ހުކުރު 00:20
އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙާމިދު ޢަބްދުލް ޣަފޫރު

އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙާމިދު ޢަބްދުލް ޣަފޫރު

ފުޓުބޯޅަ ނުހިންގޭނެ ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނުމަކީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކައެއް ކަމަށް، އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން، މިދިޔަ އާދީއްތަ ދުވަހު ދިވެހި ފުލުހުން ވަނީ އެފްއޭއެމަށް ވަދެ، ބަލައި ފާސްކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެކަމާ ގުޅިގެން އެފްއޭއެމުން ވަނީ ބުރާސްފަތި ދުވަހު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެފްއޭއެމުން ބުނެފައި ވަނީ، އެ އިދާރާ ބަލައި ފާސްކުރުމަށް ފަހު، ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތަށް ބޭނުންވާ ސާމާނު ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ލީގުގެ އިތުރުން، ކުރިއަށް ރާވާފައިވާ އެހެނިހެން މުބާރާތްތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން ޙާމިދު ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް އޮއްޓަރު ހުރި ވާހަކައެއް ނޫން ކަމަށެވެ. އެއީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކައެއްކަން ފާހަގަކޮށް ޙާމިދު ވިދާޅުވީ، ފުލުހުން ބޭނުންވާ ސާމާނު ގެންދިޔުމަށް ފަހު، ދެ ދުވަހެއްގެ ތެރޭގައި އަނބުރާ ރައްދު ކުރާނެ ކަމަށެވެ. އެއީ ފުލުހުން ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަމަށް ވެސް ޙާމިދު ވިދާޅުވި އެވެ. އެހެންކަމުން އެފްއޭއެމާ ދެކޮޅަށް ކުރެވޭ މަނީ ލޯންޑަރިން ނުވަތަ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ދިވެހި ފުޓުބޯޅަ ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހޭ ކަމަށް ޙާމިދު ދެއްކިއެއް ނުލައްވަ އެވެ.

މީގެ އިތުރުން ޙާމިދު ވިދާޅުވީ އެފްއޭއެމުން ނެރުނު ބަޔާނުގައި ހަވާލާދީފައިވާ ފީފާ ޤަވާއިދުގެ މާއްދާތަކީ، މައްސަލައާ ގުޅުމެއް ނެތް މާއްދާ ތަކެއް ކަމަށެވެ. ނަމަވެސް، ހަވާލާދީފައިވާ މާއްދާތުގެ ތެރެއިން އެ މާއްދާ އިން ސާފުވާން އޮތް ކަމަކީ، އެފްއޭއެމް ހިންގަން ތިބި ވެރިންގެ އިހުމާލެއްގެ ސަބަބުން ހިނގާކަމެއްގައި، އެ މައްސަލަ ބަލައި ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި އެއަށްފަހު އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށް ޙާމިދު ވަނީ ވިދާޅުވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި، އެފްއޭއެމަށް އެކި ފަރާތްތަކުން ދެމުން އަންނަ ފައިސާތަކަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި؛ މަނީ ލޯންޑަރިން، ވައްކަން، ޚިޔާނާތް އަދި މަކަރާއި ހީލަތް ނުވަތަ އެ ނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލާގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިދިނުމަށް އެދޭކަމަށެވެ.

އެފްއޭއެމާ ދެކޮޅަށް ފުލުހުން ކުރަމުންދަނީ ސީރިއަސް ތުހުމަތުތަކެކެވެ. އެގޮތުން އެ އިދާރާއަށް އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާ، އިދާރާގެ އިސްވެރިންނާއި، އިސްވެރިންނާ ގާތް ގުޅުން އޮތް ފަރާތްތަކުގެ އިތުރުން، އެކިއެކި ކުންފުނިތަކަށްވެސް ވަނީ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޙާމިދު ޢަބްދުލް ޣަފޫރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް