Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން

ޣައްޒާއަށް އިންސާނީ އެހީގެ 20 ޓްރަކް ވަނުމަށް އެމެރިކާއާއި މިސްރުން އެއްބަސްވެއްޖެ

19 އޮކްޓޯބަރު 2023 | ބުރާސްފަތި 06:10

އިންސާނީ އެހީގެ ބައެއް ތަކެތި ފޯރުކޮށްދޭން އެއްބަސްވި އިރު ޣައްޒާގެ 2 މިލިޔަނެއްހާ މުސްލިމުން ތިބީ ޒަރޫރީ ބޭނުންތައް ފުއްދޭނެވަރުވެސް ނެތިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 06:10
އިންސާނީ އެހީގެ ޓްރަކްތައް، ޣައްޒާއަށް ނުވަދެވި ކިޔޫގައި --

އިންސާނީ އެހީގެ ޓްރަކްތައް، ޣައްޒާއަށް ނުވަދެވި ކިޔޫގައި --

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޯނުން ގުޅުއްވައި ޣައްޒާއަށް އިންސާނީ އެހީ "ދެމެހެއްޓެނިވި ގޮތެއްގައި" ގެނައުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް މިސްރުގެ ރައީސް ބުދަ ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

މިސްރުގެ ރައީސްގެ ތަރުޖަމާނު ވެސް ވިދާޅުވީ އދގެ ބެލުމުގެ ދަށުގައި ވާ ބައިނަލްއަގްވާމީ އިންސާނީ އެހީދޭ ޖަމާއަތްތަކާ ގުޅިގެން އެހީ ގެނައުމަށް ދެ ގައުމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ ގެނައުމުގެ ފުރުސަތު ދީފައި މިވަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު އެމެރިކާއިން ވީޓޯކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ބްރެޒިލް އިން ޑްރާފްޓް ކޮށްފައިވާ ލިޔުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުން ދެ ފަހަރެއްގެ މަތިން ލަސްވީ އެމެރިކާއިން ޣައްޒާއަށް އެހީ ގެނައުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ބުދަ ދުވަހު ޑްރާފްޓް ލިޔުމަށް ތާއީދުކޮށް 12 މެމްބަރަކު ވޯޓު ދެއްވިއިރު، ރަޝިއާ އާއި އިނގިރޭސިވިލާތުން ވޯޓު ނުދެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިތުރު ހަމަލާތަކެއް ދިނުމަށް، އިސްރާއީލުން މިދިޔަ ހަފުތާގައި ވަނީ ޣައްޒާގެ 1.1 މިލިއަން މީހުން ދެކުނުގެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުން ދަނިކޮށް ވަނީ ވަރުގަދަ ހަމަލާތަކެއްދީ ގިނަބަޔަކު ޝަހީދު ކޮށްލާފައެވެ. މިގޮތުން ޣައްޒާ މުޅިން ވަށާލައި ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީ، 3،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 12،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާގެ ހޮސްޕިޓަލެއްގެ ކޮމްޕައުންޑަކަށް އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާގައި 471 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ. މިއީ ޣައްޒާއަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

މި ހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އިސްރާއީލުން ބުނަމުން ދަނީ އިސްލާމިކް ޖިހާދު ޖަމާއަތުން ދިން ނާކާމިޔާބު ރޮކެޓް ހަމަލާއެއް އެ ހޮސްޕިޓަލަށް އަރާފައިވާ ކަމަށެވެ.

ނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުން މިހާތަނަށް ފޮނުވާލި އެއްވެސް ރޮކެޓަކުން އެފަދަ ނުރައްކާތެރި އަސަރެއް ކޮށްފައި ނުވާއިރު އިސްލާމިކް ޖިހާދާއި ހަމާސް އިން ވެސް ވަނީ އިސްރާއީލުގެ ވާހަކަތަކަކީ ދޮގެއް ކަމަށް ސިފަކޮށްފަ އެވެ.

އަހްލީ އަރަބް ހޮސްޕިޓަލުގައި ހިނގި ކުރިމަތިލުންތަކުގެ ބިރުވެރިކަމާއި، އަވަސް ރައްދުގެ ސަބަބުން އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ހިޔަނި އެޅޭނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ބައިޑަން ބުދަ ދުވަހު އިޒްރޭލަށް ވަޑައިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވި ނަމަވެސް، އަރަބި އިސްލާމީ އެއްވެސް ގައުމެއްގެ ލީޑަރަކާ ބައްދަލުކުރެއްވި ފައެއް ނުވެއެވެ.

ބައިޑަން އަށް ފަހު އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްވެސް ބުރާސްފަތިދުވަހު ވަނީ އިސްރާއީލަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ

18 އޮކްޓޯބަރު 2017
މިޔަންމާ އަސްކަރިއްޔާ އިން ލާއިންސާނީ ޖަރީމާތައް ހިންގި ކަމުގެ ސާފު ހެކި ވަނީ ލިބިފައި: އެމްނެސްޓީ
19 ސެޕްޓެމްބަރު 2017

ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ

19 ސެޕްޓެމްބަރު 2017
ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި
13 ސެޕްޓެމްބަރު 2017

ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި

13 ސެޕްޓެމްބަރު 2017
ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި
04 ސެޕްޓެމްބަރު 2017

މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!

04 ސެޕްޓެމްބަރު 2017
މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!
03 ސެޕްޓެމްބަރު 2017

ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި

03 ސެޕްޓެމްބަރު 2017
ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް