Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޭ ޕާކް މައްސަލަ

މަންޑޭއަށް ދައުވާ ކުރުމަށް ޕީޖާއާއެކު ދަނީ މަޝްވަރާކުރަމުން: ފުލުހުން

ފުލުހުން މި މައްސަލަ ބަލަން ފަށާފައިވަނީ މިމަހުގެ ކުރީކޮޅު

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޮކްޓޯބަރު 2023 | އާދީއްތަ 08:26
ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހް

ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހް

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކު ފްލެޓްތަކުގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހަށް ދައުވާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޭ-ޕާކު މައްސަލާގައި ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް (ޕީޖީ)އާއެކު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިއަހަރުގެ ކުރީކޮޅު ތަހުގީގު ކުރަން ފެށި މިމައްސަލައާ ގުޅިގެން 08 މެއި 2023 ގައި ފުލުހުން ވަނީ ކޭ ޕާކު ރެޒިޑެންސްއިން އެޕާޓްމަންޓް ގަނެފައިވާ މީހުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން އެންގުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލާގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ކަމަށްވާ މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގު ކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅިގެން މަންޑޭގެ ޕާސްޕޯޓު ހިފަހައްޓައި، ހައްޔަރުކޮށްފައި ވެސް ވެއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން 05 ޖުލައި 2023 ވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، 20 ޖުލައި 2023 ވީ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދަށް 10 ދުވަސް ޖެހިއެވެ. އަދި އޭގެ ފަހުން އޭނާ ދޫކޮށްލީ 30 ޖުލައި 2023 ވީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.

އޭގެފަހުން 02 އޯގަސްޓު 2023 ވީ ބުދަ ދުވަހު މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށްވެސް މަންޑޭ ތުހުމަތުކޮށްފައިވެއެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 09 އޮކްޓޯބަރު 2016 ގައެވެ. އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމަށް އަދި މާކެޓްކުރުމަށް ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ހަމަޖެއްސިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު