Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް، ދާއިމީ ލިސްޓު ނެރުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން: ހައުސިން މިނިސްޓްރީ

26 އޮކްޓޯބަރު 2023 | ބުރާސްފަތި 08:12

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށް އެދި 19،347 ފޯމް ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 08:12
ރައީސުލްޖުމްހޫރިއްޔާ ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު އިފްތިތާޙްކޮށްދެއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު އިފްތިތާޙްކޮށްދެއްވި ރަސްމިއްޔާތުގެ ތެރެއިން

މިދައުރުގައި ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް، ދާއިމީ ލިސްޓު ނެރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ދެވަނަ ބުރުގައި ގިނަ ބަޔަކު ފޯމް ހުށަހަޅާފައިވާ ކަމަށާއި، ކޮންމެ ފޯމެއްގެ މައުލޫމާތު ކަށަވަރުތޯ ޔަގީންކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ފޯމްތައް އިވެލުއޭޓް ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި، މިދައުރުގެ ތެރޭގައި އެމަސައްކަތް ނިންމޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި ފޯމްތައް އިވެލުއޭޓްކޮށް ނުނިންމޭނަމަ ދާއިމީ ލިސްޓް އާއްމު ނުކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ އަވަސްއަރުވާލައިގެން ލިސްޓް ނެރެ ގޯތީގެ ރަޖިސްޓްރީ ދޫނުކުރާނެ ކަމަށާއި، މަސައްކަތްތައް ކުރާނީ އުސޫލުގެ ތެރެއިން ކަމަށެވެ.

މިދައުރުގައި ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް، ދާއިމީ ލިސްޓު ނެރެވިދާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އަކްރަމް ވިދާޅުވެފައިވާއިރު، މި މަޝްރޫއާއި ގުޅޭގޮތުން 25 އޮކްޓޫބަރު 2023 ވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ވިދާޅުވީ، އެ ފޯމުތަކާމެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުން ދާކަމަށެވެ. ނަމަވެސް މިހާތަނަށް ފޯމުތަކާމެދު ކަންކުރާނެ ގޮތަކާމެދު ގޮތެއް ނުނިންމޭ ކަމަށެވެ.

މި ސަރުކާރުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެވަނަ ބުރަށް ހުޅުވާލީ، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ލިބޭ ގޮތަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށް އެދި 19،347 ފޯމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދި 21،247 ފޯމް ހުށަހަޅާފައިވެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ 24 ސެޕްޓެމްބަރު 2023 އިން 24 އޮކްޓޫބަރު 2023 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00ށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500އަށްވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަކްރަމް ކަމާލުއްދީންމިނިސްޓްރީ އޮފް ހައުސިން ގެދޮރުވެރިޔާ ސްކީމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
16 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް
16 އޮކްޓޯބަރު 2025

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން
16 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް
12 އޮކްޓޯބަރު 2025

75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު

12 އޮކްޓޯބަރު 2025
75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު
08 އޮކްޓޯބަރު 2025

އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި

08 އޮކްޓޯބަރު 2025
އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް