Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޕާނު ސަރުކާރުން ތަކެތި ހަދިޔާ ކުރުން

ޖާޕާނު ސަރުކާރުން އެމްއެންޑީއެފް އާއި ކަސްޓަމްސްއަށް މަސްތުވާތަކެތި ތަހުލީލު ކުރާ ތަކެތި ހަދިޔާ ކޮށްފި

މިއީ ރާއްޖޭގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ހަދިޔާ ކުރި ތަކެތި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2023 | ހުކުރު 07:25
ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި މަސްތުވާތަކެތި ޓެސްޓް ކުރާ ތަކެއްޗާއި ހަވާލުވުމަށް ބޭއްވި ހަފްލާގެ ތެރެއިން

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި މަސްތުވާތަކެތި ޓެސްޓް ކުރާ ތަކެއްޗާއި ހަވާލުވުމަށް ބޭއްވި ހަފްލާގެ ތެރެއިން

ޖަޕާން ސަރުކާރުން އެމްއެންޑީއެފް އާއި ކަސްޓަމްސް ސާވިސްއަށް ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

މިތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. ކަސްޓަމްސްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ކޮމިޝަނާ އޮފް ކަސްޓަމް އަބްދުﷲ ޝަރީފެވެ. މި ތަކެތި ދެ މުއައްސަސާއާ ހަވާލުކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިދޯރީއެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ. މި ގްރާންޓަކީ 38.5 މިލިއަން ރުފިޔާގެ ގްރާންޓެކެވެ. މި ގްރާންޓުގެ ދަށުން ޑްރަގް ޓްރެފިކިން އާއި ފިޝަރީޒް ދާއިރާގެ ކުށްތައް ދެނެގަތުމާއި ތަހުގީގު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނު ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ދަށުން އެއްބަސްވެފައިވާ ގްރާންޓެކެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްތައް ހިމެނޭ، ވޯޓަރ ރެސިސްޓަންޓް ކިޓުތަކެކެވެ. މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެކެވެ. މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު