Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ އާމްދަނީ

މިއަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 33 ބިލިއަން ރުފިޔާ ލިބޭނެ

މިއީ މި އަހަރުގެ ނޮމިނަލް ޖ.ީޑ.ީޕީ ގެ ނިސްބަތުން 31.7 އިންސައްތަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2023 | ހޯމަ 02:58
ބޭރުގެ އެއަރލައިނަކުން ރާއްޖެއަށް އައި ފަތުރުވެރިން ވެލާނާ އެއަރޕޯޓުގައި

ބޭރުގެ އެއަރލައިނަކުން ރާއްޖެއަށް އައި ފަތުރުވެރިން ވެލާނާ އެއަރޕޯޓުގައި

މި އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 33.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024ން 2026ގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް އާމްދަނީ އާއި ހިލޭ އެހީ ލިބިފައިވާ މިންވަރަށާއި، ދުނިޔެ އާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށް، މި އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ބެލެވެނީ 33,951.2 މިލިއަން ރުފިޔާ (33.9 ބިލިއަން) ކަމަށެވެ. މިއީ މި އަހަރުގެ ނޮމިނަލް ޖ.ީޑ.ީޕީ ގެ ނިސްބަތުން 31.7 އިންސައްތައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއީ ފިސްކަލް ސްޓްރެޓަޖީ 2023 ގައި ހިމަނައިފައިވާ އަންދާޒާއާ އަޅައިބަލާއިރު 10.3 އިންސައްތައިގެ އިތުރުވުމެެއް ކަމަށެވެ. އަދި 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނައިފައިވާ އަންދާޒާއާ އަޅައިބަލާއިރު 5.8 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ، ފާއިތުވި އަހަރު ހުށަހެޅި ފިސްކަލް ސްޓްރެޓަޖީއާއި މި އަހަރުގެ ބަޖެޓުގެ އަންދާޒާތަކަށްވުރެ އިތުރުވާނެކަމުގައި ބެލެވުނު ނަމަވެސް، ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ރިވައިޒް ކޮށްފައިވާ އަންދާޒާ 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނައިފައިވާ އަންދާޒާތަކަށްވުރެ ދަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދައުލަތުގެ އާމްދަނީ މި އަހަރު އިތުރުވާނެކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ލަފާކުރި މިންވަރަށްވުރެ ބާރު ދުވެއްޔެއްގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވަމުންދިއުމާއި، ދިވެހިރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި އެންމެ ބޮޑަށް ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާ، 2022 ވަނަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ހަލުވިކަމާއެކު ކުރިއަރަމުންދިއުން ހިމެނެއެވެ.

އެގޮތުނ،ް 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީގައި ހިމަނައިފައިވާ އަންދާޒާއާ އަޅައިބަލާއިރު ޓެކުހުގެ ގޮތުގައި މިއަހަރުގެ ނިޔަލައަށް ދައުލަތަށް ލިބޭ އާމްދަނީ 14.5 އިންސައްތަ އިތުރުވާނެކަމަށް ބެލެވެއެވެ. ހަމައެއާއެކު، 2023 ވަނަ އަހަރުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރެވޭ އާމްދަނީއަކީ، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނައިފައިވާ އަންދާޒާތަކަށްވުރެ 10.9 އިންސައްތަ އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު