Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ރައީސް މުހައްމަދު ނަޝީދު

ޑިމޮކްރެޓްސްގެ ހުށަހެޅުމާ ޚިލާފަށް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްދާނީ 2 ގަޑިއިރަށް

18 އޮކްޓޯބަރު 2023 | ބުދަ 07:51

ކޮމެޓީ އިން ނިންމީ ނަޝީދަށް ޖަވާބުދާރީ ވުމަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 18 އޮކްޓޯބަރު 2023 | ބުދަ 07:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުންތަކާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް 2 ގަޑިއިރަށް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އާންމު ކޮމެޓީ އިން ނިންމައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ 11 ވަނަ އާންމު ކޮމެޓީގައި ނަޝީދުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިޔުމުގައި ވަގުތު ކަނޑައެޅުމަށް ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އެގޮތުން ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އަދި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އެގޮތުން ފުނަދޫ ދާއިރާގެ މެމްބަރު އަދި އެ ކޮމެޓީގެ މުޤައްރިރުގެ ނައިބު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުމަށް ކޮމެޓީގައި އެ ވަގުތު ތިއްބެވި 6 މެމްބަރުންގެ ތެރެއިން 4 މެމްބަރުން އެއްކޮޅަށް ވޯޓު ދެއްވި އިރު، 2 މެމްބަރަކު އެ ހުށަހެޅުމަށް ދެކޮޅު ހެއްދެވި އެވެ.

Advertisement - newsAdvertisement

ޝާހިދު ހުށަހެޅުއްވީ އެ މައްސަލައިގެ 2 ގަޑިއިރަށް ކުރިއަށް ގެންދިޔުމަށެވެ. އެއީ:

ޝާހިދު އެފަދައިން ހުށަހެޅުއްވުމާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ބަހުސުގައި ޖަވާބުދާރީ ވުމަށް ނަޝީދަށް 3 ގަޑިއިރު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިއާއެކު ޝާހިދު ވަނީ މަޖިލީހުގައި މީގެ ކުރީގައި ވެސް 3 ގަޑިއިރަށް ވުރެ ދިގުނުވާ ގޮތަކަށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އެހެން ނަމަވެސް ޝާހިދު ވިދާޅުވީ މި ފަހަރު އެހެން ހުށަހެޅުމުގެ ބޭނުމަކީ 2 ގަޑިއިރަށް ބަހުސް ކުރު ކުރުން ކަމަށެވެ.

ޝާހިދު އެހެން ވިދާޅުވުމާއެކު އާޒިމް ވަނީ ކުރިން އެފަދައިން ކަން ހިނގިކަމަށް ވީ ނަމަވެސް، އެ ފުރުސަތު ދެއްވުމަށް ކޮމެޓީގެ ކިބައިން އެދިވަޑައިގަންނަވައިފަ އެވެ.

އާޒިމް އެހެން ވިދާޅުވުމުން ފުރުސަތު ނަންގަވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރައްވާފަ އެވެ. އެގޮތުން އިލްޔާސް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ޅ) ދަށުން 3 ގަޑިއިރަށް ވުރެ ދިގު ނޫން ގޮތަކަށް ބަހުސް ކުރިއަށް ގެންދެވޭނެ ކަމަށާއި، އެ މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީ ވުމަށް ގަވާއިދުގައި ވަކި ވަގުތެއް ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

އެހެން ކަމުން ބަހުސްގެ ފުރުސަތު އާޒިމް އެދިވަޑައިގެންނެވި ފަދައިން ދެއްވުމަށް އިލްޔާސް ވެސް ކޮމެޓީގައި އެދިވަޑައިގެންނެވި އެވެ.

އިލްޔާސް އެފަދައިން ވިދާޅުވުމުން ފޮނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އަނެއްކާ ވެސް ވިދާޅުވީ މަޖިލީހުގައި މީގެ ކުރިން ވެސް މަޖިލިސް ރައީސްގެ މައްސަލަތަކުގައި އަމަލު ކުރަމުން އައީ އެ "އައިޓަމަށް" 2 ގަޑިއިރުގެ ވަގުތު ދެއްވަމުން ކަމަށެވެ. އެހެން ކަމުން އެފަދައިން ކުރިއަށް ގެންދިޔުމުގެ އިއުތިރާޒެއް ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޝާހިދު އިތުރަށް ވިދާޅުވީ މަޖިލިސް ގަވާއިދުގައި 3 ގަޑިއިރު ކަމަށް ބަޔާންކޮށްފައިވުމުގެ މާނައަކީ 3 ގަޑިއިރަށް ވުރެ ދިގުނޫން ގޮތަކަށް އެ ބަހުސް ކުރިއަށް ގެންދިޔުމުގެ ބާރު އާންމު ކޮމެޓީއަށް ލިބިފައިވުން ކަމަށެވެ.

ޝާހިދުގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ 3 ގަޑިއިރުގެ މާނައެއް ކަމުގައި މަޖިލީހުން ނިމިދިޔަ 10 އަހަރު ވެސް ބަލަމުން އައީ އެ 3 ގަޑިއިރުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީ ވުމާއި އަދި މުޅި ބަހުސާ އެއްކޮށް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން މަޖިލީހުން އަމަލު ކުރަމުން އައި ގޮތާ ހިލާފަށް، އަސްލު އޮޅޭ ފަދަ ގޮތަކަށް އަމަލު ކުރެއްވުން ބަލައި ނުގަނެވޭނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

ހުސެއިންގެ ފަހުން ވެސް އާޒިމް ވަނީ އެ ފުރުސަތު 3 ގަޑިއިރަށް ނުދެއްވަން އެމްޑީޕީގެ މެމްބަރުން ބޭނުންފުޅު ނުވަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރައްވާފަ އެވެ. އެގޮތުން އެ ސުވާލު ކުރައްވަމުން އާޒިމް ވަނީ އެމްޑީޕީ މިއަދު ހަލާކުވުމުގެ އެންމެ މައިގަނޑު ސަބަބަކީ ވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމުގައި ވިދާޅުވެފަ އެވެ.

އާޒިމް އެފަދައިން ވިދާޅުވުމުން އެ ކޮމެޓީގެ މުގައްރިރު ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ވެސް ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައި އޮތް އޮތުމުން ދޭހަވަނީ މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީ ވުމާއި އަދި މުޅި ބަހުސާ އެއްކޮށް ކަމަށް ވިދާޅުވެފަ އެވެ. އެއީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އައީ އެފަދައިން ކަމަށް ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް