Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާ ރޭންކިންގައި އަނެއްކާ ވެސް ރާއްޖެ ދަށަށް

26 އޮކްޓޯބަރު 2023 | ބުރާސްފަތި 09:15

ރޭންކިންގައި ދިވެހިރާއްޖެ އޮތީ 161 ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 09:15
ޤައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން

ޤައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ރޭންކިންގައި ރާއްޖޭގެ ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމު ދަށަށް ހިނގައްޖެ އެވެ.

ފީފާ އިން ވަނީ ބުރާސްފަތި ދުވަހު އެންމެ ފަހުން ރޭންކިން އާންމުކޮށްފަ އެވެ. އެ ރޭންކިންގައި ދިވެހިރާއްޖެ އޮތީ 161 ވަނައިގަ އެވެ. އެއީ 938.55 ޕޮއިންޓާއެކު އެވެ. އެންމެ ފަހުން ފީފާ ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފީފާ އިން އާންމުކުރި ރޭންކިން އެވެ. އޭގެ ފަހުން ރާއްޖެ އަށް ރޭންކިންގައި ކުރިއެރުމެއް ނުލިބި ފަހަތަށް ސޮއްސާލާފައިވާއިރު، މިއީ 2016 ވަނަ އަހަރުގެ ފަހުން ރާއްޖެ އަށް ލިބުނު އެންމެ ދަށް ރޭންކިން އެވެ.

ފީފާ ރޭންކިންގައި ރާއްޖެ އަށް ދަށް ނަތީޖާއެއް ލިބިފައިވާއިރު، މިއަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ލިބުނީ ދަށް ނަތީޖާ އެކެވެ. މުބާރާތް ރާއްޖެ އިން ނިންމާލަން ޖެހުނީ ގްރޫޕްސް ސްޓޭޖާ ހަމައިންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ވަނީ ބަންގްލަދޭޝާ ދެކޮޅަށް ކުޅެފަ އެވެ. ފުރަތަމަ ލެގުު ގަލޮޅު ރަސްމީ ދަނޑުގައި އެއްވަރުވީއިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

މީގެ ކުރިން ރާއްޖެ ވަނީ 2006 ވަނަ އަހަރުގެ ތެރޭގައި ފީފާ ރޭންކިންގެ 124 ވަނަ އަށް ވެސް ޖެހިލައިފަ އެވެ. ފީފާ ރޭންކިންގައި އެންމެ ދަށްކޮށް ރާއްޖެ ރޭންކު ކުރެވުނީ 1997 ވަނަ އަހަރު އެވެ. އެ ފަހަރު ރާއްޖެ ރޭންކު ކުރެވުނީ 183 ވަނައިގަ އެވެ.

ފީފާގައުމީ ހޭންޑްބޯލް ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް