Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ޤައުމީ ޓީމު

ނާގަލްސްމަން އަށް އޮތީ ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން!

ފުޓުބޯޅައިގެ ނަޒަރަކުން ބަލާ ނަމަ، ޖަރުމަނުގެ ކުޅުންތެރިން އެ ޓީމު ކޮޅަށް މެޗު އަނބުރާލީ ވަރަށް ފުރިހަމަ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2023 | ހޯމަ 00:23
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނު ޤައުމީ ޓީމާއެކު ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ނާގަލްސްމަން މިހެން ބުނީ އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ފުރަތަމަ މެޗުން މޮޅުވުމާއެކު އެވެ. ޖަރުމަނުގެ ކޯޗުކަމުގަ މަގާމަށް ނާގަލްސްމަން ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ހަންސީ ފްލިކް ވަކި ކުރުމަށްފަހު އެވެ. ނާގަލްސްމަން އަށް އޮތް އެންމެ ބޮޑު މަސައްކަތަކީ އަންނަ އަހަރު އަމިއްލަ ޤައުމުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ވަރުގަދަ ޓީމެއް އެކުލަވާލައި، މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރުމެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، އެމެރިކާ ޓީމުގެ ކުޅުންތެރިންނަކީ ވަރަށް ދުވެލި ބާރު ކުޅުންތެރިން ކަމަށެވެ. އެކަން އެ މެޗުގައި ވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފުޓުބޯޅައިގެ ނަޒަރަކުން ބަލާ ނަމަ، ޖަރުމަނުގެ ކުޅުންތެރިން އެ ޓީމު ކޮޅަށް މެޗު އަނބުރާލީ ވަރަށް ފުރިހަމަ އަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އެ ލަނޑު ފަހަތުގައި އޮއްވާ، ތިން ލަނޑު ޖަހައިގެން މޮޅު ވެވުނީ ކުޅުންތެރިން އިންތިހާއަށް މަސައްކަތް ކުރުމުން ކަމަށް އޭނާ ދެކެ އެވެ. އޭނާ ބުނީ، މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން ކުޅެ، ގިނަ ފުރުސަތުތަކެއް ހޯދާފައި ކަމަށެވެ. މެޗުގައި ޖަރުމަނުގެ ކުޅުންތެރިން ކުރި މަސައްކަތާމެދު ވެސް ނާގަލްސްމަން ހިތްހަމަ ޖެހެ އެވެ.

މީގެ އިތުރުން އޭނާ ބުނީ ހަވާލުކޮށްފައި އޮތީ ޒިންމާ ބޮޑު، ޕްރެޝަރު މަސައްކަތެއް ކަމަށެވެ. ނަމަވެސް ޖަރުމަނުގެ ކުޅުންތެރިންނާއެކު، ހަވާލުކޮށްފައިވާ މަސައްކަތް އެންމެ ފުރިހަމަ އަށް އަދާ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަަށް ނާގަލްސްމަން ބުންޏެވެ. އޭނާ ބުނީ، ޖަރުމަނު ޓީމަކީ އުންމީދުން ފުރިގެންވާ ޓީމެއް ކަމަށާއި، އެ ޓީމާއެކު އޭނާ އަށް ކުރިއަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ޖަރުމަނުގެ ކޯޗަކަށް ހަމަޖެއްސުމުގެ ކުރިން ނާގަލްސްމަން ބުނީ ޖަރުމަނު ލީގުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުގަ އެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކި ކުރީ އެ ކުލަބުގެ ނަތީޖާތައް ދަށްވުމުންނެވެ. އޭގެ ފަހުން ނާގަލްސްމަން ގެންދިޔުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ، ޓޮޓެންހަމް އަދި ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވަނީ މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު