Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯލް

ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި

ޖޫނިއާ ޓީމުތަކަށް ހެޑް ކޯޗާއި އެސިސްޓެންޓް ކޯޗުވެސް ބޭނުންވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 12:13
ރާއްޖޭގެ އެކި ފަންތީގައި މަސައްކަތްކުރާ ވޮލީ ކޯޗުން

ރާއްޖޭގެ އެކި ފަންތީގައި މަސައްކަތްކުރާ ވޮލީ ކޯޗުން

ޒުވާން ވޮލީ ޓީމް ތަކެއް އެކުލަވައިލުމަށް ނިންމައި އެ ޓީމުތަކަށް ކޯޗު ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ވޮލީބޯލް އެސޯސިއޭޝަނުން އިއުލާންކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ، ކުޅިވަރުގެ އަހްލާގާއި ފުރިހަމަ ހުނަރު ލިބިފައިވާ، މޮޅު ކުޅުންތެރިންތަކެއްގެ މައްޗައް އެކުލެވިގެންވާ ޓީމުތަކަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި އުމުރުފުރާތަކުގެ ޔޫތު ނެޝަނަލް ޓީމް ތަކެއް އެކުލަވައިލުމަށް ނިންމާފައިވާ ކަމަށެވެ.

މި އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ޓީމްތަކަށް ހޮވޭ ކޯޗުންނަކީ، 2017 އަދި 2018 ވަނަ އަހަރު އެ ޓީމްތައް ކުޅެންޖެހޭ އެކިއެކި މުބާރާތްތަކަށް ޓީމް ތައްޔާރުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކޯޗުން ކަމަށެވެ.

ކޯޗުގެ މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުން2017 މެއި 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެފަރާތެއްގެ ވަނަވަރާއި އެކު ޝަރުޠުތައް ހަމަވާކަން ބަޔާންކޮށް ވޮލީ އެސޯސިއޭޝަނަށް ހުށަހެޅުމަށް ވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

ކޯޗުގެ މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް ކަމުގައި ބުނެފައި ވަނީ:

1- ދިވެއްސަކަށްވުން.

2- ހެޑް ކޯޗުން: އެފް.އައި.ވީ.ބީ ކޯޗާރސް ލެވެލް 1 ސެޓިފިކެޓް ހާސިލުކޮށްފައިވުން.

އެސިސްޓެންޓް ކޯޗުން: އެފް.އައި.ވީ.ބީ ކޯޗާރސް ލެވެލް 1 ސެޓިފިކެޓް ހާސިލުކޮށްފައިވުން ނުވަތަ ފުރަތަމަ ޑިވިޝަން ފެންވަރުގައި ވޮލީބޯޅަ ކުޅުމުގެ ތަޖުރިބާ ލިބިފައިވުން.

3- ވޭތިވިޔެ 2 އަހަރުދުވަހު ވީ.އޭ.އެމް އިން އިންތިޒާމްކޮށް ހިންގާފައިވާ އެކިއެކި މުބާރާތްތަކުގައި ކޯޗް ކޮށްދީފައިވުން.

4- ޔޫތް ވޮލީބޯޅަ ޓީމްތައް ތަމްރީންކުރުމުގެ ތަޖުރިބާ އާއި ޝައުޤު ހުރުން.

ޒުވާން ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފައިވާ އިރު، ވީއޭއެމުން ވަނީ ހަތަރު ޓީމެއް އެކުލަވާލުމަށް ނިންމާފައެވެ. އެގޮތުން ޒުވާން ޓީމުތަކުގެ ގޮތުގައި ވީއޭއެމުން ތަމްރީން ކުރުމަށް ނިންމާފައި ވަނީ 16 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ޓީމާއި 19 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ޓީމުތަކެވެ. މިއިން ކޮންމެ ޓީމަކަށް ވެސް ހެޑް ކޯޗަކާއި އެސިސްޓެންޓް ކޯޗެއް ބޭނުންވާ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ޒުވާން ޓީމުތަކަށް ކޯޗު ކޮށްދޭ ފަރާތްތަކަށް ވީއޭއެމުން ވަނީ މަޝްވަރާ ކުރުމަށްފަހު ދެފަރާތް އެއްބަސްވާ އަގެއް ދިނުމަށް ނިންމާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު