Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ސެރީ އޭ

އޭސީ މިލާން އެއްވަނަ އަށް ޖެހިލަން ހުރަސްއަޅާ، ޔުވެންޓަސް ތިން ވަނަ އަށް!

މިލާންގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 1-0 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 އޮކްޓޯބަރު 2023 | ހޯމަ 02:15
ޔުވެންޓަސް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ލަކަޓޮލީ: ފޮޓޯ-ރޮއިޓަރސް

ޔުވެންޓަސް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ލަކަޓޮލީ: ފޮޓޯ-ރޮއިޓަރސް

އިޓާލިއަން ސެރީ އޭ ތާވަލްގެ އެއްވަނައަށް ޖެހިލަން އޭސީ މިލާނަށް ލިބުނު ފުރުޞަތަށް ހުރަސްއަޅާ, ޔުވެންޓަސް ތިންވަނަ އަށް ޖެހިލައިފިއެވެ.

މިލާންގެ ފުރުޞަތަށް ޔުވެންޓަސް އިން ހުރަސް އެޅީ 1-0 ން އޭސީ މިލާން ބަލިކޮށްގެންނެވެ. މެޗުން މޮޅުވެގެން ތާވަލްގެ އެއްވަނަ އަށް ޖެހިލަން މިލާނަށް ފުރުޞަތު އޮތަސް, ޔުވެންޓަސް ވަނީ މެޗު ކާމިޔާބުކޮށް މިލާނާ ޕޮއިންޓަކާ ކައިރިއަށް ޖެހިލާފައެވެ. ދެވަނާގައި އޭސީ މިލާން އޮތީ 21 ޕޮއިންޓާއެކުއެވެ. ޔުވެންޓަސް ތިންވަނާގައި އޮތީ 20 ޕޮއިންޓާއެކުއެވެ. 22 ޕޮއިންޓާއެކު ސެރީ އޭ ތާވަލްގެ އެއްވަނާގައި އޮތީ އިންޓަރ މިލާނެވެ.

އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ 62 ވަނަ މިނެޓުގައި ލޮކަޓެލީއެވެ. މެޗުގެ ފަންސާހަކަށް މިނިޓް އޭސީ މިލާނުން ކުޅުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. ކުޅުންތެރިއަކު މަދުވީ މަލިކް ތިއާވޫ އަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެއީ ގޯލް ޖަހަން މޮއިސް ކީން އަށް ލިބުނު ހުސް ފުރުޞަތެއް ހުއްޓުވަން ކުރި ފައުލަކާ ގުޅިގެންނެވެ.

ދެޓީމަށްވެސް އަނިޔާއާއި ސަސްޕެންޝަންގެ މައްސަލަތައް ކުރިމަތިވެފައި އޮތް މެޗަށް މިލާނުން ނެރުނީ އެމީހުން ތިންވަނަ ކީޕަރެވެ. ނަމަވެސް 40 އަހަރުގެ އެންޓޯނިއޯ މިރާންޓޭ ވަނީ ޔުވެންޓަސްގެ ރަނގަޅު އެޓޭކްތަކެއް ހުއްޓުވާފައެވެ.

އިޓާލިއަން ލީގުއޭސީ މިލާންޔުވެންޓަސް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު