Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް ހައްޔަރުކުރުން

ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު

ފާރިސް ހުރީ ހެޔޮ ހާލުގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 22 ޖުލައި 2017 | ހޮނިހިރު 14:08
ލޯޔަރު މައުމޫން ހަމީދު

ލޯޔަރު މައުމޫން ހަމީދު

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ހަވީރު ފާރިސްއާ ބައްދަލުކުރެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ، ފާރިސް ފުލުހުންގެ ބަންދުގައި ހުރި އިރު ކުއްލި ކުއްލިއަށް އެކި ތަންތަނަށް ބަދަލު ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ބުރާސްފަތި ދުވަހު މާފުށީ ޖަލަށް ބަދަލުކުރުމަށް ފަހު ހޮނިހިރު ދުވަހުން އަލުން ފުލުހުންގެ ބެލުމެ ދަށަށް ފާރިސް ބަދަލުކުރީ ސިޓީއެއް ދެއްކުމަށް ފަހު ކަމަށް ފާރިސް ވިދާޅުވި ކަމަށް ގާނޫނީ ވަކީލް މައުމޫނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިގޮތަށް ބަދަލު ކުރެވުނީ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަށް ގެނައުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. ނަމަވެސް ހުކުމުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އޮންނަ އިރު ދޫނިދޫ ޖަލަކީ ރިމާންޑް ޖަލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

" އަމުރުގައި އޮތީ ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ބަހައްޓަން. ދޫނިދޫއަކީ ރިމާންޑް ޖަލެއް ނޫން. ބުރާސްފަތި ދުވަހު، ރިމާންޑް ޖަލެކޭ ބުނެ، ބަދަލުކޮށް، އަނެއްކާ ވެސް ރިމާންޑް ޖަލެއް ނޫން ތަނަކަށް ބަދަލެއް ނުކުރެވޭނެ. ބުރާސްފަތި ދުވަހު އެ އަމުރުގެ ބާރު ހިނގައިފި. ހޮނިހިރު ދުވަހު އެ އަމުރުގެ ބާރު ނުހިނގާ،" ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.

ވަކީލު މައުމޫން ވިދާޅުވީ، ފާރިސް މައުމޫން ބަންދުގެ އިސްތިއުނާފު މައްސަލަ އަންގާރަ ދުވަހު ހައިކޯޓަށް ހުށަހަޅާނެ ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު، ފާރިސް މައުމޫން، ރިމާޑް އޯޑަރަކަށް ކަމަށް ބުނެ، މާފުއްޓަށް ބަދަލު ކުރި އިރު، އަނެއްކާ ދޫނިދޫއަށް ވެސް ބަދަލު ކުރެވުނީ، އެ އަމުރުގެ ބޭރުން ކަމަށެވެ.

"ފާހަގަކޮށްލަންޖެހޭ ކަމަކީ، ކުއްލި ގޮތްގޮތަށް ބަދަލުވަމުންދާ އިރު އެއްތަނުން އަނެއްތަނަށް، އެއް ރަށުން އަނެއް ރަށަށް، އެއްޖަލުން އަނެއް ޖަލަށް ބަދަލުކުރުމުގެ ސަބަބުން، ފާރިސްގެ ހައްގުތަަކަށް، އުނިކަން އެބައާދޭ. ފާރިސް ހުންނެވީ އެޔޮހާލުގައި. އެއްވެސް ވަރަކަށް އަޒުމަކަށް ބަދަލެއްނާދެ. އަދިވެސް ގަބޫލު ކުރާ ގޮތުގައި ފާރިސްއަށް އިންސާފު ލިބިގެންދާނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ގާނޫނަކީ ވަކި ބަޔަކު އަމަލުކުރަން އޮންނަ އެއްޗެއް ނޫން ކަަމަށާއި، އެއް ބަޔަކު އަމަލު ކުރަން އޮންނަ އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެެވެ.

ދޫނިދޫއަށް ބަދަލު ކުރެވެނީ ވަކި ކޮން ސަބަބަކާ ގުޅިގެން ކަމެއް އެނގިނުލައްވާ ކަމަށާއި އެހެން ނަމަވެސް، ގެނެވުނީ ތަހުގީގަށް ކަމަށް ފަހުން ގުޅުމުން ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެން ނަމަވެސް ތަހުގީގަައި ގުޅޭ އިންޓަރވިއުއެއް ހަމަޖައްސާފަ ނެތް ކަމަށާއި މާފުށީ ޖަލުގައި ހުރެގެން ވެސް ތަހުގީގަށް ބޭނުންވާ އިންޓަރވިއު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ހައްޔަރުކޮށްފައި ވަނީ، ރިޝްވަތުގެ މައްސަލައަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ފާރިސް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފާރިސް ފުލުހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެދުވަހު ވަނީ އޭނާ ދިރިއުޅުއްވާ ގެ މ. ސްނޯރޯސް ބަލާ ފާސްކޮށް ފޯނާއި ލިޔެކިޔުންތަކާއި ޕެން ޑްރައިވް އައި އެނޫން ވެސް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ބުދަ ދުވަހު މ. ސްނޯރޯސްގެ ސިސީޓީވީގެ ޑީވީއާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު