Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ފީފާއާ ބައްދަލުކުރުމަށްފަހު އެފްއޭއެމްގެ ބަޔާން: މަނީ ލޯންޑަރިންގެ ތުހުމަތު ދޮގުކޮށްފި

އެ އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ހުއްޓުމަކަށް އައިސްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 12:11
އެފްއޭއެމްގެ ރައީސް ބައްސާމް، އަދި ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް

އެފްއޭއެމްގެ ރައީސް ބައްސާމް، އަދި ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ދިވެހި ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން، ހަތަރު ދުވަސް ފަހުން އެފްއޭއެމްއިން އެކަމަށް ރައްދުދީ ބަޔާން ނެރެފިއެވެ.

އެފްއޭއެމާ ދެކޮޅަށް ކުރިއަށްގެންދާ ތަހުގީގާ ގުޅިގެން މި ހަފުތާގެ އާދީއްތަ ދުވަހު ފުލުހުން ވަނީ އެފްއޭއެމްގެ އޮފީހަށް ވަދެފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި، އެފްއޭއެމަށް އެކި ފަރާތްތަކުން ދެމުން އަންނަ ފައިސާތަކަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި؛ މަނީ ލޯންޑަރިން، ވައްކަން، ޚިޔާނާތް އަދި މަކަރާއި ހީލަތް ނުވަތަ އެ ނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލާގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިދިނުމަށް އެދޭކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އެފްއޭއެމާ ދެކޮޅަށް ފުލުހުން ކުރަމުންދަނީ ސީރިއަސް ތުހުމަތުތަކެކެވެ. އެގޮތުން އެ އިދާރާއަށް އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާ، އިދާރާގެ އިސްވެރިންނާއި، އިސްވެރިންނާ ގާތް ގުޅުން އޮތް ފަރާތްތަކުގެ އިތުރުން، އެކިއެކި ކުންފުނިތަކަށްވެސް ވަނީ ޖަމާކޮށްފައެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ފުރަތަމަ ވިދާޅުވީ، ތަހުގީގު ނިމުމާއެކު އެކަމާ ގުޅިގެން ވާހަކަދައްކަވާނެ ކަމަށެވެ. އޭގެ ފަހުން އެއްވެސް ވާހަކައެއް އެފްއޭއެމްއިން ދައްކާފައެއް ނުވެއެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހު ބައްސާމާއި އެފްއޭއެމްގެ ޖެރަނަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވާފައެވެ. އެއަށްފަހު އެފްއޭއެމުން ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އެފްއޭއެމުން ވަނީ، އެ އިދާރާއާ ދެކޮޅަށް ކުރާ އެންމެހައި ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން އެ އިދާރާއަށް އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާ، އެ އިދާރާގެ އެއްވެސް އިސްފަރާތަކާއި، އެ ފަރާތްތަކާ ގުޅުން އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު އެ އިދާރާއަށް ލިބެމުން އަންނަ ފައިސާ ޚަރަދުކުރާ ގޮތުގެ އޮޑިޓުތައް ބަރާބަރަށް ކުރިއަށްގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް އެފްއޭއެމުން ބުނެފައިވަނީ، ފުލުހުން އެ އިދާރާ ބަލައިފާސްކުރުމަށްފަހު އެތަނުގައި ހުރި ގިނަ އަދަދެއްގެ ލިޔެކިޔުމާއި، މަސައްކަތުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތައް އާލާތްތަކެއް ފުލުހުންހެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ، އެ އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އެހެންކަމުން މި ހާލަތުގައި ދިވެހި ފުޓުބޯޅަ ލީގާއި، ރޭވިފައި ހުރި އެހެން މުބާރާތްތައްވެސް ކުރިއަށް ގެންދިޔުމަކީ ކުރެވެނޭ ކަމެއް ނޫން ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

ބަޔާން ނިންމާލަމުން އެފްއޭއެމުން ބުނެފައިވަނީ، މިވަގުތު ވެސް ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ އިދާރާއިން އެންމެ ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ. ހަމައެއާއެކު ތަހުގީގު މަރުހަލާ ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް، ނިންމައިދިނުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ފަހަކަށްއައިސް އެފްއޭއެމްގެ މާލީ މައްސަލަ ބޮޑުވެ، އެ އިދާރާ ވަނީ ބަނގުރޫޓުވުމާ ގާތްވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު