Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލް - ފަލަސްތީނު ހަނގުރާމަ

ޣައްޒާއިން 1.1 މިލިއަން ރައްޔިތުން 24 ގަޑިއިރު ތެރޭގައި ފައިބަން އިޒްރޭލުން އަމުރުކޮށްފި

ހަމާސްއިން ބުނީ އިޒްރޭލްގެ އަސްކަރިއްޔާއިން އެއްގަމު މަގުން ޣައްޒާއަށް އަރައިފިނަމަ ހިތުން ނުފިލާވަރުގެ ލަގާއެއް ދޭނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2023 | ހުކުރު 13:05
އިޒްރޭލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިންނާއި، އަންހެނުން ދަނީ ގިނަޢަދަދަކަށް މަރުވަމުން

އިޒްރޭލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިންނާއި، އަންހެނުން ދަނީ ގިނަޢަދަދަކަށް މަރުވަމުން

ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ތަމްސީލުކުރާ 1.1 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ އުތުރުގެ ސަރަހައްދު 24 ގަޑިއިރުގެ މުއްދަތެއްގެ ތެރޭގައި ހުސްކުރުމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ހުކުރު ދުވަހު އަމުރު ކޮށްފިއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން މިފަދަ އޮޕަރޭޝަނެއް ހިންގާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މިއީ އިޒްރޭލްގެ އަސްކަރިއްޔާގެ ވަރުގަދަ ހަމަލާއެއް އެއްގަމު މަގުން ދީފާނެ ކަމުގެ އިންޒާރެއްކަމަށްބުނެ ކަމާބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިޒްރޭލުން ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެހާގިނަބަޔަކު ކުއްލިއަކަށް އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަކީ އިންސާނީ ބޮޑެތި ނުރައްކާތަކާ ނުލައި ކުރުން ނާދިރު ކަމެއް ކަމަށް އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލް ސަރުކާރުން ބުނީ ހަމާސްގެ ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި އަތުލައިގަތް ގާތްގަނޑަކަށް 150 އެއްހާ އިޒްރޭލް ރައްޔިތުން ދޫކޮށްލަންދެން އެ ސަރަހައްދު ފުރަބަންދު ކޮށްފައި ބާއްވާނެ ކަމަށެވެ.

ހަމާސްއާއި، އިޒްރޭލްގެ ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އިޒްރޭލަށް ކުރެއްވި ދަތުރުފުޅާއި އެމެރިކާގެ ހަތިޔާރު އިޒްރޭލަށް ކަނޑުމަގުން ފޮނުވާލުމަކީ ހަމާސް ޖަމާއަތާއި ދެކޮޅަށް އިޒްރޭލުން ބަދަލު ހިފުމަށް އެމެރިކާ ތާއީދުކުރާ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެ އެވެ. ނަމަވެސް ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ދަނީ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިޒްރޭލުން ވަނީ ޣައްޒާގެ 2.3 މިލިއަން ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތަކާއި ކަރަންޓު ފޯރުކޮށްދިނުން ހުއްޓާލައި މިސްރުން ތަކެތި އެތެރެވުން ހުއްޓުވާފައެވެ.

އިޒްރޭލްގެ އެނާޖީ މިނިސްޓަރު އިޒްރޭލް ކާޓްޒް ސޯޝަލް މީޑިއާގައި ވިދާޅުވީ އިޒްރޭލުން ރަހީނު ކޮށްފައިވާ މީހުން އަނބުރާ ލިބެންދެން ޣައްޒާއަށް ކަރަންޓާއި ފެނާއި ތެޔޮ ވެސް ނުދޭނެ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ރިޗަޑް ހެޗްޓް އިޝާރާތް ކުރެއްވީ ސިޔާސީ ލީޑަރުން އިރުޝާދު ދެއްވައިފި ނަމަ ސިފައިން ގްރައުންޑް އޮޕަރޭޝަނަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އާބާދީ ބޮޑު އަދި ހަމާސްގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާގައި އެއްގަމު މަގުން ހަމަލާއެއް ދީފިނަމަ ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވެ އެވެ.

މި ކުރިމަތިލުން ތަކުގައި ދެ ފަރާތުން ވެސް އެތައްހާސް ބަޔަކުމިހާރުވެސް ވަނީ މަރުވެފަ އެވެ. ހަމާސް އިން އިސްރާއީލަށް ދިން ފުރަތަމަ ހަމަލާތަކަށް ފަހުވެސް، އޭގެ ފަހުން ދިން ހަމަލާތަކުގައި އިޒްރޭލުން 1300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 247 ސިފައިން ވެސް ހިމެނެ އެވެ. އިޒްރޭލުން ރައްދުގައި ދިން ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 1530 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިޒްރޭލުން ބުނަނީ އިޒްރޭލްގައި މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 1500 މީހުންނަކީ ހަމާސްގެ ހަނގުރާމަވެރިން ކަމަށެވެ. އިޒްރޭލާއި ޣައްޒާގައި ވެސް އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުން ޣައްޒާއަށް ވައިގެ ހަމަލާތައް ދެމުން އަންނައިރު، ހަމާސްގެ ހަނގުރާމަވެރިން ވަނީ އިޒްރޭލަށް އެތައް ހާސް ރޮކެޓް ހަމަލާތަކެއް ދީފައި ކަމަށާއި، އެ ހަމަނުޖެހުން މުޅި ސަރަހައްދަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ސޫރިޔާގެ ބައިނަލްއަޤްވާމީ ދެ އެއަރޕޯޓެއް ވަނީ ބޭނުން ނުކުރެވޭ ހާލަތަކަށް އައިސްފައެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު އެއްދުވަހުގެ ތެރޭގައި 25 އިންސައްތަ އިތުރުވެ، 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 423،000 އަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ އދ.އިން ހިންގާ ސްކޫލްތަކުގައި ހިމާޔަތް ހޯދާފަ އެވެ. މި ހާލަތުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަމާއި، ފެންނުލިބުމާއި، ކަރަންޓް ކެނޑުމުގެ ސަބަބުން ގިނަ ބޭކަރީތަކުގައި ރޮށި އުފެއްދުންވެސް ވަނީ ހުއްޓިފައެވެ.

ޣައްޒާގެ ހަމައެކަނި އިންޖީނުގޭގައި ތެޔޮ ހުސްވެ ބަންދުވެ އެ ސަރަހައްދު ވަނީ އަނދިރިވެފަ އެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހޮސްޕިޓަލްތަކުގައި މިހާރު ވެސް ބޭސްފަރުވާގެ ސަޕްލައި ހުސްވެ، އެތަންތަން ވަނީ ގަބުރުސްތާނުތަކަކަށް ބަދަލުވުމުގެ މަގުމަތީގައެވެ. އަލަށް އުފަންވާ ތުއްތުކުދިންނަށް ބޭނުންވާ އިންކިއުބޭޓަރުތަކާއި ކިޑްނީ ޑައިލިސިސް މެޝިން ފަދަ މެޑިކަލް އިކުއިޕްމަންޓްތައް ބަރޯސާވަނީ ކަރަންޓުގެ މައްޗަށެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާގެ އެމްބިއުލާންސް ކްރޫން މޯޗަރީގައި ޖާގަފުލުވެ އިތުރު ޤަބުރުތައް ވައްދާނެ ޖާގައެއް ނެތް ކަމަށް ބުނާއިރު، ޕާކިން ލޮޓްގައި އެތައް ބޮޑީ ބޭގްތަކެއް ބަހައްޓާފައި އެބަހުއްޓެވެ. މި ހަމަލާތަކުގައި ޣައްޒާގެ ޞިއްޙީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޞިއްޙީ ނިޒާމް ވަނީ އެއްކޮށް ފުނޑުފުނޑު ވެފައެވެ.

އިޒްރޭލްގެ ހަމަލާތައް އަމާޒުކުރާ ޓާގެގް ތަކާ ގުޅޭގޮތުން އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ހެޗްޓް ވިދާޅުވީ ހަމަލާދޭން ނިންމާފައިވާ ޓާގެޓްތަކަކީ ހަމާސްގެ ތަންތަން ކަމަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށާއި އާންމުންނަށް އިންޒާރު ދޭ ކަމަށެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމާސް "ރޫޅާލާނެ" ކަމަށް ވައުދުވެވަޑައިގެންފައި ވާއިރު، އަސްކަރިއްޔާ އާއި އިންޓެލިޖެންސް ފެއިލްވެފައިވާ ކަމަށް ބެލެވޭ މައްސަލަތަކުގެ ޝަކުވާތައް ސަރުކާރަށް އަމާޒުވަމުން އެބަދެ އެވެ.

މި ހާލަތުގެ ސަބަބުން އިޒްރޭލުން ވަނީ ޣައްޒާ ކައިރީގައި ތިބި 360،000 ރިސާވިސްޓުންނާއި، މާސް ފޯސްތައް މޮބިލައިޒްކޮށް، ކައިރި ސަރަހައްދުތަކުން އެތައް ހާސް ރައްޔިތުން ނެރެފަ އެވެ. އަސްކަރީ މަސައްކަތްތައް އަލުން އިންތިޒާމް ކުރުމަށް އާ ހަނގުރާމައިގެ ކެބިނެޓެއްވެސް ނަތަންޔާހޫ ވަނީ އެކުލަވާލައިފަ އެވެ.

އަނެއްކޮޅުން އިޒްރޭލްގެ ބާރުގަދަ އަސްކަރިއްޔާގެ ކުރިމަތީގައި ހިތްވަރުބަލިވެ އިސްޖަހާލުމުގެ ވިސްނުމެއް ހަމާސްގެ ނެތެވެ. އިޒްރޭލްގެ އަސްކަރީ ފައުތުތަކުން އެއްގަމުމަގުން ޣައްޒާއަށް އަރައިފިނަމަ ހިތުން ނުފިލާވަރުގެ ލަގާއެއްދޭނެ ކަމަށާ ބޮޑު ކާރިޘާއަކާ ކުރިމަތިލާންޖެހޭނެ ކަމަށްބުނެ ހަމާސްއިންވެސް ވަނީ އިންޒާރު ދީފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އިސްރާއީލަށް ކުރެއްވި ދަތުރުފުޅުން، އިޒްރޭލްގެ އަމަލުތަކަށް އެމެރިކާއިން ތާއީދުކުރާކަން ސާބިތުވެއެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވެސް ހުކުރު ދުވަހު އިޒްރޭލަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު