Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސްތީނުގެ ހާލަތު

މަސްޖިދުލް އަޤްސާ މިނިވަންކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އިއާދަކުރެވޭތޯ މަސައްކަތް ކުރުމަކީ މުސްލިމުންނަށް އޮތް ވާޖިބެއް - ހުތުބާ

20 އޮކްޓޯބަރު 2023 | ހުކުރު 08:05

ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކާ އިޚުލާސްތެރިކަމާއި މަޑުމައިތިރިކަމާއި އެކު ދުއާކުރުމަށް ވަނީ ނަސޭހަތްތެރިވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އޮކްޓޯބަރު 2023 | ހުކުރު 08:05
މަސްޖިދުލް އަޤްސާ

މަސްޖިދުލް އަޤްސާ

ފަަލަސްތީނުގެ މަސްޖިދުލް އަޤްސާ މިނިވަންކޮށް ފަލަސްތީނުގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް އަނބުރާ އިއާދަކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރުމަކީ މުސްލިމް ޤައުމުތަކުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މަސްޖިދުލް އަޤްސާގެ މާތްކަމާއި ގުޅޭގޮތުން ހުކުރު ހުތުބާގައި ބުނެފައި ވަނީ އެ ތަނަކީ އެތަނުގެ ވަށައިގެން މާތްﷲ ބަރަކާތް ލެއްވި ތަނެއް ކަމަށެވެ. އަދި އެ ތަނުގައި ބަރަކާތް ލައްވާފައި ވަނީ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް ދެއްކެވުމަށްޓަކާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ހުތުބާގައި އެތަނުގެ މާތްކަން އަންގައިދޭ ހަދީސްތަކާއި ޤުރުއާނުގެ އާޔަތްތަކުގެ އަލީގައި އެކަން ތަފްސީލްކޮށްދީފައިވެއެވެ.

Advertisement - newsAdvertisement

ޤުދުސްގެ ވަށައިގެންވާ ބިމަކީ މާތް ބިމެއް ކަމަށާއި އެއީ ސަލާމްލެއްވި އިބްރާހިމްގެފާނާއި އެކަލޭފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑުކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެއީ ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށްކަން ފާހަގަކޮށްފައިވެއެވެ. އަދި އެއީ ސަލާމްލެއްވި ސުލައިމާން އަލައިއްސަލާމްގެ ބޮޑުވެރިކަން ވެސް ހިންގެވި މާތް ބިން ކަމަށް ވަނީ ބުނެފައެވެ. އެއީ އިންސާނީ ތާރީޙު ދުށް އެންމެ ވަރުގަދަ އެންމެ ބާރުވެރި ވެރިކަން ކަމަށް ވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އިސްލާމީ އުންމަތުގެ އަދާވާތްތެރިން ވަނީ ފަލަސްތީނު ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެފައި ކަމަށެވެ. އިންސާނީ ކަރާމާތް ނަގާލާ ދުނިޔެއިން އެކަހެރިކޮށް ހާލުގައި ޖައްސާފައިވާ ކަމަށެވެ. އެ މީހުން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގައި ދިރިއުޅެމުންދާ މުސްލިމުންގެ ނަސްލު ނައްޔާލުމަށް ކަމަށާއި މީގެ ދެ ތިން ދުވަސް ކުރިން ފަލަސްތީނުގެ އަލްމަޤްމަދާނީ ހޮސްޕިޓަލަށް ދިން ރަހުމެއް ނެތް އަނިޔާވެރި ލާއިންސާނީ އަމަލާ އެކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވަނީ ބުނެފައެވެ.

ހުތުބާގައި އުންމީދު ކަނޑާ ނުލުމަށާއި އަލް މަސްޖިދުލް އަޤްސާ އަށާއި ނިކަމެތިވެފައިވާ މުސްލިމުންނަށްޓަކާ އިޚުލާސްތެރިކަމާއި މަޑުމައިތިރިކަމާއި އެކު ދުއާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް