Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް

ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އޯއައިސީގެ ބައްދަލުވުމުގައި ރާއްޖެއިން ގޮވާލައިފި

18 އޮކްޓޯބަރު 2023 | ބުދަ 17:34

ސަރަހައްދީ ހަމަޖެހުން އޮތީ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 އޮކްޓޯބަރު 2023 | ބުދަ 17:34
ޣައްޒާގެ ހޮސްޕިޓަލެއް ގޮއްވާލައި، އެތައް ސަތޭކަ ބަޔަކު މަރުވުން

ޣައްޒާގެ ހޮސްޕިޓަލެއް ގޮއްވާލައި، އެތައް ސަތޭކަ ބަޔަކު މަރުވުން

ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ރާއްޖެއިން ގޮވާލައިފިއެވެ.

ދިވެހި ރާއްޖެއިން މިގޮތަށް ގޮވާލީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅޭގޮތުން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި ބޭއްވި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ޚާއްސަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަހުމަދު ޚަލީލް ވަނީ ތަގުރީރު ކުރައްވާފައެވެ.

Advertisement - newsAdvertisement

ޚަލީލްގެ ތަގުރީރުގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާއްމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ޣައްޒާއަށް ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށްވެސް ގޮވާލެއްވިއެވެ.

ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ސަލާމަތީ މަޖިލީހާއި އޯއައިސީގެ ގަރާރުތަކާ ޚިލާފަށްކަން ފާހަގަކޮށް، އިސްރާއީލުން ވެރިވެގެންފައިވާ ބިންތަކުން އެއްކޮށް ފައިބައިގެން ދިއުމަށްވެސް ރާއްޖޭގެ ފަރާތުން ވަނީ ގޮވާލާފައެވެ. އަދި، ސަރަހައްދުގެ އަމާންކަމާއި ހަމަޖެހުން ކަށަވަރުކުރެވެން އޮތް ހަމައެކަނި މަގަކީ 1967ވަނަ އަހަރުގެ ކުރީގެ ބޯޑަރުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް، ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މުސްތަގިއްލު، މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަން ވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޚަލީލްގެ އަރިހުގައި ރާއްޖޭގެ ވަފުދުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ދިވެހިރާއްޖެއިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ރަމީޒާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޖެނެރަލް ސަރވިސް އޮފިސަރު އާއިޝަތު ރިފްގާ މުހައްމަދެވެ.

57 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީން އަންނަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެބައިމީހުންގެ ފަރާތުން ވަކާލާތު ކުރަމުންނެވެ. ދިވެހިރާއްޖެއިން އަންނަނީ 1976ވަނަ އަހަރު އޯއައިސީގެ މެމްބަރަކަށް ވީއްސުރެ، ހަރަކާތްތެރިކަމާއެކު އެ ޖަމިއްޔާގައި މަސައްކަތްކުރަމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި 3500ށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް