Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒާ - އިސްރާއީލް

ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ޢަދާލަތު ޕާޓީއަށް ކުރެވެންހުރި ކަންކަން ދެނެގަނެ އެކަންކަން ކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފި

15 އޮކްޓޯބަރު 2023 | އާދީއްތަ 01:02

މި ޤަރާރުގައި ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި 7 މެންބަރުންގެ ކޮމިޓީއެއްވެސް ހޮނިހިރު ދުވަހުގެރޭގެ ބައްދަލުވުމުގައި ވަނީ ނަގާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 އޮކްޓޯބަރު 2023 | އާދީއްތަ 01:02
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ޢަދާލަތު ޕާޓީއަށް ކުރެވެންހުރިކަންކަން ދެނެގަނެ އެކަންކަން ކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.

އެ ޤަރާރު ފާސްކޮށްފައި ވަނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ކުއްލި ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުންނެވެ. މި ޤަރާރު ހުށަހެޅުއްވީ ޕާޓީގެ ޢިލްމްވެރިންގެ މަޖްލިސްގެ ނައިބްރައީސް ޑރ މުހައްމަދު އިޔާޒް ޢަބްދުއްލަތީފްއެވެ.

Advertisement - newsAdvertisement

މި ޤަރާރުގައި ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި 7 މެންބަރުންގެ ކޮމިޓީއެއްވެސް ހޮނިހިރު ދުވަހުގެރޭގެ ބައްދަލުވުމުގައި ވަނީ ނަގާފައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ‏އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި ޢަދާލަތު ޕާޓީ އުފެދުނީއްސުރެ އަޕާޓީއިން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދީގެން މަސައްކަތް ކޮށްފައިވާ އެއްކަމަކީ އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ޤަޟިއްޔާ ކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލައަކީ އެއްވެސް ތަފާތެއްނެތި މުޅި ދިވެހި އުންމަތުގެ އެންމެހައި އަފްރާދުންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅުނެގައިފައިވާ މައްސަލަ އެއް ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ޣައްޒާއަށް ދާއިމީ ޙައްލެއް ހޯދައިފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ މުސްތަޙީލު ކަމަކަށް ވެފައި، މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި ‏ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ އިރު ރައްޔިތުންގެ މައްޗަށް ޤަތުލުޢާންމެއް ހިންގައި، ބޯފެނާއި ކާނާއި ބޭސްފަރުވާއިން މަޙުރޫމުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރާލުމަށްފަހު ފަލަސްޠީނުގެ ބިމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ގަދަބާރުން ބޭރުކޮށްލުމުގެ ނުރައްކާތެރި ޢުދުވާނީ ޖަރީމާ ހިންގަމުންދާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.

އެެހެންކަމުން ޢަދާލަތު ޕާޓީގެ ލަޔާޤަތާއި ޤާބިލުކަން ތަންދިން އެންމެ މަތީ މިންވަރަކަށް އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. އަދި ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ގަރާރުގައި ގޮވާލާފައިވެއެވެ. ވަކިން ޚައްޞަކޮށް މިވަގުތު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާަ އިންސާނީ ޙައްޤުތަކާ ޚިލާފު ޣައިރު ޤާނޫނީ ޢުދުވާންތަކުގައި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤަރާރުގައި ވަނީ ހިމަނާފައެވެ. އަދި މިމައްސަލައާމެދު ދިވެހިން ހޭލުންތެރިކުރުމަށާއި ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ޢަދާލަތު ޕާޓީއަށް ކުރެވެންހުރިކަން ދެނެގަނެ އެކަންކަން ކުރުމަށަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
07 މެއި 2017

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް