Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޓީއޯ

ބޭސް އެތެރެކުރުމަށް އިންޑިޔާގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރާކަން އެސްޓީއޯއިން ދޮގުކޮށްފި

އެސްޓީއޯއިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ވަގުތު އެފަދަ އެއްބަސްވުމެއްގައި ސޮއިކުރަން މަސައްކަތް ނުކުރާކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 21 އޮކްޓޯބަރު 2023 | ހޮނިހިރު 11:23
އެސްޓީއޯ ހެޑް ކުއާޓާސް

އެސްޓީއޯ ހެޑް ކުއާޓާސް

އެސްޓީއޯއިން އިންޑިޔާގެ ކުންފުންޏަކުން ބޭސް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަމުގެ މަސައްކަތް ކުރަމުންދާކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދޮގުކޮށްފިއެވެ.

އެސްޓީއޯއިން މިކަން ދޮގުކޮށްފައި މިވަނީ އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ހޮނިހިރު ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯއިން އިންޑިޔާގެ ކުންފުންޏަކުން ބޭސް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، އެ މަސައްކަތް މަޑުޖައްސާލަން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން އެސްޓީއޯއިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކުންފުނިން މި ވަގުތު އެފަދަ އެއްބަސްވުމެއްގައި ސޮއިކުރަން މަސައްކަތް ނުކުރާކަމަށާއި އަދި އެފަދަ ކަމެއް ހުއްޓާލުމަށް އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަދި އަންގާފައި ނުވާކަމަށެވެ.

މިކަމާ ގުޅޭގޮތުން، ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އިންޑިޔާގެ ކުންފުންޏަކާއެކު އެސްޓީއޯއިން ބޭސް ގެނައުމަށް ވަމުންދާ އެއްބަސްވުމުގެ މަސައްކަތް މަޑު ޖައްސާލަން އިންތިޚާބީ ރައީސް އެދިވަޑައިގެންނެވީ މި މަރުހަލާގައި އެ މަސައްކަތް "އެގޮތަށް ކުރިއަށް ނުގެންދިޔުމަށް" ކަމަށެވެ.

އެހެން ނަމަވެސް އެ މަސައްކަތް މަޑުޖައްސާލަން ޑރ. މުއިއްޒު އެންގެވީ ކޮން ސަބަބަކާހުރެ ކަމެއް ފިރުޒުލް ވިދާޅެއްނުވެއެވެ. އަދި މި ދުވަސްވަރު އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާގޮތުގެ މައުލޫމާތުވެސް ފިރުޒުލް ދެއްވާފައެއްނުވެއެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭނެކަމަށް ޝެއިހު އިމްރާންވެސް ގޮވާލައްވައިފި!

11 ޖޫން 2017
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭނެކަމަށް ޝެއިހު އިމްރާންވެސް ގޮވާލައްވައިފި!
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
12 އެޕްރީލު 2017

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

12 އެޕްރީލު 2017
ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް
06 އެޕްރީލު 2017

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

06 އެޕްރީލު 2017
އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު