Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްޓިއޯ މަކިޓާ ޖޫނިއާ އެޓްލެޓިކްސް ޗެންޕިއަންޝިޕް

މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެންޕިއަންޝިޕް 2023 ކުޅުދުއްފުށީގައި ފަށައިފި

15 އޮކްޓޯބަރު 2023 | އާދީއްތަ 04:30

މި މުބާރާތުގައި 04 އުމުރު ފުރާއަކުން 35 ޓީމާއެކު ޖުމްލަ 1150 އެތްލީޓުން ބައިވެރިވެފައިވޭ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 15 އޮކްޓޯބަރު 2023 | އާދީއްތަ 04:30
މަކިޓާ ޖޫނިއަރ އެޓްލެޓިކްސް ޗެންޕިއަންޝިޕް 2023 ފެށުން

މަކިޓާ ޖޫނިއަރ އެޓްލެޓިކްސް ޗެންޕިއަންޝިޕް 2023 ފެށުން

އެސްޓިއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެންޕިއަންޝިޕް 2023 ކުޅުދުއްފުށި ސިޓީގައި މިއަދު ހެނދުނު ފަށައިފިއެވެ.

ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި މި މުބާރާތުގެ އިވެންޓް ތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދިދަނެގުމާއި މުބާރާތުގެ ލަވަ އިފްތިތާހު ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޤައުމީ ދިދަ ނަންގަވައިދެއްވީ ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފްއެވެ. އަދި ކައުންސިލްގެ ދިދަ ޑެޕިޓީމޭޔަރ އަލީ އަހުމަދު ނަންގަވައިދެއްވިއިރު އެސޯޝިއޭޝަންގެ ދިދަ ނަންގަވައި ދެއްވީ އެތްލެޓިކްސް އެސޯޝިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުންތަގިމްއެވެ. މީގެ އިތުރުން މުބާރާތުގެ ބައިވެރިވި ޓީމް ތަކުގެ ދިދަ ނަގާފައިވަނީ ކޮންމެ ޓީމަކުންވެސް އެޓީމެއް ތަމްސީލްކުރާ އެތްލީޓެވެ.

މިމުބާރާތުގެ އޮފިޝިއަލް ލަވަ ހުށައަޅައިދެއްވީ ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އަދި އަސްރާއެވެ. ލަވަޔާއެކު ސްކޫލް ކުދިންގެ ހަރަކާތްތަކެއް ފެނިގެންދިޔައެވެ.

މިރަސްމިއްޔާުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށް ކުރާކަމެއް ލޯބިން ކަމަށް ކަމޭހިތައިގެން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. މީގެ އިތުރުން މުބާރާތް ކުރިއަށްދާއިރުގަވެސް އަދި ކޮންމެ ކަމެއްގައި ހަރަކާތްތެރިވިއަސް ރިވެތި އަހުލާގައި ތިބުމަށް އެތްލީތުންނަށް ނަސޭހަތް ދެއްވިއެވެ.

އެތްލެޓިކްސް އެސޯޝިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މި މުބާރާތުގައި 04 އުމުރު ފުރާއަކުން 35 ޓީމާއެކު ޖުމްލަ 1150 އެތްލީޓުން ހަރަކާތްތެރިވާނެ އެވެ. މިމުބާރާތް ފެށުމަށް ބާއްވާ ހާއްޞަ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް ވިއްސާރަވުުމުގެ ސަބަބުން ރޭވަނީ އެރަސްމިއްޔާތު ކެންސަލް ކޮށްފައެވެ. އަދި މިހާރު އެ ރަސްމިއްޔާތު މިރޭ ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

23 ޖުލައި 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖުލައި 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި
17 ޖުލައި 2017

މެލޭޝިއަން އޯޕަން އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ ސާއިދް ހޯދައިފި

17 ޖުލައި 2017
މެލޭޝިއަން އޯޕަން އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއްވަނަ ސާއިދް ހޯދައިފި
09 ޖުލައި 2017

ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި

09 ޖުލައި 2017
ނޭމާ ޖޫނިއާސް ފައިވް: ޖަޕާން އަތުން ބަލިވެ ގަދަ 16 އަށް ނުގޮސް ރާއްޖެ ކަޓައިފި
08 ޖުލައި 2017

ނޭމާ ޖޫނިއާސް ފައިވް: ވަރުގަދަ ސްޕެއިން އަދި އިންޑިއާ ކަޓުވާލުމަށް ފަހު ރާއްޖެ ދެވަނަ ބުރަށް

08 ޖުލައި 2017
ނޭމާ ޖޫނިއާސް ފައިވް: ވަރުގަދަ ސްޕެއިން އަދި އިންޑިއާ ކަޓުވާލުމަށް ފަހު ރާއްޖެ ދެވަނަ ބުރަށް
29 މެއި 2017

ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި

29 މެއި 2017
ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި
21 މެއި 2017

ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް

21 މެއި 2017
ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް
04 މެއި 2017

ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި

04 މެއި 2017
ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި
23 އެޕްރީލު 2017

15 ވަނަ މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ

23 އެޕްރީލު 2017
15 ވަނަ މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް