Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވާޖިން އެޓްލާންޓިކް ރާއްޖޭގައި ފެށުން

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މިއީ އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ އާ ބާބެއް ފެށުނު ދުވަސް

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2023 | ހޯމަ 09:36
ވާޖިން އެޓްލާންޓިކް ދަތުރުތައް ރާއްޖޭގައި ފެށުން

ވާޖިން އެޓްލާންޓިކް ދަތުރުތައް ރާއްޖޭގައި ފެށުން

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އޮޕަރޭޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލަންޑަން އާއި ރާއްޖެ ގުޅުވައިދޭ ވާޖިން އެޓްލާންޓިކް ކާމިޔާބުކަމާއެކު އިފްތިތާހުކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

ހޯމަ ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން ހެނދުނު 07:40ގައި އިފްތިތާޙީ ފްލައިޓް ޖެއްސިއިރު، މިއީ އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އައު ބާބެއް ފެށުނު ދުވަހެކެވެ. ވާޖިން އެޓްލާންޓިކް މަތިންދާބޯޓު އައުމުން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާއެކުއެވެ.

މި އެއާލައިންގެ ޚިދުމަތް ހަފްތާއަކު ތިން ފަހަރު ދިނުމަށް ހަމަޖެހިފައިވާއިރު، އެ އެއާލައިންގައި ބޮއިންގް 787 ޑްރީމްލައިނާގައި 31 އަޕަރ ކްލާސް، 35 ޕްރީމިއަމް، އަދި 192 އިކޮނޮމީ ޑިލައިޓް، ކްލާސިކް، އަދި ލައިޓް ސީޓް ހިމެނެއެވެ.

ވާޖިން އެޓްލާންޓިކްއިން ބުނީ ކަސްޓަމަރުންނަށް ވާޖިން އެޓްލާންޓިކްގެ އަޕަރ ކްލާސް އިން ފުލް ފްލެޓް އެނދާއި ރޭގަނޑުގެ ކެއުމާއި، ދަތުރުވެރިންނާ ނެޓްވޯކް ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި ޕްރީމިއަމް ކަސްޓަމަރުންނަށް 38 އިންޗި ސީޓް ޕިޗް އާއެކު ލަގްޒަރީ ލެދަރ އާމްޗެއާއާއި ޕްރިއޮރިޓީ ބޯޑިން އާއި ވެލްކަމް ޑްރިންކްސް ލިބޭނެކަމަށެވެ. ކޮންމެ އުދުހުމަށް ޚިޔާރުކުރިކަމުގައިވީނަމަވެސް، ކޮންމެ މީހަކަށްވެސް ހިލޭ ކާނާއާއި ބުއިންތަކާއި 300 ގަޑިއިރުގެ މުނިފޫހިފިލުވުން ހިމެނެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރު މަހުޖޫބް ޝުޖާއު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޓަރުގެ ހައިސިއްޔަތުން މަޝްހޫރު އަދި ކަސްޓަމަރުން މަރުކަޒުކޮށްފައިވާ އެއާލައިން، ވާޖިން އެޓްލާންޓިކް އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފަސިންޖަރުންނަށް ދަތުރުގެ ތަޖުރިބާ މަތިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ވާޖިން އެޓްލާންޓިކްއާ އެކު ތަނަވަސް ޕާޓްނަޝިޕަކަށް އިންތިޒާރުކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ވާޖިން އެޓްލާންޓިކްގެ ޗީފް ކޮމާޝަލް އޮފިސަރު ޖޫހާ ޖާވިނޭން ވިދާޅުވީ، ވިންޓަރ ސަން ޑެސްޓިނޭޝަންސްގެ ކަލެކްޝަން ފުޅާވަމުންދާއިރު، ހަފްތާއަކު ތިން ފަހަރު ދޭ މި ހިދުމަތާއެކު އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމަކީ އުފާކުރައްވާ ކަމެއްކަމަށެވެ. އަދި ރާއްޖެ ތަޖުރިބާ ކުރުމުގެ އިތުރު ފުރުސަތުތައް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެމްއޭސީއެލް އާއި ވާޖިން އެޓްލާންޓިކް ގުޅިގެން ކުރި މަސައްކަތުން ދައްކުވައިދެނީ ދަތުރުފަތުރުގެ ޚާއްސަ ތަޖުރިބާތައް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު ވައިގެ ވަރުގަދަ ގުޅުމެއް ގާއިމްކުރެވިފައިވާކަން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ އޮފް މޯލްޑިވްސް ކެރޮން ރޯސްލާ ވިދާޅުވީ، ވަރޖިން އެޓްލާންޓިކް އިން ހޯމަ ދުވަހު ލަންޑަން އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލު މަންޒިލްކަމަށާއި، އިނގިރޭސިވިލާތް ހިމެނެނީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއަށް ޒިޔާރަތްކުރާ ގަދަ 3 ޤައުމުތަކުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެއާޕޯޓް ސޭފްޓީ އާއި އޭވިއޭޝަން ސެކިއުރިޓީއާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖޭގެ ސަރުކާރާ އެކު މިހާރު އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެމްއޭސީއެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު