Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ފައިސާ އިސްތިއުނާފު ނިމެންދެން ހިފެހެއްޓުމަށް އަމުރުކޮށްފި

14 އޮކްޓޯބަރު 2023 | ހޮނިހިރު 08:56

ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ އަލީ ވަރުދީގެ ކޮޓަރިން ފެނުނު ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކޮށްނުދެވޭކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އޮކްޓޯބަރު 2023 | ހޮނިހިރު 08:56
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ފައިސާ އިސްތިއުނާފު ނިމެންދެން ހިފެހެއްޓުމަށް ހައިކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ސ. ފޭދޫ، މަގިކެޑަގެ، އަލީ ވަރުދީގެ މައްޗަށް އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގައި ޑައިމޯފިކް ޓްރެފިކް ކުރުމުގެ ކުށް އަލީ ވަރުދީގެ މައްޗަށް ސާބިތުވިއެވެ. ނަމަވެސް އެ މައްސަލައިގައި އަލީ ވަރުދީގެ ކޮޓަރިން ފެނުނު 29925 ރުފިޔާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބުރަ ނުވެވޭތީ އެ ފައިސާ ދައުލަތަށް ނެގުމަށް އަމަލުކުރާނެ ތަނެއް ނެތް ކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ހުކުމްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަދި މި ހުކުމާއި މެދު ހިތްހަމަނުޖެހިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފީ ގަޒިއްޔާގައި ޕީޖީގެ ފަރާތުން ނެރެދިނުމަށް އެދިފައިވަނީ ވަގުތީ އަމުރެކެވެ.

ޕީޖީގެ ފަރާތުން މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވަނީ އަލީ ވަރުދީގެ ކޮޓަރިން ފެނުނު ފައިސާ ދައުލަތަށް ނެގުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާ ބަޔާ މެދު ހިތްހަމަނުޖެހިގެންނެވެ. އަދި މި މައްސަލައިގައި ދައުލަތުން ނެރެދިނުމަށް އެދޭ ވަގުތީ އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ގަޒިއްޔާ ނިމެންދެން އަލީ ވަރުދީގެ ކޮޓަރިން ފެނުނު 29925 ރުފިޔާ އެއްވެސް ފަރާތަކަށް ދޫނުކޮށް ފުލުހުންގެ ހިދުމަތުން އެ ފައިސާ ހިފެހެއްޓުމުގެ ވަގުތީ އަމުރެކެވެ. ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވަނީ އެ ފައިސާ އަލީ ވަރުދީއަށް ދޫކޮށްފިނަމަ، އެ ފައިސާ ދައުލަތަށް ނެގުމަށް ހުރަސްއެޅިދާނެ ފިޔަވަޅު އެޅުމުގެ އިހްތިމާލު އޮތް ކަމަށެވެ.

ހައިކޯޓުން މި މައްސަލައިގައި ބުނެފައިވަނީ ފައިސާ ނެގުމުގެ ބައި އިސްތިއުނާފަށް ހުށަހަޅާފައިވާތީ، އިސްތިއުނާފީ މަރުހަލާގައި މައްސަލަ ނިމިގެންދާގޮތަކުން ދަށު ކޯޓުގެ ހުކުމަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ފުލުހުން އެ ފައިސާ ހިފަހެއްޓުމަށެވެ.

މި މައްސަލައިގައި އަމުރުގައި ބުނެފައިވަނީ އަލީ ވަރުދީގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ އިރު، އަލީ ވަރުދީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތުކޮށް އެ ގަޒިއްޔާގައި ދައުލަތުން ނަގައިދިނުމަށް އެދިފައިވާ ފައިސާ ދަށުކޯޓުން ނަގައިދީފައި ނުވުމުން، އެ ފައިސާ ދައުލަތަށް ނެގުމުގެ ބައި ޕީޖީގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާތީ، އިސްތިއުނާފީ މަރުހަލާގައި މައްސަލަ ނިމިގެންދާ ގޮތަކުން ދަށު ކޯޓުގެ ހުކުމަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން، ހައިކޯޓުން ވަކި ގޮތެއް ކަނޑައަަޅަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ހިފެހެއްޓުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސައިން މަޒީދު އަދި މި ބެންޗުގައި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އިންނެވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް