Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުކާސަލް ޔުނައިޓެޑު

ނިއުކާސަލްގެ ސަޕޯޓަރުން ދައްކާލީ ޓޮނާލީ އަށް އޮތް ލޯބި

އިޓަލީ އާއެކު އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށް، ފުލުހުން ވަނީ އޭނާގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް އަންގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޮކްޓޯބަރު 2023 | އާދީއްތަ 00:32
ޓޮނާލީ އަށް ހިތްވަރު ދިނުމުގެ ގޮތުން ނިއުކާސަލްގެ ސަޕޯޓަރުން ދެމި ބެނާ

ޓޮނާލީ އަށް ހިތްވަރު ދިނުމުގެ ގޮތުން ނިއުކާސަލްގެ ސަޕޯޓަރުން ދެމި ބެނާ

ފުލުހުން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާ އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ކުޅެމުން އަންނަ ނިއުކާސަލް ޔުނައިޓެޑުގެ ސަޕޯޓަރުން އޭނާ އަށް އޮތް ލޯބި ދައްކާލައިފި އެވެ.

ބައިނަލްއަޤުވާމީ ބްރޭކުގައި ޓޮނާލީ އިޓަލީ އާއެކު އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށް، ފުލުހުން ވަނީ އޭނާގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް އަންގައިފަ އެވެ. އެއާއެކު ޓޮނާލީ އާއި ނިކޮލޯ ޒަނިއޯލޯ ވަނީ ޤައުމީ ޓީމުގެ ސްކޮޑުން އެކަހެރިކޮށްފަ އެވެ. އޭގެ ފަހުން އިޓަލީން ކުޅުނު ދެ މެޗުގައި ވެސް އެ ދެ ކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެ އެވެ.

ބައިނަލްއަޤުވާމީ ބްރޭކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ ނިއުކާސަލް އިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ވަނީ ޓޮނާލީ އަށް އޮތް ސަޕޯޓާއި ލޯބި ދައްކާލައިފަ އެވެ. ސަޕޯޓަރުން ވަނީ ޓޮނާލީ އަށް އުނދަގޫ ވަގުތުގައި ވެސް ހިތްވަރު ދިނުމުގެ ބަސްތައް ލިޔެފައިވާ ބެނާތައް ދަނޑުގައި ގެންގުޅެފަ އެވެ. އެ މެޗުން ނިއުކާސަލް މޮޅުވީއިރު، ޓޮނާލީ ވަނީ ކުޅެފަ އެވެ. ނަމަވެސް އެ މެޗުގައި އޭނާ ކުޅެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އޭސީ މިލާންގައި ހުރުމަށްފަހު، ޓޮނާލީ ނިއުކާސަލަށް ބަދަލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މިހާތަނަށް ޓޮނާލީ ވަނީ ނިއުކާސަލަށް ކުޅެދިން ދިހަ މެޗުން އެއް ލަނޑު ޖަހައިފަ އެވެ.

އިޓަލީގެ މީޑިއާ ތަަކުގައި ބުނެފައިވާ ގޮތުން ޓޮނާލީގެ މައްޗަށް ކުރަނީ ޤަވާއިދާ ޚިލާފަށް ބެޓިންގެ ކަންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. ފުޓުބޯޅަ މެޗުތަކަށް ބެޓްކުރި ކުޅުންތެރިއަކު، މަދުވެގެން ތިން އަހަރަށް ސަސްޕެންޑުކޮށް، އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޤަވާއިދުގައި ވާގޮތުން މަދުވެގެން 25،000 ޔޫރޯ (26،520 ޑޮލަރު)ން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު