Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ތިން ވަނަ އަށް

އުރުގުއޭ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޮކްޓޯބަރު 2023 | ބުދަ 04:50
މެޗުގައި ލަނޑު ޖެހުމަށްފަހު އުރުގުއޭ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އުރުގުއޭ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް ބަލިވެއްޖެ އެވެ.

ބުދަ ދުވަހުގެ ހެނދުނު އުރުގުއޭގެ އެސްޓާޑިއޯ ސެންޓަނާރިއޯގައި ކުޅުނު މެޗު އުރުގުއޭ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އުރުގުއޭ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އުރުގުއޭ އަށް ލީޑު ނަގައިދިނީ ޑާވިން ނޫނޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ މެކްސިމިލިއާނޯ އަރައުހޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ބްރެޒިލް އަށް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ލިބިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ވެސް ބްރެޒިލް އިން ވަނީ ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ބްރެޒިލް އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އުރުގުއޭ އިން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ނޫނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެ ވަނަ ލަނޑު ޖެހީ ނިކޮލަސް ޑީ ލާ ކްރޫޒް އެވެ. މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާވެގެން ނޭމާގެ ބަދަލުގައި ކުޅެން ނިކުތީ ރިޗާލިސަން އެވެ.

މޮޅާއެކު އުރުގުއޭ އިން ވަނީ ބްރެޒިލް ފަހަތަށް ޖައްސާލުމަށްފަހު ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި ހަމަ އެ އަދަދަށް މެޗު ކުޅެގެން ބްރެޒިލަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ނަމަވެސް އުުރުގުއޭ ކުރި ހޯދަނީ ލަނޑުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު